Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބ. ތުޅާދޫގައި ކަދުރު ރުއްތަކެއް

ޗާލު ކަދުރު ރުއްތަކުން ތުޅާދޫއަށް ފެހިކަމާއި އާރޯކަން

200ށްވުރެ ގިނަ ކަދުރު ރުއް އެބަހުރި

އަމްނާ އިމާދު
އަމްނާ އިމާދު | 26 މާރިޗު 2022 | ހޮނިހިރު 12:28
ބ. ތުޅާދޫގައި ހެދެމުންދާ ކަދުރު ރުއްތައް

ބ. ތުޅާދޫގައި ހެދެމުންދާ ކަދުރު ރުއްތައް

ޖަޒީރާވަންތަކޮށް އުފެދިފައިވާ ކުދި ރަށްތަކަކީ ފެހިކަން ގަދަ ރީތި ރަށްތަކަކެވެ. ގިނަ ރަށްރަށުގެ މަލަމަތިން ބޮޑެތި ދިއްގާގަހާއި، ރުއްތައް ވަރަށް ގިނައިން ފެނެއެވެ. ރަށުގެ ރީތިކަމަށް އިތުރު ފުރިހަމަކަން ގެނެސްދެނީ މިގަސްތަކުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ ވެސް ދާދި އެއްގޮތަކަށް އުފެދިފައިވީ ނަމަވެސް ބ. އަތޮޅު ތުޅާދޫގެ އިރުމަތީފަޅި ވަރަށް ތަފާތެވެ. ރަށުގެ ބޭރުން ބަލާއިރު، ފެންނަނީ ކަދުރު ރުއްތަކެކެވެ. މިއީ މީގެ ކުރިން ރާއްޖޭގެ ރަށަކުން ފެނުނު މަންޒަރެއް ނޫނެއެވެ.

ވާނީވެސް އެހެންތާއެވެ. އަބަދުވެސް އަޑުއަހަމުން އައީ ރާއްޖޭގައި ކަދުރު ނުހެއްދޭ ވާހަކައެވެ. ނަމަވެސް ގިނަ އަދަދެއްގެ ކަދުރު ރުއްތަކެއް ހެދިބޮޑުވަމުން އަންނައިރު، މިއީ މުޅިން ހަގީގަތް ނޫންކަން ހާމަވަގެން މިވަނީ ގޮސްފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރުއްތައް ހެދިފައިވަނީ އެރަށުގެ ކުރީގެ ކުނިގޮނޑުގައެވެ. ދޭތެރެއަކުން އެސަރައްދުގައި އަލިފާން ރޯކޮށް ކުނި އަންދާ ކަމަށް ވެސް އެރަށުގެ މީހުން ބުނެއެވެ. މި ރުއްތަކާއި ގުޅޭގޮތުން ކައުންސިލުން ބުނީ އެއީ ގެދޮރު އިމާރާތްކުރުމާއި އަދިވެސް އެހެނިހެން މަސައްކަތްތަކުގައި އުކާލާ ގާކުނޑިތައް އަޅާ ސަރަހައްދު ކަމަށެވެ.

އެރަށުގެ މީހުންނަކަށް ކަދުރު ރުއްތައް ހެދުނު ސަބަބެއް ނޭނގެއެވެ. އެކަމަކު ބޮޑަށް ބެލެވެނީ މޫދާ ގާތް ސަރަހައްދަކަށްވެފައި، ކުނި އުކުމުގެ ތެރޭގައި ކަދުރު އޮށް ހުރުމުން ހެދުނީ ކަމަށެވެ. އެއީ އާއްމު ގޮތެއްގައި ވެސް ގިނަ ދިވެހިން ކަދުރު ކެއުމަށްފަހު ޖެހޭ ތަނަކަށް ކަދުރުގެ އޮށް އެއްލާލާތީއެވެ. އެގޮތުން މިއަދު ދަނޑުތައް ބަލަހައްޓަމުންދަނީ ކައުންސިލުންނެވެ.

މިއަދު އެރަށުގެ މީހުންގެ މެދުގައި ކަދުރު ރުއްތައް ހެދިފައިވާ ސަރަހައްދު މަގުބޫލުވެފައިވަނީ ކަދުރު ޕާކުގެ ގޮތުގައެވެ. ގުދުރަތުން އުފެދިފައިވާ ދަނޑެއް ނަމަވެސް ރަށުގެ ރައްޔިތުން އެދަނޑުތައް ވަރަށް ބަލަހައްޓައެވެ. ގެއްލުން ލިބޭ އެއްވެސް ކަމެއް ނުކުރެއެވެ. ކައުންސިލުން ބުނީ މިއަދާ ހަމައަށް އެކަމާގުޅޭ އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަމަށެވެ. ކައުންސިލްގެ ވެސް ވިސްނުން ހުރީ 200ށްވުރެ ގިނަ ކަދުރު ރުއް ހިމާޔަތްކޮށް އެސަރަހައްދު ޕާކެއްގެ ގޮތުގައި ތަރައްގީކުރުމަށެވެ.

ކުރިއަށް އޮތްތަނުގައި ކަދުރު ރުށްތަކަށް ގެއްލުން ނުލިބޭ ގޮތަށް އެސަރަހައްދު ތަރައްގީކުރާނެއެވެ. އޭރުން މިހާރަށް ވުރެ ބޮޑަށް އެސަރަހައްދުގެ މަގުބޫލުކަން އިތުރުވާނެއެވެ. މިހާރު ވެސް ކަދުރު ޕާކު މަޝްހޫރުވެފައިވަނީ ރަހުމަތްތެރިންނާއި، ލޯބިވެރިންނާއި އަދި އާއިލާތަކުގެ އެއްވުންތައް ބާއްވާ ތަނެއްގެ ގޮތުގައެވެ. ހެނދުނާއި ހަވީރުގެ ސައިތައް ބާއްވާއިރު، އުފަންދުވަސް ފާހަގަކުރުމާއި، އަދިވެސް އެހެނިހެން ކުދި ހަފްލާތައް މި ޕާކުގައި ބާއްވައެވެ.

ޒުވާން އުމުރުފުރާގެ ކުދިން އެސަރަހައްދަށް ގޮސް ގިޓާ ކުޅުމާއި، އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށް އެރަށު މީހުން ބުނެއެވެ. ކުރިއަށް އޮތީ ރަމަޟާން މަހަށްވުމާއެކު މިހާރު ވެސް ގިނަ މާހެފުންތައް ބާއްވައެވެ. އަދި ރޯދަ ވީއްލުންތައް ބޭއްވުމަށް މިހާރުއްސުރެ ރާވަމުންދާކަމަށް އެރަށުގެ ބައެއް ޒުވާނުން ބުނެއެވެ.

ކަދުރު ޕާކުގެ އެކި ހިސާބުތަކުގައި މިހާރު ހުރީ ޖޯލިފަތިތައް ބަހައްޓާފައެވެ. މަސްފެންގަނޑުތައް ވެސް ހަދާފައިވެއެވެ. ޖެހިގެން މޫދު އޮންނައިރު، ފިނި ވައިޖެހެއެވެ. އެސަހައްދުގެ މޫދަކީ މާބޮޑަށް ރާޅު ނަގާ ދިމާއެއް ނޫނެވެ. އަބަދުވެސް އޮއެވަރު މަޑެވެ. އެހެންކަމުން އެދިމާއަށް ރާޅު އެރުމުގެ ބިރެއް ނެތެވެ. ކިތަންމެ ހޫނު ދުވަހެއް ނަމަވެސް ކަދުރު ޕާކަށް ފިނި ވައިރޯޅި ޖެހެއެވެ.

އެހެންކަމުން ހުރިހާ ގޮތަކުން ކަދުރު ޕާކުގެ ވެފައިވަނީ މަގުބޫލު މަންޒިލަކަށެވެ. ފޮޓޯ ނެގުމަށް ޚާއްސަވެފައިވާއިރު، ޗުއްޓީއަކަށް އެ ރަށަށް ދާ ކޮންމެ މީހަކު ވެސް ކަދުރު ޕާކަށް ޒިޔާރަތް ނުކޮށް އެރަށުން ފައިބާކަށް ބޭނުމެއްނުވާނެއެވެ.

ތުޅާދޫކަދުރު

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
11 އޮކްޓޯބަރު 2025

ބާރު ސްޕީޑުގައި ހުއްޓުމެއްނެތި ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި ތުޅާދޫ އެއަރޕޯޓު ބިންހިއްކުން ހުއްޓިއްޖެ

11 އޮކްޓޯބަރު 2025
ބާރު ސްޕީޑުގައި ހުއްޓުމެއްނެތި ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި ތުޅާދޫ އެއަރޕޯޓު ބިންހިއްކުން ހުއްޓިއްޖެ
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
02 ފެބުރުއަރީ 2025

ތުޅާދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަކަށް ނުދޭ: ކައުންސިލް

02 ފެބުރުއަރީ 2025
ތުޅާދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަކަށް ނުދޭ: ކައުންސިލް
25 ޖެނުއަރީ 2025

ތުޅާދޫގައި އެއަރޕޯޓު ތަރައްގީކުރުމަށް ހިއްކި ބިން ގިރާލައިފި

25 ޖެނުއަރީ 2025
ތުޅާދޫގައި އެއަރޕޯޓު ތަރައްގީކުރުމަށް ހިއްކި ބިން ގިރާލައިފި
12 ޑިސެމްބަރު 2024

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

12 ޑިސެމްބަރު 2024
ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
08 އެޕްރީލު 2024

ސައޫދީއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

08 އެޕްރީލު 2024
ސައޫދީއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
21 މާރިޗު 2024

ސައޫދީ ސަރުކާރުން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފި

21 މާރިޗު 2024
ސައޫދީ ސަރުކާރުން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފި
14 މާރިޗު 2024

"ގިނަ ފަހަރަށް ކަދުރު ވިއްކަނީ ނު އަގުގަ"

14 މާރިޗު 2024
"ގިނަ ފަހަރަށް ކަދުރު ވިއްކަނީ ނު އަގުގަ"
29 އޯގަސްޓު 2023

ތުޅާދޫ އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

29 އޯގަސްޓު 2023
ތުޅާދޫ އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު