Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ރަހީނުންގެ އާއިލާތަކަށް ވިކްޓޮފް ވިދާޅުވީ، ހަނގުރާމަ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް

ވިކްޓޮފް ވިދާޅުވީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ އަނިޔާވެރި ހަނގުރާމަ ނިންމުމަށް، އިސްރާއީލްގެ ސަރުކާރާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2025 | އާދީއްތަ 07:51
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ރަހީނުންގެ އާއިލާތަކާ ވާހަކަ ދައްކަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ރަހީނުންގެ އާއިލާތަކާ ވާހަކަ ދައްކަނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވިދާޅުވެއްޖެ އެވެ.

ވިކްޓޮފް މިހެން ވިދާޅުވީ، ޣައްޒާ ހަނގުރާމައިގައި ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ މީހުންގެ އާއިލާ މެމްބަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އެ އާއިލާތަކާ ބައްދަލު ކުރައްވައި ވިކްޓޮފް ވިދާޅުވީ، ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްްވަމުން ގެންދަވާ ކަމަށެވެ.

ވިކްޓޮފް ވިދާޅުވީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ އަނިޔާވެރި ހަނގުރާމަ ނިންމުމަށް، އިސްރާއީލްގެ ސަރުކާރާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. އާއިލާތަކުގެ މެމްބަރުންނާ ބައްދަލު ކުރައްވައި ވިކްޓޮފް މި ވާހަކަ ދައްކަވާފައި ވަނީ، ރަހީނުން މިނިވަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް އިސްރާއީލްގެ ސަރުކާރުން ވެސް އެތައް ފަހަރެއްގެ މަތިން ބުނެފައި ވަނިކޮށެވެ.

ރޮއިޓަރސްގެ ނޫސްވެރިންގެ ވެސް އެ ސަރަހައްދުގައި ތިބިއިރު، ވިކްޓޮފް ވިދާޅުވެފައި ވަނީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި، ޣައްޒާ އަލުން ބިނާ ކުރުމުގެ ރަނގަޅު ވިސްނުން ތަކަކަށް މަސައްކަތް ކުރައްވަނުން ގެންދަވާ ކަމަށެވެ. އަދި އޭގެ މާނައަކީ ހަނގުރާމަ ނިމުމަށް މަގު ފަހިވުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި ވެއެވެ. 

ނަމަވެސް ހަމާސް ޖަމާއަތުން ބުނެފައި ވަނީ، ފުރިހަމަ އަލިއްލަ ވެރިކަން އޮންނަ އަދި ޖެރޫސަލަމް އަކީ އޭގެ ވެރި ރަށް ކަމަށްވާ ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ނުުކުރެވޭހާ ހިނދަކު، ހަތިޔާރުގެ މުއާމަލާތް އެ ޖަމާއަތުން ދޫ ނުކުރާނެ ކަމަށެވެ. 

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް އަމާޒުކޮށް ދިން ހަމަލާގައި، އިސްރާއީލްގެ 1200 މީހުން ވަނީ މަރުވެފަ އެވެ. އަދި ހަމާސް ޖަމާއަތުން ވަނީ އިސްރާއީލްގެ 251 މީހަކު ރަހީނު ކޮށްފަ އެވެ. 

އޭގެ ތެރެއިން ބައެއް ރަހީނުން މިނިވަން ކޮށްފައިވާއިރު، ހަމާސްގެ ބެލުމުގެ ދަށުގައި މިވަގުތު ތިބީ 50 މީހުން ކަމަށް ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރެއިން ދުނިޔޭގައި ތިބީ 20 މީހުން ކަަމަށް ވެސް ހާމަކޮށްފައިވެ އެވެ. 

އެ ހަމަލާތަކާ ގުޅިގެން އިސްރާއީލް އިން ދޭން ފެށި ހަމަލާތަކުގައި، ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ވަނީ 60،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. އަދި އެތައް ބަޔަކަށް އިތުރު ޒަޚަމްތައް ލިބިފައިވާ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިސްވެ ވަނީ، ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. ޤަތަރުގެ ވެރި ރަށް ދޯހާގައި އެ ހުށަހެޅުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، ވަކި ހިސާބަކުން ވަނީ މަޝްވަރާތައް މެދު ކެނޑިފަ އެވެ. 

ސްޓީވް ވިކްޓޮފްހަމާސްޣައްޒާރަހީނުންގެ މައްސަލަޣައްޒާ ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު