Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގުޑުގުޑާ ދޫނި

ރާއްޖެއަށް މިއަހަރު މޫސުމީ ދޫނިތަކުގެ ދަތުރު ފެށުނީ ހިތްގައިމު ގުޑުގުޑާ ދޫނިތަކުގެ ބައިގަނޑަކުން

ގުޑުގުޑާ ދޫންޏާއި ރޭރުގެ ބާވަތްތަކަކީ މީގެ ކުރިންވެސް ރާއްޖޭގެ ކުޅި، ފާ އަދި ޗަސްބިންތަކުން މިމޫސުމުގައި މަދުމަދުން ފެންނަ ބާވަތްތަކެއް

އައިޝަތު ފަރާ އަލީ
އައިޝަތު ފަރާ އަލީ, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2021 | އަންގާރަ 12:28
ގުޑުގުޑާ ދޫނިތައް ހދ. ކުޅުދުއްފުށީ ކުޅީގައި

ގުޑުގުޑާ ދޫނިތައް ހދ. ކުޅުދުއްފުށީ ކުޅީގައި

ކޮންމެ އަހަރެއްގެ ހޭ ނަކަތް ފެށުމާއެކު، މޫސުމީ ދޫނި ނުވަތަ ހިޖުރަކުރާ ދޫނިތައް އަޅުގަނޑުމެންގެ މި ޖަޒީރާ ރަށްރަށުގެ މެހުމާނުންނަށްވެގެން އައިސް، އަޅުގަނޑުންގެ ހިތްއުފާކޮށްދެއެވެ. މޫސުމީ ދޫނީގެ ދިގުރާސްތާ ދަތުރުގައި އުތުރުން ދެކުނަށް, ރާއްޖެ ހުރަސްކޮށް ދަތުރުކޮށްފައިދެއެވެ. އަދި ބައެއް ދޫނިތައް ވަރުބަލި ފިލުވާލަން، ކުޅި, ފާ, ޗަސްބިން އަދި ދޮންވެލި ތުނޑިތަކާއި ގޮނޑުދޮށްތަކުގައި ޖައްސާލައިގެން ތިބެއެވެ.

މިގޮތުން މިއަހަރުގެ މިދުވަސްވަރު ރާއްޖޭގެ އެންމެ އުތުރުގެ ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި މަޑުކޮށްލައިގެން ތިބި ގުޑުގުޑާ ދޫނި (ގްރޭޓަރ ފްލެމިންގޯ) ބައިގަނޑުތަކުގެ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. ދޫންޏަށް ޝައުގުވެރިވާ މީހުންނަށް މިފަހަރު މިދޫނިތައް ކުޅީގައި ނުވަތަ ގޮނޑުދޮށުގައި ޖައްސާލައިގެން ތިބެ, ކޮށްލާ ޗާލު ހަރަކާތްތައް ބަލާލައި ރީތި ފޮޓޯއެއް ނަގާލައި ވީޑިއޯއެއް ކުރެވުމަކީ ހަމަގައިމުވެސް ވަރަށް ހިތްހަމަޖެހުން ލިއްބައިދޭ ކަމަކަށް ވެގެންދާނެއެވެ.  

މިފަހަރު ރާއްޖޭގައި "ސްޓޮޕްއޯވަރ"އެއް ހަދާލި ދޫނި ބޮޑަށް ވައްތަރީ، ވަރަށް މަދުންނޫނީ ރާއްޖެއިން ފެނިފައިނުވާ ގުޑުގުޑާ ދޫނީގެ "ޖުވެނައިލް" ނުވަތަ ޅަފުރައިގެ ބައިގަނޑަކާއެވެ. މިހާރު ދައުރު ވަމުންދާ ގުޑުގުޑާ ދޫނީގެ ފޮޓޯތަކުން އެނގޭގޮތުގައި، މިދޫނިތަކަށް ޚާއްސަ ހިތްގައިމު ފިޔާތޮށިކުލަ އަދި މިދޫނި ތަކުގެ ފިޔަގަނޑަށް އަރާކަށް ނުފަށައެވެ. ގުޑުގުޑާ ދޫނީގެ ފިޔަގަނޑަށް ފިޔާތޮށި ކުލަ އަރަނީ އެސޮރުމެންގެ މައިގަނޑު ކާނާ ކަމުގައިވާ ކުދިކުދި "ކްރަސްޓޭޝިއަންސް" ކަމުގައިވާ ކުދި ޑިނގާ ފަދަ ބާވަތްތަކުގައި ހުންނަ "ކެރެޓެނޮއިޑްސް" ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. ގުޑުގުޑާ ދޫންޏާއި ރޭރުގެ ބާވަތްތަކަކީ، މީގެ ކުރިންވެސް ރާއްޖެ ކުޅި ފާތަކާއި ޗަސްބިންތަކުން މިމޫސުމުގައި މަދުމަދުން ފެންނަ ބާވަތްތަކެވެ. ގުޑުގުޑާ ދޫންޏަކީވެސް ރާއްޖޭގައި ވަޒަން ވެރިވެގެން އުޅޭ ދޫންޏެއްނޫނެވެ.

ރާއްޖެއަށް މޫސުމީ ދޫނިތަކުގެ "ސީޒަން" މިފެށުނީއެވެ. ކުރިއަށް ދެން އޮތީ އިރުވައި މޫސުމެވެ. ފިނި މޫސުމާ ދިމާކޮށް އެފްރިކާ ބައްރަށް ދަތުރުކުރާ ބައެއް ދޫނިތަކަށް ބެހިގެން, "ސްޓޮޕްއޯވަރ" މަންޒިލެއްގެ ގޮތުގައި ރާއްޖެ ޚިޔާރުކުރެއެވެ. މޫސުމީ ދޫނިތަކާއި އަދި މިދުވަސްވަރު ހިޖުރަކުރާ ދޮންދޫނި (ހެއިނަކަތް ދޫނި)ތަކުގެ މޫސުމީ ދަތުރަކީ (ކާބަފައިންގެ ޒަމާނުއްސުރެ) އިރުވައި މޫސުން ފެށެން އުޅޭކަމުގެ އަލާމާތްކަމަށް ދިވެހިން ފާހަގަކުރާކަމެކެވެ. މިދުވަސްވަރު އިންޓަރ-ޓްރޮޕިކަލް ކޮންވަރޖެންސް ޒޯން (އައި.ޓީ.ސީ.ޒެޑް)ގެ އުތުރުން އިރަށް ވައިގެ މިސްރާބުހުރުމުން, އަރަބި ކަނޑު ހުރަސްކޮށް ދަތުރުކުރަން މިފަދަ މޫސުމީ ދޫނިތަކަށް ފަސޭހަވެގެން ދެއެވެ. އަދި މިދަތުރުގައި ބައެއް ބާވަތުގެ ދޫނީގެ ބައިގަނޑުތަކަށް މަގުއޮޅިގެން ނުވަތަ ބެހިގެން ވަރަށް ގިނަ ފަހަރަށް ރާއްޖެ ހުރަސްކޮށް ދެއެވެ.  

މިފަހަރު ފެންނަމުންގާ ގުޑުގުޑާ ދޫނިތައް ފުރަތަމަ ފެނުނީ ހއ. ކެލާއިންނެވެ. އޭގެ ފަހުން ހއ. ދައްޕަރުންނާއި އަދި ފިއްލަދޫންވެސް ވަނީ ފެނިފައެވެ. މިއަދު މިދޫނިތައް ޖައްސާލައިގެން ތިބި މަންޒިލަކީ ހދ.ކުޅުދުއްފުށީ ކުޅިއެވެ. އިންސާނުންގެ ފަރާތުން މިދޫނިތަކަށް އިތުރު ނުރައްކަލެއްނެތި، އެސޮރުމެންގެ މިނިވަންކަމުގައި އުޅެވޭނަމަ، މިދޫނިތައް ރާއްޖޭގެ އުތުރުން ދެކުނަށް އުދުހި ރާއްޖެ ހުރަސްކޮށް އެސޮރުމެންގެ މަންޒިލަށްކުރާ ދިގުރާސްތާ ދަތުރުގައި ދާނެއެވެ.

މަޅިފައްޗާއ ދަންތުރަތައްފަދަ އާލާތްތައް ބޭނުންކޮށްގެން، ރާއްޖެއަށް ހިޖުރަކުރާ މޫސުމީ ދޫނި ހިފައިގެން ކޮށިކޮއްޓަށްލައި ބަންދުކޮށްގެން ގެންގުޅުމަކީ ދިވެހިން ކުރިން ކުރަމުން އައިކަމެކެވެ. ނަމަވެސް މިފަދަ ދޫނިތަކަށް ޚާއްސަކުރެވިގެން ގަވައިދެއްހެދި، ރާއްޖެއަށް ހިޖުރަކުރާ ހުރިހާ ދޫނިވެސް މިހާރު ވަނީ ޤާނޫނީގޮތުން ހިމާޔަތްކުރެވިފައެވެ. މިގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ދޫންޏަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" (ޤާނޫނު ނަންބަރު: 93/4)ގެ ދަށުން ހެދިފައިވާ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-25)ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެކެވެ. އަދި މިފަދަ ދޫނިތައް ހިފައި ހައްޔަރުކޮށް،  އެއްވެސް ގޯނާއެއް ކުރުމަކީ ޤާނޫނީގޮތުން ކުށެކެވެ. އަދި މިގަވައިދުގެ ދަށުން ޖޫރިމަނާކުރެވޭނެ ކުށެކެވެ.

ހިޖުރަކުރާ ދޫނި ހިމާޔަތްކޮށް އެތަކެތީގެ މޫސުމީ ދަތުރުގައި އެތަކެއްޗަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަކީ ދުނިޔޭގެ އެކި ގައުމުތައް ގުޅިގެން, ބައިނަލް އަގުވާމީ ފެންވަރުގައި ކުރެވޭކަމެވެ. މިގޮތުން ރާއްޖެއަކީ ހިޖުރަކުރާ ދިރޭތަކެއްޗަށް ޚާއްސަކުރެވިފައިވާ އދ.ގެ ޓްރީޓީ ކަމުގައިވާ "ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒް" (ސީ.އެމް.އެސް)ގެ މެމްބަރު ގައުމެކެވެ. އަދި "ބައިނަލް އަގުވާމީ, ހިޖުރަކުރާ ދޫނިތަކުގެ" ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ އަދި އޮކްޓޯބަރު މަހުގެ ދެ ވަނަ ހޮނިހިރު ދުވަސް ވަނީ ހަމަޖައްސާފައެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ މެއި މަސް އަދި އޮކްޓޯބަރު މަހަކީ ހިޖުރަކުރާ ކުރާ ދޫނިތައް އެތަކެތީގެ އެއްމަންޒިލުން އަނެއް މަންޒިލަށް ދާން ކުރާ ދިގުރާސްތާ ދަތުރު ފަށާ ދުވަސްވަރާއި ގުޅުވައިގެން، މިތަކެތީގެ ދަތުރާއި އަދި ދަތުރުމަތީގައި އެތަކެއްޗަށް އިންސާނުންގެ ފަރާތުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

ގުޑުގުޑާ ދޫންޏަކީ ބައިގަނޑުގަނޑަށް ދަތުރުކުރާ ދޫނިތަކަށްވެފައި، ހިފައި ހައްޔަރުކޮށް ފިޔާކޮށާފައިވާ ދޫންޏެއް، އީ.ޕީ.އޭ އަދި ޕޮލިސް މެދުވެރިކޮށް ސަލާމަތްކުރެވުނަސް، އެދޫންޏަށް އެހިސާބުން އެދޫނީގެ އަސްލު މަންޒިލަށް ދިއުމުގެ ނަސީބު ގެއްލުނީއެވެ. މޫސުމީ ދިގު ރާސްތާ ދަތުރުގައި އެކުގައި ދަތުރުކުރާ ބައިވެރިންނާއި ނުލައި އެތަކެއް މަސްތަކެއް ފާއިތުވާފަހުން، ފިޔަގަނޑު ދިގުވެގެން އަނބުރާ އަސްލު މަންޒިލަށް، މިގޮތަށް ސަލާމަތްކުރެވޭ ދޫންޏަކަށް ވާސިލުވަމަކީ ނާދިރުކަމެކެވެ.

އަޅުގަނޑުމެންވެސްވީ ރާއްޖެއަށް ޒިޔާރަތްކުރާ މޫސުމީ ދޫނިތަކަށް އެއްވެސް ގެއްލުމެއްނުދީ، އެތަކެތީގެ މަންޒިލަށް ވާސިލްވުމަށް އެތަކެތީގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލާށެވެ. އޭރަށް އަޅުގަނޑުމެންގެ ފަރާތުން ފުރިހަމައަށް އެތަކެއްޗަށް މެހުމާންދާރީ އަދާކުރެވުނީއެވެ. އަޅުގަނޑުމެން ގެންގުޅެންވީ އެތަކެތި މިނިވަންކަމާއެކު ރާއްޖޭގެ ރީތި މާހައުލުގައި އުޅޭއިރު އަޅުގަނޑުމެން ނަގާލާ ރީތި ފޮޓޯ އެކަންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

10 ނޮވެމްބަރު 2017
ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

18 އޮކްޓޯބަރު 2017
މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
ވަޒީރުންގެ އދ. ދަތުރު، ބޭކާރު ހަރަދެއް!

ވަޒީރުންގެ އދ. ދަތުރު، ބޭކާރު ހަރަދެއް!

24 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު