Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަމަޟާން 1439

ޕެރެޑައިސް އައިލެންޑް ރިސޯޓް: ރޯދަ ވީއްލުމަށް މީރު ރަހަތަކާ އެކު ހިތްގައިމު މާހައުލެއް

ރޯދަ ވީއްލުމަށް މީހަކަށް 50 ޑޮލަރު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 26 މެއި 2018 | ހޮނިހިރު 04:49
ޕެރެޑައިސް ރިސޯޓްގެ ރޯދަ ވީއްލުން

ޕެރެޑައިސް ރިސޯޓްގެ ރޯދަ ވީއްލުން

ރަމަޟާން މަހަކީ ގިނަ ބަޔަކު ރެސްޓޯރެންޓްތަކަށް އާއިލާ އާއިއެކު ނުވަތަ ގާތް ރައްޓެހިންނާ އެކު ރޯދަ ވިއްލުމަށްދާ މަހަކަށްވާ އިރު ރޯދަ މެނޫ އަކީ ވަރަށް މުހިއްމު އެއްޗެކެވެ. ގިނަ ބަޔަކު ކެޔުމަށް ތަނެއް އިހްތިޔާރު ކުރާ މެނޫ އަކީ އަބަދު ވެސް އެބަޔަކަށް އެންމެ ގަޔާވާ ގޮތަށް ތައްޔާރުކޮށްފައިވާ މެނޫ އެވެ. މިގޮތަށް ބަލާ އިރު ޕެރެޑައިސް ރިސޯޓްގެ ލެގޫން ރެސްޓޯރެންޓް ފާހަގަކުރެވެނީ ވަރަށް ފާހަގަކޮށްލެވޭ މެނޫ އެއްގެ ގޮތުގަ އެވެ. މީހުން ގަޔާވާ ގިނަ ރަހަތަކުގެ އިތުރަށް ލިބެން ހުންނަ ބާވަތްތައްވެސް އެހާމެ ގިނަ އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓް

ޕެރެޑައިސްގެ ރަމަޟާން މަހުގެ ރޯދަ ވީއްލުމަށް ހާއްސަ ޕެކޭޖު ތަކަކީ ވަރަށް ބޮޑަށް ދިވެހިންނަށް ހާއްސަ ކުރެވިގެން ތައްޔާރު ކޮށްފައިވާ ޕެކޭޖްތަކެކެވެ. މާލެއާއި ބޭރު މާހައުލަކަށް ގޮސް ރަގަޅު ރޯދަ ވީއްލުމެއް ލިބިގެންދާ އިރު ކޮންމެ ދުވަހަކު ވެސް ހާއްސަ ކުރެވިގެންދަނީ ތަފާތު ކުޒީން އަކަށެވެ.

" ރޯދަ ވީއްލުން އިންތޒާމުކޮށްފައިވާނީ ފެމިލީތަކަށް ނުވަތަ ރައްޓެހިންނަށްވެސް އެކީގައި އައިސް އެންޖޯއި ކުރެވޭ ގޮތަށް. ކުޑަކުދިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް." އެގްޒެކެޓިވް ޝެޕް އިސްހާގު ސޯލިހް ވިދާޅުވި އެވެ.

ކޮންމެ ދުވަހެއްގެ ރޯދަ ވީއްލުމަށް ގިނަ ޑިޝްތަކެއް ތައްޔާރުކުރެވޭ އިރު ކޮންމެ ދުވަހެއްގެ މެނޫގައިވެސް 20 އަކަށް ބާވަތް ހިމެނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ތަފާތު ތީމަކަށް ރޯދަ ވީއްލުން ހާއްސަ ކުރެވެ އެވެ. އެގޮތުން އިންޑިއަން އާއި މެޑިޓެރޭނިއަން އާއި ތައި، އިޓާލިއަންގެ އިތުރުން އޮރިއެންޓަލް ކުޒީންތަކަށް ރޯދަ ވީއްލުން ހާއްސަ ކުރެވިގެންދެ އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓް

ރޯދަ ވީއްލުމަށް އަންނަ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހުވެސް ގުރުއަތު ލެވިގެންދާ ކަމަށާއި ކޮންމެ ދުވަހަކުވެސް ހާއްސަ އިނާމްތަކެއް ރޯދަ ވީއްލުމަށް އަންނަ ފަރާތްތަކަށް ދޫ ކުރެވިގެންދާނެ ކަމަށް ޕެރެޑައިސް އިން ބުނެ އެވެ. އަދި ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު މުޅި ރޯދަ މަހުގައި ރޯދަ ވީއްލުމަށް ދިޔަ ފަރާތްތަކުގެ ތެރެއިން ހާއްސަ ނަސީބުވެރިއަކަށް ބޮޑު އިނާމެއް ލިބިގެންދާނެ ކަމަށް އިސްހާގު ފާހަގަކުރި އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓް

ރޯދަ ވީއްލުމަށް ހަރަދު ކުރަންޖެހެނީ މީހަކަށް 50 ޑޮލަރެވެ. އަދި މާލެއިން ކޮންމެ ދުވަހަކު ފުރުން އިންނަނީ ހަވިރު 05:00 ގަ އެވެ. ޕެރެޑައިސް އިން މާލެއަށް އައުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 08:00 ގަ އެވެ.

އިތުރަށް ކިޔާލަން

22 މެއި 2018

ރޯދަ ހިފުމުން ސިކުނޑިއަށް ލިބޭ ފައިދާތައް އިނގޭތަ؟

22 މެއި 2018
ރޯދަ ހިފުމުން ސިކުނޑިއަށް ލިބޭ ފައިދާތައް އިނގޭތަ؟
21 މެއި 2018

އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

21 މެއި 2018
އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟
19 މެއި 2018

ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

19 މެއި 2018
ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟
24 އެޕްރީލު 2018

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!
23 ޖެނުއަރީ 2018

މީރާ އިން ވިލާގެ ރިސޯޓްތަކަށް އެރީ ޤާނޫނާ އެއްގޮތަށްތަ؟

23 ޖެނުއަރީ 2018
މީރާ އިން ވިލާގެ ރިސޯޓްތަކަށް އެރީ ޤާނޫނާ އެއްގޮތަށްތަ؟
17 ނޮވެމްބަރު 2017

ސަރުކާރަށް ހަތަރު އަހަރު - ރިސޯޓް ހިއްސާގެ ހުވަފެން، މެނިފެސްޓޯގައި ނުވެސް ނެތް!

17 ނޮވެމްބަރު 2017
ސަރުކާރަށް ހަތަރު އަހަރު - ރިސޯޓް ހިއްސާގެ ހުވަފެން، މެނިފެސްޓޯގައި ނުވެސް ނެތް!
05 ޖޫން 2017

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ
30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު