Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 ރާއްޖޭގެ ޙާލަތު

މާސްކް އަޅަން މަޖުބޫރުކުރުން: އެއީ ސިޔާސީ އެންގުމެއް ނޫން!

މި ބައްޔަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 އޯގަސްޓު 2020 | އާދީއްތަ 17:13
ފުލުހުން މާލޭ މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ

ފުލުހުން މާލޭ މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވިހިވިހީގެމަސްތައް ފާއިތުވަމުންދާއިރު، އަދިވެސް މި ބައްޔަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެ މަސައްކަތް ޤައުމުތަކުން ކެނޑިނޭޅި ދަނީ ކުރަމުންނެވެ. ބައެއް ޤައުމުތަކުން ފެންނަމުންދާ ކޭސްތަކުގެ އަދަދުތައް "ފަތުއަޑުކިޔާފައި" އިތުރު ވަމުންދާއިރު، އަނެއްބައި ޤައުމުތަކުން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކޮށްފައެވެ.

މި ބަލިމަޑުކަމުގެ ތެރޭގައި ގިނަ ޤައުމުތަކުން މިވަގުތު އަމާޒު ހިފާފައި ހުރީ، ބައްޔަށް ފަރުވާއެއް ހޯދެންދެން ވައިރަސްއާއެކު ދިރިއުޅެން ދަސް ކުރުމަށެވެ. ވައިރަސްއާ ކުރާ ހަނގުރާމައިގައި ސައިންސުން ދިފާއެއް ހޯދެންދެން، އިތުރު ގޮތްތަކަކުން މި ވައިރަސްއިން ދިފާއުވުމަށް ދަސް ކުރުމަށެވެ. އޭގެ ތެރެއިން އެންމެ އާދައިގެ އަދި އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި މާސްކް އެޅުމަށް ރައްޔިތުން އަހުލުވެރި ކުރުވުން ހިމެނެއެވެ.

ރާއްޖޭގައިވެސް ކޮވިޑް-19 ގެ ކޭސްތައް ފެނި، ކޮމިއުނިޓީ ސްޕްރެޑެއްވެސް ފެނުމާއެކު، މާލެ ސަރަޙައްދު ލޮކްޑައުން ކުރިއެވެ. ލޮކްޑައުން ކުރުމާއެކު، އެތައް ރައްޔިތުންނެއްގެ އާންމު ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވިއެވެ. އިޤްތިސާދީ ހަރަކާތްތައް ހުއްޓި ވިޔަފާރިތަކަށް އަސަރު ކުރުންވެގެން ދިޔައީ ސީދާ އާންމު ރައްޔިތު މީހާގެ ދިރިއުޅުމަށް އޭގެ އަސަރު ކުރުވި ކަމަކަށެވެ.

އެއާއެކު ރާއްޖެއިންވެސް މިވަނީ ރާއްޖޭގެ ޙާލަތަށް ރިއާޔަތްކޮށް، ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. މަރުޙަލާތަކަކަށް ބަހާލައިގެން ދިން މި ލުއިތަކާއެކު، ބޮޑެތި ފަރުދީ ޒިންމާތަކެއްވެސް ފެންމަތިވެގެން ދިޔައެވެ. އޭގެ ތެރެއިން އެއް ކަމަކަށް ވެގެން ދިޔައީ އާންމުން ބޭރު ތެރޭގައި އުޅޭއިރު މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރު ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމެވެ.

އެހެން ނަމަވެސް، ފުރަބަންދަށް ލުއި ދިނުމުގެ 3 ވަނަ މަރުޙަލާ ފެށިގެން ދިއުމާއެކު، އާންމުނަށް ބޮޑެތި ލުއިތަކާއެކު ބޭރުގައި އުޅުމުގެ ހުއްދަ ލިބިގެން ދިއުންވީ އަނެއްކާވެސް ވައިރަސްގެ ނުރައްކާ ބޮޑުވާން ފެށި ސަބަބަކަށެވެ. ދުވާލެއްގެ މައްޗަށް ގިނަ ކޭސްތަކެއްވެސް ރިޕޯޓް ކުރެވެމުންދާއިރު، ކުރިއާ އަޅާބަލާއިރު ޕޮޒިޓިވްވާ ދިވެހިންގެ ނިސްބަތްވެސް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ.

އެއާއެކު ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް އިލްތިމާސް ކުރަމުންދިޔައީ، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާ އަދާ ކުރުމަށެވެ. އިޖުތިމާއީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއްދީ، ބޭރުގައި އުޅޭއިރު، ތިމާއާއި އެހެނިގެން މީހުންގެ ރައްކަލަކަށް މާސްކް އެޅުމަށެވެ.

މި ފިޔަވަޅުތަކަށް ގިނަ ބަޔަކު ބޯލެނބި ނަމަވެސް، ފިޔަވަޅުތަކަށް ބޯނުލަނބައި އުޅުނު މީހުންވެސް މަދެއް ނޫނެވެ. މަސްމާރުކޭޓާއި ބާޒާރުމަތި ފަދަ ތޮއްޖެހިގެން މީހުން އުޅޭ ބައިބޯ ތަންތަނަށް ބަލާލި ނަމަވެސް، އިޖުތިމާއީ ގައިދުރުކަމަށް އެއްވެސް ސަމާލުކަމެއް ނުދެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހޯމް ކަރަންޓީނަށް ލުމުންވެސް މަގުމަތީގައި ހޭލަމޭލައަށް އުޅެނީ މަދު ބައެއް ނޫނެވެ.

އެއާއެކު ސަރުކާރުންވެސް އެންމެ ފަހުން މިވަނީ މުހިއްމު ނިންމުމެއް ނިންމާފައެވެ. މަގުމަތީގައި އުޅޭއިރު މާސްކް އަޅަން މަޖުބޫރު ކުރުމާއި، އެކަމަށް ބޯނުލަނބާ ފަރާތްތަކުން 1000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

މާސްކް އެޅުން ލާޒިމު ކުރުމާއެކު، އެކަމާ ނުރުހުން ފާޅު ކުރި މީހުންވެސް މަދެއް ނޫނެވެ. މިއީ ސައިކަލުގައި ސްޓިކަރ ޖަހާ ބީދައިން، ދައުލަތަަށް އާމްދަނީ ވެއްދުމަށް ކޮށި މަގެއް ކަމަށް އެއް ބަޔަކު ބުނަމުންދިޔައިރު، އަނެއް ބަޔަކު ބުނަމުންދިޔައީ، އެއްވެސް މީހަކަށް "ތާޒާ ވައި ލިބުމުގެ ޙައްޤުން" މަޙުރޫމު ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ސިޔާސީ ނިންމުމެއް ނުނިންމޭނެ ކަމަށެވެ.

ނަމަވެސް ޤަބޫލު ކުރަންޖެހޭ ޙަޤީޤަތަކީ މާސްކް އަޅަން ލާޒިމު ކުރުމަކީ ސިޔާސީ ނިންމުމެއް ނޫން ކަމެވެ. އަދި ދައުލަތަކަށް އާމްދަނީ ވައްދަން ކޮށި މަގެއްވެސް ނޫން ކަމެވެ. މިއީ ހުރިހާ ރައްޔިތުންގެ ސަަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމި ނިންމުމެއް ކަމެވެ.

ޙަޤީޤަތަކީ ކޮވިޑް-19 ރޯގާއިން ރައްކާތެރި ވެވިދާނެކަމުގެ 50 އިންސައްތަ ޔަޤީންކަން ދޭ ބޭސް ގުޅައެއް ލިބިއްޖެނަމަ އެ ބޭސް ގުޅައެއް އެންމެންވެސް ބޭނުންވާނެ ކަމެވެ. މާސްކް އެޅުމަކީވެސް އެފަދަ "ބޭސް ގުޅައަކާ" އެއްވަރުގެ ރައްކާތެރި ކަމެއް ކަމަށް ސިއްޙީ ތަޖުރިބާކާރުން ބުނެއެވެ. މާސްކް އެޅުމުން ކޮވިޑް-19 ރޯގާ ޖައްސާ ވައިރަސްއަށް ތިމާ ހުށައެޅުމުގެ "ރިސްކް" ކުޑަކޮށްދެއެވެ. ވީމާ އެއީ ސިޔާސީ ގޮތުން ނިންމާ ނިންމުމެއް ކަމަށް ދެކުމުގެ ޖާގައެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

21 ޖޫން 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު