Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑްކަޕް 2022

މޮރޮކޯ ޓީމުގެ ކުޅުންތެރިންނާއި މަންމައިންގެ ހިތްގައިމު މަންޒަރުތަކަށް ދުނިޔޭގެ ސަމާލުކަން

ދެމައިން ނަށާލިއިރު، ވަށައިގެންވާ ކެމެރާތަކަށް އެ މަންޒަރު ނިކަން ރަނގަޅަށްވެސް ކެޕްޗަރ ކޮށްލެވުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޑިސެމްބަރު 2022 | ހޯމަ 07:05
މޮރޮކޯގެ ކުޅުންތެރިޔާ ސޮފިއާން ބޫފާލް އޭނާގެ މަންމައާއެކު

މޮރޮކޯގެ ކުޅުންތެރިޔާ ސޮފިއާން ބޫފާލް އޭނާގެ މަންމައާއެކު

ވޯލްޑް ކަޕްގެ ސެމީ ފައިނަލްއަށް ދަތުރުކުރި ފުރަތަމަ މުސްލިމް އަދި އެފްރިކަން ޤައުމަކަށް މޮރޮކޯ ވެގެން ގޮސްފައިވާއިރު، އެ މެޗަށް މީހުންގެ ސަމާލުކަން ހުއްޓިގެން ދިޔަ ސަބަބުތައް ބައިވަރެވެ.

ވަކިން ޚާއްސަކޮށް ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައި ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވުމާއެކު މޮރޮކޯގެ ކުޅުންތެރިޔާ ސޮފިއާން ބޫފާލް އޭނާގެ މަންމައާއެކު އެކަމުގެ އުފާ ފާހަގަކުރި ގޮތަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ.

މުޅި މެޗުގެ ހައިލައިޓަކަށް އެ އުފާ ފާޅުކުރުން ވެގެންދިޔައިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީސްމީޑިއާ ފުރާލީ ބޫފާލްގެ މަންމައާއި އޭނާގެ ހިތްގައިމު ފޮޓޯތަކުންނެވެ.

މެޗުން މޮޅުުވުމާއެކު ބޫފާލް އުފަލުން ދުވެފައި ދިޔައީ އޭނާގެ މަންމައާ ދިމާއަށެވެ. މަންމަ ގާތަށް ގޮސް، އުފަލުން މަންމަ ގައިގައި ބައްދާލައި، ދެމައިން ނަށާލިއިރު، ވަށައިގެންވާ ކެމެރާތަކަށް އެ މަންޒަރު ނިކަން ރަނގަޅަށްވެސް ކެޕްޗަރ ކޮށްލެވުނެވެ.

އެ މަންޒަރު ބަލަން ސްޓޭޑިއަމްގައި ތިބި މޮރޮކޯ ސަޕޯޓަރުންވެސް އަތްތިލަބަޑީގެ އަޑުން މުޅި ސްޓޭޑިއަމް ގުގުމާލިއެވެ.

އެ ވަގުތުކޮޅާ ގުޅޭގޮތުން ޓީއެފް1 އާ ވާހަކަ ދައްކަމުން ބޫފާލް ބުނެފައިވާ ގޮތުގައި، އެ ވަގުތުކޮޅު ހީވީ ހޭލަން ބޭނުން ނުވާ ފަދަ ހުވަފެނެއް ހެންނެވެ. އެހާވެސް އުފާވެރި އެ ވަގުތުކޮޅު އުފަލުން ހީބިހިނަގައިގެން ދިޔަ ކަމަށް އޭނާ ވަނީ އެ ނޫހާ ވާހަކަ ދައްކަމުން ބުނެފައެވެ.

އޭނާ ބުނި ގޮތުގައި އެހިސާބަށް ދިއުމަށް މުޅި ޓީމުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ކުރިއަށް ކުރަން އޮތް މަސައްކަތްތައްވެސް ވަކި ކުޑަ ނޫންކަމަށް އޭނާ ބުންޏެވެ.

ބޫފާލް ބުނާ ގޮތުގައި ﷲ ގެ އިރާދަފުޅާއެކު ފައިނަލަށް ދިއުމަކީ މިވަގުތުގެ އެންމެ ބޮޑު އުއްމީދެވެ.

އޭގެ އިތުރުން، މިއީ އާދަޔާ ޚިލާފު ކަމެއް ނޫން ކަމަށާއި، ބުރަ މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ޙާސިލުވާނެކަން ބޫފާލް ފާހަގަކުރިއެވެ. ގައިމުވެސް ބޫފާލްއާއި މުޅި ޓީމަށް ލިބިގެން މި ދިޔަ އުފާވެރިކަމުގައި އެންމެ އިސް ސަފުގައި އަތްޖަހައި ސަޕޯޓު ކުރަން ނުކުންނާނެ މީހަކަށް އޭނާގެ މަންމަ ވާނެ ކަމުގެ ޔަޤީންކަން އެބައޮތެވެ.

ބެލްޖިއަމްއާއި ސްޕެއިންއާއި ޕޯޗުގަލް ބަލި ކުރުމަށްފަހު ދެން އޮތީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފްރާންސާއެކު ބައްދަލު ކުރުމެވެ. މި މެޗުގައިވެސް ބޫފާލްގެ މަންމައާއި އޭނާގެ ހިތްގައިމު މަންޒަރުތައް ބަލާލަން ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ. މޮރޮކޯ ޓީމުގެ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާ، ވަކިން ޚާއްސަކޮށް މަންމައިންގެ ސަޕޯޓު ސެމީ ފައިނަލްގައިވެސް އެ ފޯރީގައި ފެންނާނެކަމަށް ގިނަ ބަޔަކު ތިބީ އުއްމީދު ކޮށްގެންނެވެ.

ޤަތަރު ފީފާ ވޯލްޑް ކަޕް 2022މޮރޮކޯ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ
09 މެއި 2024

މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

09 މެއި 2024
މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
02 ޖެނުއަރީ 2024

މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި

02 ޖެނުއަރީ 2024
މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި
22 ޑިސެމްބަރު 2023

އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި

22 ޑިސެމްބަރު 2023
އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި
15 ނޮވެމްބަރު 2023

ޚިދުމަތް ޖަމިއްޔާއިން ދިވެހިންގެ ފަރާތުން ޣައްޒާ އާއި މޮރޮކޯއަށް އެހީ ފޯރުކޮށްދެނީ

15 ނޮވެމްބަރު 2023
ޚިދުމަތް ޖަމިއްޔާއިން ދިވެހިންގެ ފަރާތުން ޣައްޒާ އާއި މޮރޮކޯއަށް އެހީ ފޯރުކޮށްދެނީ
14 ސެޕްޓެމްބަރު 2023

މޮރޮކޯ ބިންހެލުން: "ގެތަށް ހެލޭ މަންޒަރު ފެނުނު... ހީވީ ބިރުވެރި ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން"

14 ސެޕްޓެމްބަރު 2023
މޮރޮކޯ ބިންހެލުން: "ގެތަށް ހެލޭ މަންޒަރު ފެނުނު... ހީވީ ބިރުވެރި ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން"
13 ސެޕްޓެމްބަރު 2023

މޮރޮކޯ ބިންހެލުން: ރަސްގެފާނު މުހައްމަދު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ލޭ ހަދިޔާ ކުރައްވައިފި

13 ސެޕްޓެމްބަރު 2023
މޮރޮކޯ ބިންހެލުން: ރަސްގެފާނު މުހައްމަދު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ލޭ ހަދިޔާ ކުރައްވައިފި
12 ސެޕްޓެމްބަރު 2023

ދަރިފުޅު މަރުވެދިޔައީ ބައްޕަ ބުނެގެން ވަޅިއެއް ބަލައި ދިޔަ ވަޤުތު އައި ބާރުގަދަ ބިންހެލުމުގައެވެ!

12 ސެޕްޓެމްބަރު 2023
ދަރިފުޅު މަރުވެދިޔައީ ބައްޕަ ބުނެގެން ވަޅިއެއް ބަލައި ދިޔަ ވަޤުތު އައި ބާރުގަދަ ބިންހެލުމުގައެވެ!
12 ސެޕްޓެމްބަރު 2023

މޮރޮކޯއަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އެދިއްޖެ

12 ސެޕްޓެމްބަރު 2023
މޮރޮކޯއަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އެދިއްޖެ
26 މާރިޗު 2023

ވަރލްޑްކަޕްގެ ނަތީޖާއަކީ ޖާދުލެއް ނޫންކަން މޮރޮކޯއިން ސާބިތުކޮށްދީފި

26 މާރިޗު 2023
ވަރލްޑްކަޕްގެ ނަތީޖާއަކީ ޖާދުލެއް ނޫންކަން މޮރޮކޯއިން ސާބިތުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު