Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަނޑިޔާރުގެ އިސްލާހު ކުރުން

އިސްތިއުފާ ދެއްވި ނަމަވެސް ފަނޑިޔާރުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭ!

ޔާމީންގެ ސަރުކާރުން ފަނޑިޔާރުން ބޭނުން ކޮށްގެން ބޮޑެތި ޖަރީމާތަކެއް ހިންގި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 އޯގަސްޓު 2020 | ހޮނިހިރު 11:51
2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ކުރީގެ ރައީސް ޔާމީނުގެ އަރިހުގައި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުސްމާނު (ވ-2) އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީ (ވ)، -

2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ކުރީގެ ރައީސް ޔާމީނުގެ އަރިހުގައި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުސްމާނު (ވ-2) އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީ (ވ)، -

ރާއްޖޭގެ އަދުލްއިންސާފުގެ ދާއިރާއާމެދު، ކުރެވޭ ފޮނި އުއްމީދުތައް މިސަރުކާރާއެކު އާވަމުން ދެއެވެ. މިސަރުކާރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރި މަސައްކަތްތަކުގެ ފޮނި ނަތީޖާވެސް އެބަފެނެއެވެ. ނަމަވެސް އަދިވެސް ރަނގަޅު ކޮށްލަން ހުރި ގިނަ ކަންކަން އެބަހުއްޓެވެ. މީގެކުރީގެ ސަރުކާރުތަކުގެ ދުވަސްވަރު، ހާއްސަކޮށް ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އަދުލްއިންސާފުގެ ދާއިރާއޮތީ، ވެރިޔާގެ ނުފޫޒުން ކަސްތޮޅު އެޅިފަ އެވެ. ރާއްޖޭގެ ގޭންގް ގްރޫޕްތަކުން ހިންގާފަދަ ބޮޑެތި ޖަރީމާތައް ފަނޑިޔާރުން ހިންގާފައިވާއިރު، ގޭންގްތަކާ ގުޅިގެންވެސް ފަނޑިޔާރުން ޖަރީމާ ހިންގުމުގައި އުޅުނުކަން އެއީ ހަގީގަތެކެވެ. އަދި ފައިސާއަށް ހުކުމް ޖަހާދިނުމާއި، ސިޔާސީ މީހުން ހައްޔަރުކުރުމާއި، އަދި އެފަދަ ފަނޑިޔާރުންނަށް މަތިމަތިން ޕްރޮމޯޝަންތައް ދީފައިވާކަން ވެސް އެއީ ހަގީގަތެކެވެ.

އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ސަރުކާރާ ހަވާލުވެ، އަދުލްއިންސާފުގެ ދާއިރާ ހަރުހަދާ ކުރުމުގެ މަސައްކަތް ފެށިއެވެ. އަދި ހާއްސަކޮށް، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައްޔިތުން ނިކުމެ ވޯޓުލައިގެން އެމްޑީޕީއާ ހަވާލުކުރި ކުރުން ވެގެން ދިޔައީ، އަދުލްއިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ލިބުނު އެންމެ ވަރުގަދަ ހަތިޔާރަށެވެ.

މިހާރު އަދުލްއިންސާފުގެ ދާއިރާއިން ނުވަތަ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކާމެދު، އެގޮތަށް ވާހަކަ ތަކެއް ނުފެތުރެ އެވެ. ފައިސާއަށް ހުކުމް ޖަހާދޭ ވާހަކަތަކެއް ނުފެތުރެ އެވެ. އެފަދަ ވާހަކައެއްގެ އަޑެއްވެސް އިވިފައެއް ނުވެއެވެ.

ފައިސާއާއި މަގާމުގެ ދަހިވެތިކަމުގައި ހުކުމްތައް ޖެހި ގިނަ މީހުން މިހާރު އެވަނީ ފަނޑިޔާރުކަމުން ބޭރުކޮށްލާފަ އެވެ. އަދިވެސް ކުރިން މިފަދަ ޝައްކުކުރެވޭ ބައެއް ފަނޑިޔާރުން ޝަރުއީ ކޯޓުތަކުގައި އެބައުޅުއްވަ އެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހައިކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުގެ ތެރޭގައި ހިމެނޭ މުހައްމަދު ފައިސަލާއި ހުސައިން ޝަހީދު ފަދަ ބޭފުޅުން ހިމެނެއެވެ. ފައިޝަލަކީ ރައީސް ޔާމީން ޕީއޭ އުފައްދައިގެން އުޅުއްވި ދުވަސްވަރު، އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި އިންނަވައި، އޭރު އެކޮމިޝަނުން ނިންމި ގިނަ ނިންމުން ތަކުގައި ބައިވެރިވެފައިވެއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް މައްސަލައަކީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރެވުނު ބަދުއަހުލާގީ އަމަލު ހިންގިކަމަށް ބުނެ އާންމުވި ވީޑިއޯގެ މައްސަލައެވެ. އޭރު ޖޭއެސްސީން ނިންމާފައިވަނީ، އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އުޅުއްވި ނުފޫޒުގަދަ ގިނަ ފަނޑިޔާރުން މިހާރު މަގާމުތަކުން ދުރުކުރި ނަމަވެސް އެފަނޑިޔާރުން ހިންގާފައިވާ ޖިނާއީ ކުށްތަކަށް އަދަބު ދެވޭތަނެއް ނުފެނެ އެވެ. އެ ފަނޑިޔާރުން ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވައިގެން ހިންގާފައިވަނީ އާދައިގެ ކަންކަމެއް ނޫނެވެ. ބޮޑެތި ޖިނާއީ ތަހުގީގުތައް ހިންގާ، ޝަރީއަތް ކުރަންޖެހޭ ވަރުގެ ބޮޑެތި ކަންކަން އެބަހުއްޓެވެ.

އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ކުރީގައި ތިއްބެވި ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވާއިރު އަނެއްބަޔަކު މަގާމުން ވަކިކުރަން މަޖިލީހުން މަސައްކަތް ކުރަމުންދަނިކޮށް އިސްތިއުފާ ދެއްވާފައިވެއެވެ. އެކަމަކު މިއިން ފަނޑިޔާރެއް ހިންގި ޖިނާއީ ކުށަކާ ގުޅިގެން ހިންގި ތަހިގީގެއް ފެންނާކަށް ނެތެވެ.

ދާދިފަހުން ފަނޑިޔާރުންތަކެއް ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމުމަށްފަހު، އެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެމަސައްކަތް މަޖިލީހުން ފަށައި، ވޯޓާ ހަމައަށްދާއިރު، އެ ފަނޑިޔާރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން ގިނަ ފަނޑިޔާރުން ވެފައިވަނީ ވަކިކުރި ފަނޑިޔާރުގެ ބަދަލުގައި ފަނޑިޔާރުންގެ މަގާމުން އިސްތިއުފާދެއްވި ފަނޑިޔާރުންގެ ގޮތުގަ އެވެ. އެހެންކަމުން އެ ފަނިޑޔަރުން ކުރި ކުށްތަކުގެ ތަހުގީގުތައް ހުއްޓުމަކަށް އައީއެވެ.

މިވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މިފަދަ ހަތަރު މައްސަލައެއް މިވަނީ ފެންމަތި ވެފައެވެ. އެގޮތުން، މިދިޔަ ޖުލައި މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ގާސީ ހަސަން ނަޖީބު ވަނީ އޭނާ މަގާމުން ވަކިކުރަން މަޖިލީހުން ވޯޓަށް އެހުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ބަޔަކު މީހުންވެގެން ވަގަށް ނަގައި، މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަރާ ގުޅޭ ވަގު ޑޮކިއުމެޓެއް ތައްޔާރުކޮށްދިން ފަނޑިޔާރެއް ކަމަށްވާ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ވަނީ އޭނާ މަގާމުން ވަކިކުރަން މަޖިލީހުން ވޯޓަށް އެހުމުގެ ކުރިން މިދިއަ ޖުލައި މަހުގެ 21 ވަނަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. ފަނޑިޔާރު ކަމުގެ މަގާމުން ލިބޭ މުސާރައާއި އިނާޔަތްތަކާ ނުބައްދަލު ގިނަ ފައިސާތަކެއް އެކަންޓަށް ޖަމާވެ، ނުފޫނުޒުން ޝަރީއަތްތައް ހިންގި، ހދ. ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ވަނީ އޭނާގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ވޯޓަށް މަޖިލީހުން އެހުމުގެ ކުރިން މި އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަގާމުގައި ކުރިން ހުންނެވި، ޝުޖާއު އުސްމާނު ވަނީ، ފަނޑިޔާކަމުގެ މަގާމުން ވަކިކުރަން މަޖިލީހުން ވޯޓަށް އެހުމުގެ ކުރިން މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ.

މިދެންނެވި ހަތަރު ފަނޑިޔާރުންނަކީ ބޮޑެތި ޖަރީމާތައް ހިންގާފައިވާކަން ޖޭއެސްސީގެ ތަހުގީގުން ސާބިތުވެފައިވާ ފަރާތްތަކެވެ.

އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިބުގައި، ޕީޕީއެމުން ވަދާކުރި ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީނަށް ތާއީދު ހޯދުމުގެ ގޮތުން، ފަނޑިޔާރުންތަކަކާއި ދައުލަތުގެ މިނިވަން ބައެއް މުއައްސަސާތަކުގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން، ކެމްޕެއިން ކުރިއިރު، އޭގެ ތެރޭގައި އިސްކޮށް އުޅުއްވި ފަނޑިޔާރުންނަކީ ޝޫޖާއު އާއި ނަޖީބު އާއި ހަސަން އަލީ އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. އެބޭފުޅުން ކެމްޕެއިން ކުރުމުގެ އިތުރުން، ރައީސް ޔާމީންގެ ސަރުކާރުގެ ނުފޫޒުން ސިޔާސީ މީހުން ހައްޔަރުކުރުމުމުގެ އަމުރުތަކާއި، ހުކުމްތައް ކުރުމުގައި އުޅުއްވި ބޭފުޅުން ނެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސިޔާސީ ބޭފުޅަކު ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް އެކަނިވެސް 200،000 ރުފިޔާއިން ފައިސާ ނަގާފައިވާއިރު، މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގް ކުށްތަކާއި ގުޅިގެން ހައްޔަރު ކުރެވޭ މީހުން ދޫކޮށްލުމުގައި ވެސް ބޮޑެތި އަދަދުތަކުން ފައިސާ ނަންގަވާފައިވާ ފަނޑިޔާރުން އުޅެއެވެ.

ގއ. އަތޮޅުގައި ޕީޕީއެމާއި ރައީސް ޔާމީނާއި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްދީދީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމަށް އެންމެ ކުރީ ސަފުގައި އުޅުއްވީވެސް، ސިވިލް ސަރވިސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކުރީގެ ވެރިންނާއި އެމުއައްސަސާތަކުގެ ބައެއް ބޭފުޅުންނާއި މިދެންނެވި ފަނޑިޔާރުންނެވެ. މިދެންނެވި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް އެކަށީގެންވާ ވަރަކަށްވުރެ ގިނަ ދުވަސް ނެގިއިރު، މަގާމުން އިސްތިއުފާ ދެއްވަމުންވެސް ވަޑައިގެންނެވީ، ޖޭއެސްސީއަށާއި ސަރުކާރަށް ފާޑު ކިޔާފަ އެވެ.

ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވާ ރިޕޯޓްތަކުގައި ވެސް މި ހަތަރު ފަނޑިޔާރުން ހިންގާފައިވާ އަމަލުތައް ވަރަށް ސާފުކޮށް އެނގެއެވެ. ބޮޑެތި ޖިނާއީ އަމަލުތަކެއް ހިންގާފައިވާއިރު، އެއީ އަދި އެ ފަނޑިޔާރުން ހިންގެވި ކަންކަމުގެ ކުޑަ މިންވަރެކެވެ.

ގާނޫނު ބުނާ ގޮތުން މައްސަލަ ބަލަމުންދަނިކޮށް، ފަނޑިޔާރު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ، އެމައްސަލަ އެހިސާބުން އެނިމުނީ އެވެ. މާނައަކީ އެމައްސަލަތައް ދެން ކުރިއަށް ނުދިއުމެވެ. ނަމަވެސް ގާޒީ ޝުޖާއު އުސްމާނާއި އޭނާގެ ބައިވެރިން ހިންގާފައިވަނީ، އާދައިގެ ކުދިކުދި ކަންތައްތަކެއް ނޫނެވެ.

ބޮޑެތި ޖިނާއީ އަމަލުތަކެކެވެ. އެންމެ ކުޑަމިނުން، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ކުށުގެ ދައުވާ ނުކުރެވެންވީ ސަބަބެއް ނެތެވެ. ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވައިގެން ހިންގާފައިވާ އަމަލުތަކުން، ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުން އެމައްސަލަތައް ނުބެލުމަށް އޮތްއޮތުން ބަދަލުކުރަން ޖެހެއެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން ބަލަމުންދާއިރު، އެފަދަ މައްސަލައެއްގައި ޖިނާއީ ކުށެއް ހިނެމޭނަމަ، އެމައްސަލަ ކަމާބެހޭ ތަހުގީގު އިދާރާއަށް އަވަހަށް ފޮނުވައި ތަހުގީގު ކުރަން ޖެހެއެވެ. އިސްތިއުފާ ދެއްވުމަކީ ފަނޑިޔާރު ކުރި ޖިނާއީ ކުށުން ބަރީއަވާން އޮތް ފުރުސަތުތަކަށް ނުހައްދަވާށެވެ. ޖޭއެސްސީން ވެސް ފަނޑިޔާރަކު އިސްތިއުފާ ހުށަހަޅުއްވާއިރު ގައްޔާއި، އިސްތިއުފާ ބަލައިގަނެވޭނެ އުސޫލްތަކެއް ކަނޑައަޅަން ޖެހެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެކަމަށް ވިސްނުން އެއީ ބޭނުންތެރިކަމެއް ކަމަށް ފެނެ އެވެ.

ބޮޑެތި ތުހުމަތުތައް ކުރެވޭ، މިފަދަ ފަނޑިޔާރުން މަގާމުގައި ދެމިތިއްބަވާއިރު، ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރާ ހިސާބަށްދާއިރަށް އިސްތިއުފާ ދެއްވުމުން، އެމީހުން "ހުދު ކާފޫރަށް" ބަދަލުވުމަކީ ބަލައިގެނެވޭނެ ކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

02 ފެބުރުއަރީ 2018
ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

27 ޖެނުއަރީ 2018
އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

13 ޖެނުއަރީ 2018
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު