Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މަޖުބޫރު ކުރުވި އިސްތިއުފާ

30 ޖުލައި 2025 | ބުދަ 12:33

މައުރޫފްގެ ކުއްލި ރިޓަޔާމަންޓާ، ގުޅިގެން އެތަކެއް ސުވާލުތަކެއް އުފެދިފައި ވަނިކޮށް ކުއްލިއަކަށް މިއަދު އެވަނީ މަގާމުން އިސްތިއުފާ ވެސް ދެއްވާފަ އެވެ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 30 ޖުލައި 2025 | ބުދަ 12:33
އެޗްޑީސީގެ އެމްޑީގެ މަގާމުހައި ހުންނެވި މައުރޫފް މަގާމުން އިސްތިއުފާ ދެއްވުން

އެޗްޑީސީގެ އެމްޑީގެ މަގާމުހައި ހުންނެވި މައުރޫފް މަގާމުން އިސްތިއުފާ ދެއްވުން

އެއީ މީގެ ހައެއްކަ މަސް ކުރިއެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު މައުރޫފް, ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިއަކަށް އަނެއްކާ ވެސް ހަވާލުވެވަޑައިގަތީއެވެ.

އެދުވަހު ވެސް ގިނަ ބަޔަކު ކުރެއްވި ސުވާލެއް އޮތެވެ. މައުރޫފް ޖަމީލް ފަދަ ބޭފުޅަކު އަނެއްކާ ވެސް އެނބުރި އެ ވަޑައިގެނެވީ ކީއްކުރަން ބާއެވެ. ހަމަ ގައިމުވެސް މި ސަރުކާރުގެ އަވައިގައި ޖެހިގެން އެޅި އެ ފިޔަވަޅެއްގެ ސަބަބުން ރަނގަޅަށް ކަމެއް ނުކުރެއްވޭތާ ރީތި ނަމެއް ވެސް ނުލިބޭނެއެވެ. ބޮލުގައި އެޅޭނީ ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތު ތަކެވެ.

އެ ވިސްނުން އައީ މި ސަރުކާރުން މިހާތަނަށް ވެސް ކަން ކުރަމުން އަންނަ ގޮތާއި މެދު ވިސްނާލާ ފައެވެ. ރާއްޖޭގެ ފަހުގެ ތާރީހުގައި މި އައި ހުރިހާ ސަރުކާރުތަކުގެ ތެރެއިން މިހާރު މި އޮތް ރައީސް މުއިއްޒުގެ ސަރުކާރުގައި ކަންކަން ހިނގާފައި ވާގޮތުން ދެން ވެސް ރަނގަޅެއް ނުކުމެދާނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ. ގާބިލުކަމުގެ އިތުރުން ކަން އޮންނަ އުސޫލުން ކަންކަން ކުރައްވަން އުޅުއްވާ ބޭފުޅުންނަށް އެ ފުރުސަތު މި ސަރުކާރުގައި އޮތްތަން ފެންނަމުން ނުދާތީ އެވެ.

ކޮންމެއަކަސް ކަންކަން ހިނގަމުން މިދަނީ އެންމެން ވެސް ހީކުރި ގޮތަށެވެ. މައުރޫފާއި ސަރުކާރުން މިކަން ހާމަނުކުރި ނަމަވެސް މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންވަކިވެ، ރިޓަޔާ ކުރައްވަން ނިންމެވި ދުވަސް ވެސް ނުޖެހެނީސް މިވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ހަމަ ގައިމުވެސް މިއީ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ރޭވިފައި އޮންނާނޭ ގޮތެއް ނޫނެވެ. ސަރުކާރުގެ ވަޒީފާއާ ދުރުގައި, އެތައް އަހަރަކު ހުންނެވުމަށް ފަހު, އެ ވަރުގެ މަގާމަކަށް އެންމެ ހަ މަސް ދުވަހަށް މައުރޫފް ފަދަ ބޭފުޅަކު ވަޑައިގަންނަވާނޭ ކަމަކަށް ހަމަބުއްދި ހުރި އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރަށް އަދި މިވީ އެންމެ ދޮޅު އަހަރެވެ. ސަރުކާރުގެ ތެރެއިންނާއި ބޭރުން އެޗްޑީސީއަށް ދިޔައީ ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާ ކަމުގެ އެތައް ތުހުމަތުތަކެއް ކުރެވެމުންނެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު އެކަން ފަޅައިގެން ދިޔައީއެވެ. މި ސަރުކާރުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް, މިނިސްޓަރު ފެންވަރުގައި ފުރަތަމަ އައްޔަންކުރެއްވި އިބްރާހީމް ފަޒުލް ރަޝީދުގެ މައްޗަށް ކުރެވުނީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ. އަމިއްލަ މަންފާއާއި ފައިދާތައް ހިތުހުރި ގޮތަކަށް މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކަންކަން ކުރެއްވިކަމުގެ ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވުނެވެ.

މި ކަންކަމުގެ ތެރެއިން މި ސަރުކާރަކީ ވައްކަމާއި ކޮރަޕްޝަނުގެ ހާއްޔެއް ކަމުގައި އެންމެ ބުނަން ފެށިއެވެ. ޚާއްސަކޮށް ވަރަށް މުހިންމު ބޭނުމެއްގައި އުފައްދާފައިވާ އެޗްޑީސީއަށް ލިބުނު ނަން ވަރަށް ހުތުރެވެ. އާއްމުންނާއި ވިޔަފާރިވެރިންގެ އިތުބާރު އެ ކުންފުއްޏަށް ގެއްލުނެވެ. އެ ދަނޑިވަޅުގައި މައުރޫފް ފަދަ ގިނަ ބަޔަކު އިހުތިރާމު ކުރާ ބޭފުޅަކު އެޗްޑީސީއާ ހަވާލުވެވަޑައިގެންނެވުމަކީ ސަރުކާރަށާއި އެޗްޑީސީއަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ. އެއީ، ގެއްލުނު އިތުބާރު އަލުން ހޯދޭނެ އެ ނޫން ރަނގަޅު އެހެން ގޮތެއް އޭރު ނެތުމުން ނެވެ.

އެ މަގާމަށް މައުރޫފް އައްޔަން ކުރީ އިލްމާއި ތަޖުރިބާގެ ގޮތުން ވެސް އެފަދަ އެހެން ބޭފުލަކު ނެތުމުންނެވެ. ސަބަބަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ފެއްޓެވިއިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ ވެސް މައުރޫފެވެ. އެ މަޝްރޫއަށްޓަކައި އޭރުގެ ރައީސް އޮފީހުގެ ދަށުން ހިންގާ ގޮތަށް އުފެއްދި ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓްގެ އެންމެ އިސްވެރިއަކަށް ވެސް އައްޔަންކުރެއްވީ މައުރޫފެވެ.

މައުރޫފްގެ ކުއްލި ރިޓަޔާމަންޓާ، ގުޅިގެން އެތަކެއް ސުވާލުތަކެއް އުފެދިފައި ވަނިކޮށް ކުއްލިއަކަށް މިއަދު އެވަނީ މަގާމުން އިސްތިއުފާ ވެސް ދެއްވާފަ އެވެ.

ގިނަ ބަޔަކަށް ލިބުނީ ސިހުމެކެވެ. ރިޓަޔާކުރައްވަން އިއުލާނު ކުރި ތާރީޚުގެ ވެސް ކުރިން ކުއްލިއަކަށް އިސްފިއުފާ ދެއްވުމުންނެވެ. އެކަން ކުރައްވަން މައުރޫފަށް މަޖުބޫރު ކުރުވީ ރައީސް މުއިއްޒުގެ އޯޑަރުތަކަށް ކިޔަމަން ނުވުމުން ކަމަށް ވަނީ އެނގިފައެވެ. މައުރޫފު މި ސަރުކާރުން ސިޔާސީ ގޮތުން އަންނަ އޯޑަރުތަކަށް ބޯނުލަނބަ އެވެ. އެހެން ކަމުން އޭނާއަށް މަގާމު ދޫކޮށްލަން މަޖުބޫރު ކުރުވީ އެވެ.

އެޗްޑީސީ އަކީ އަބަދު ވެސް ސިޔާސީ މީހުންނާއި ވިޔަފާރިވެރިންގެ އައްޑާއެއްގެ ގޮތުގައި ބެލެވިފައިވާއިރު، އެ ކުންފުނިން ދޫކޮށްފައި ހުންނަ ބިންތަކުގެ މަހު ކުލި މާފުކޮށްދޭން އެދުމާއި ކުލި ދައްކަން ޖެހޭ މުއްދަތު ފަސްކޮށް ދިނުމަށް އެދުންފަދަ ކަންކަން ކުރުމަށް އެތަނުގެ ވެރިޔަކަށް ހުންނަ މީހާއަށް ޕްރެޝަރު ކުރެއެވެ.

މިފަދަ އޯޑަރުތަކަށް މައުރޫފު ނޯ ޖެއްސެވުމުން ދެން އެ ޖެހުނީ އިސްތިއުފާ ވެސް ދެއްވާ ށެވެ. ސިޔާސީންގެ ބަސް ނޭއްސެވުމުންނެވެ. ރައީސް މުއިއްޒުގެ މި ސަރުކާރުން ސިއްރިއްޔާތުގައި ހިންގާ ކޮރަޕްޝަނުގެ އަމަލުތަކަށް ހުރަސް އެޅުމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2021

"އަޅުގަނޑުމެންގެ ހުށަހެޅުން ގަބޫލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވަން އެއްބަސްވެވަޑައިގެންފި"

14 ސެޕްޓެމްބަރު 2021
"އަޅުގަނޑުމެންގެ ހުށަހެޅުން ގަބޫލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވަން އެއްބަސްވެވަޑައިގެންފި"
04 ސެޕްޓެމްބަރު 2021

ގާނީ: ނުވާނެ ކަމަށް ބުނެ މާޔޫސްކުރުވި، އެކަމަކު އެއީ މިހާރު ބްރޭންޑެއް!

04 ސެޕްޓެމްބަރު 2021
ގާނީ: ނުވާނެ ކަމަށް ބުނެ މާޔޫސްކުރުވި، އެކަމަކު އެއީ މިހާރު ބްރޭންޑެއް!
08 ޖުލައި 2021

އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން ހޫނުވެ އެންމެ ފަހުން ރައީސްގެ އިސްތިއުފާއަށް

08 ޖުލައި 2021
އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން ހޫނުވެ އެންމެ ފަހުން ރައީސްގެ އިސްތިއުފާއަށް
22 އޯގަސްޓު 2020

އިސްތިއުފާ ދެއްވި ނަމަވެސް ފަނޑިޔާރުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭ!

22 އޯގަސްޓު 2020
އިސްތިއުފާ ދެއްވި ނަމަވެސް ފަނޑިޔާރުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭ!
02 އޯގަސްޓު 2020

މާސްކް އަޅަން މަޖުބޫރުކުރުން: އެއީ ސިޔާސީ އެންގުމެއް ނޫން!

02 އޯގަސްޓު 2020
މާސްކް އަޅަން މަޖުބޫރުކުރުން: އެއީ ސިޔާސީ އެންގުމެއް ނޫން!
07 ޖެނުއަރީ 2019

ރުއްގަސް ކަނޑަން މަޖުބޫރު ކުރުވާ މަހުޖަނުންގެ ނަން އާއްމު ނުކުރޭތަ؟

07 ޖެނުއަރީ 2019
ރުއްގަސް ކަނޑަން މަޖުބޫރު ކުރުވާ މަހުޖަނުންގެ ނަން އާއްމު ނުކުރޭތަ؟
14 ނޮވެމްބަރު 2018

ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ

14 ނޮވެމްބަރު 2018
ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
03 އެޕްރީލު 2018

އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!

03 އެޕްރީލު 2018
އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!
27 މާރިޗު 2018

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

27 މާރިޗު 2018
އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
23 އެޕްރީލު 2017

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް