Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޓްރަމްޕް ރަޝިޔާ އަށް ސުން ގަޑި ދިނުން: ސްޓާމާ އާއި ޒެލެންސްކީގެ މަރުޙަބާ

އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ސްޓާމާ އާއި ޒެލެންސްކީގެ ބައްދަލު ކުރައްވައި، ރަޝިޔާ އިން ހަނގުރާމަ ނިންމުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަން ފަސް ޖެހޭ ކަމަށާއި، އެކަމަށް ޙައްލެއް ހޯދުމަށް ސުން ގަޑި ކަނޑައަޅާފައިވާތީ އެކަމަށް މަރުޙަބާ ކިޔާ ކަމަށް ހާމަކޮށްފައިވާ ކަމަށެވެ. 

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޯގަސްޓު 2025 | ހޮނިހިރު 07:07
އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާ އަށް ސުން ގަޑިއެއް ދިނުމުން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަދި ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ އެކަމަށް މަރުޙަބާ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް އަންނަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަމުންނެވެ. ޚާއްސަކޮށް އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން، ޓްރަމްޕް ގެންދަވަނީ އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންނެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ދައްކަވަމުން އަންނަ ވާހަކަތަކުގައި ދާދި ފަހުން ޓްރަމްޕް ވަނީ ރަޝިޔާ އަށް 50 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމަވައިފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަޝިޔާ އިން ހަނގުރާމަ ހުއްޓާނުލައިފި ނަމަ، އެ ޤައުމަށް ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ދާދި ފަހަކަށް އައިސް ޓްރަމްޕް ގެންދަވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. 50 ދުވަހުގެ މުއްދަތެއް ކަނޑައެޅުމަށް ފަހު، އޭގެ ފަހުން ޓްރަމްޕް ވަނީ އެ މުއްދަތު ވެސް ކުޑަ ކުރައްވައިފަ އެވެ. އެގޮތުން އަށް ދުވަހާއި، 10 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕްގެ އެ ނިންމެވުމާ ގުޅިގެން އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެ ނިންމެވުމަށް މަރުޙަބާ ވިދާޅުވާ ކަމަށް ހާމަކުރައްވައިފަ އެވެ. އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ސްޓާމާ އާއި ޒެލެންސްކީގެ ބައްދަލު ކުރައްވައި، ރަޝިޔާ އިން ހަނގުރާމަ ނިންމުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަން ފަސް ޖެހޭ ކަމަށާއި، އެކަމަށް ޙައްލެއް ހޯދުމަށް ސުން ގަޑި ކަނޑައަޅާފައިވާތީ އެކަމަށް މަރުޙަބާ ކިޔާ ކަމަށް ހާމަކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުން، ތިން އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެންދާ މި ހަނގުރާމަ ނިންމުމަށް ހުރަސް އަޅަމުން އަންނަނީ ރަޝިޔާ އިން ކަމަށް ދެ ލީޑަރުން ވެސް އެއްބަސްވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

ޓްރަމްޕްގެ ފަރާތުން އައު ސުން ގަޑިއެއް ކަނޑައެޅުމާ އެކު، ސުލްޙަވެރި ކަމުގެ މަގަށް އައު އުންމީދުތަކެއް ފެނިގެންދާނެ ކަމަށް ބެލެވޭ ކަމުގައި މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފަ އެވެ. ނަމަވެސް، މިކަމުގައި ރަޝިޔާ އިން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައި ނުވެ އެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު