Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގާނީ އަމިއްލަ އުފެއްދުމެއް ބާޒާރަށް ނެރުން

ގާނީ: ނުވާނެ ކަމަށް ބުނެ މާޔޫސްކުރުވި، އެކަމަކު އެއީ މިހާރު ބްރޭންޑެއް!

4 ސެޕްޓެމްބަރު 2021 | ހޮނިހިރު 08:38

މިމަސައްކަތް ކުރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި

އަމްނާ އިމާދު
އަމްނާ އިމާދު | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 08:38
ރާއްޖެއެމްވީއަށް އައިޝަތު ގާނިތާގެ ހަޔާތުގެ ވާހަކަތައް ކިޔައިދެނީ

ރާއްޖެއެމްވީއަށް އައިޝަތު ގާނިތާގެ ހަޔާތުގެ ވާހަކަތައް ކިޔައިދެނީ

ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރަން ޖެހެއެވެ. ހުނަރުވެރިކަމާއި ފަންނުވެރިކަން އިތުރުކޮށް، މިފަދަ ހުނަރު ލިބިފައިވާ ޒުވާނުންނަށް ފުރުސަތު ހޯދައިދޭންޖެހެއެވެ. އެގޮތުން އެޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށް އެކި މުއައްސަސާތަކާއި ކޮލެޖް، ޔުނިވާސިޓީތައް ގުޅިގެން ތަފާތު ޕްރޮގްރާމްތައް ހިންގައެވެ. މިޕްރޮގްރާމްތަކުން ހުނަރުވެރިކަން ދައްކާލުމަށް ފުރުސަތު ލިބުނު ނަމަވެސް އަމަލީ މައިދާނަށް ނުކުތުމުގެ ފުރުސަތު ލިބެނީ މަދު މީހަކަށޭ ބުނުން ދޮގަކަށް ނުވާނެއެވެ.

ބައެއް ހާލަތްތަކުގައި ހުނަރުވެރި މީހެއްކަމުގައިވީ ނަމަވެސް ހުނަރުގެ ބޭނުން ހިފަން ނޭނގޭ ފަހަރު ވެސް އާދެއެވެ. އަނެއްބައި ހާލަތުގައި މީހުންގެ ފާޑުކިޔުންތަކުގެ ސަބަބުން ފަހަތަށް ޖެހޭ ފަހަރު ވެސް އާދެއެވެ. ނަމަވެސް ހުވަފެން ހަގީގަތަށް ހެދުމަށްޓަކައި މަސައްކަތް ނުކުރާ ކަމަށްވާނަމަ ދުވަހަކު ވެސް ކުރިއަކަށް ނުދާނެއެވެ. އަބަދުވެސް ދާނީ ފަހަތަށެވެ. މީހުން ކިޔާ އެއްޗިއްސަށް ބެލުމެއްނެތި މިގޮތުން ކުރިއަށްދިޔަ އެއްޒުވަނީ އުމުރުން 16 އަހަރުގެ އައިޝަތު ގާނިތާ (ގާނީ) އެވެ.

ދަރުމަންވަންތަ ސްކޫލުން ތައުލީމް ހާސިލް ކުރި ގާނީ އޯލަވަލް ނިންމާލީ މިދިޔަ އަހަރުއެވެ. ރަނގަޅު ނަތީޖާއާއެކު ނުކުތް މިޒުވާނާ މިހާރު ވަނީ އަމިއްލަ މޭކަޕް ބްރޭންޑެއް އުފައްދައި ވިޔަފާރީގެ ބާޒާރަށް ނެރެފައެވެ. މިޕްރޮޑަކްޓް މަގުބޫލުވަމުންދާއިރު، ގާނީއަށް މިހާރު ގިނަ ބައެއްގެ ފަރާތުން ވަރަށް ސަޕޯޓު ލިބެއެވެ. ނަމަވެސް ވިޔަފާރީގެ ބާޒާރަށް ނުކުތުމުގައި ގާނީއަށް ވަނީ ގިނަ ކަންތައްތަކާއި ކުރިމަތިލާން ޖެހިފައެވެ. އުމުރުން ހަގުވުމާއި ގުޅިގެން ގިނަ ދޫތަތަކަކުން މިކަން ނުވާނެ ކަމަށް ބުނެފައިވެއެވެ. ގާނީގެ ވަށައިގެން އުޅުނު ގިނަ ރައްޓެހިން އެއީ ބޭކާރު، ކާމިޔާބު ނުވާނެ މަސައްކަތެއް ކަމަށް ވިސްނައިދޭން މަސައްކަތް ކޮށްފައިވެއެވެ. ހިތް މަރާލުމުގެ އެތައް ބަސްތަކަކާއި ކުރިމަތިވި ނަމަވެސް ގާނީގެ އުންމީދު ކަނޑައެއްނުލައެވެ.

ކުޑައިރުއްސުރެ މޭކަޕަށް ހުންނަ ލޯތްބެއްގެ ސަބަބުން އަމިއްލަ އުފެއްދުމެއް ނެރުމަކީ މިއަދާ ހަަމައަށް އެންމެ ބޮޑު ހުވަފެނެވެ. މި ހުވަފެނުގައި ކުލަ ޖެއްސުމަށް އޭނާގެ އަތުގައި ހިފީ އެއްބަނޑުއެއްބަފާ ބޭބެ އަބްދުﷲ ގާއިދް އާދަމްއެވެ. ބޭބެގެ އެހީތެރިކަމާއެކު އަމަލީ މަސައްކަތް ފެށީ އޯލެވަލް އިމްތިހާނާއެކުގައެވެ.

ގާނީ ކިޔައިދިން ގޮތުގައި އޯލެވަލް އިމްތިހާން ދުވަސްވަރު މޭކަޕް ބްރޭންޑް ނެރުމުގެ މަސައްކަތް ކުރީ ވަރަށް ބޮޑަށް ވަގުތު މެނޭޖްކޮށްގެނެއެވެ. މިއީ ވަރަށް ޗެލެންޖިން މަސައްކަތްތެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. ނަމަވެސް މަންމައާއި ބައްޕަގެ ފަރާތުން ލިބުނު ހިތްވަރާއެކު މަސައްކަތް ވަރަށް ކާމިޔާބު ކަމަށް އޭނާ ބުނެއެވެ. އެގޮތުން އޭނާގެ އުފަންދުވަހާއި ދިމާކޮށް 16 ސެޕްޓެންބަރު 2020ގައި ގާނީގެ ބްރޭންޑް ލޯންޗު ކުރިއެވެ. ކުރިއަށް އޮތްތަނުގައި ގާނީގެ އަމިއްލަ އިތުރު އުފެއްދުންތައް ބާޒާރަށް ނެރޭނެއެވެ. ތިން ވައްތަރެއްގެ ލިޕްސްޓިކް ބާޒާރަށް ނެރެފައިވާއިރު، އިންޝަނޭޝަނަލް މާކެޓަށް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި ބޭރުގެ ގައުމެއްގައި އައުޓްލެޓެއް ހުޅުވަން މިހާރު ވަނީ ނިންމާފައެވެ.

ގާނީ ކިޔައިދިން ގޮތުގައި، ދާން ބޭނުންވާ ދާއިރާއިން ކުރިއަށް ދިއުމަށް ހުރަސްއަޅާ ނުވަތަ ބަދުބަސް ބުނާ ރައްޓެހިންނާއި ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނަ ރައްޓެހިންތަކެއް ގެއްލުނު ކަމުގައިވިޔަސް ހެޔޮއެދޭ ރަނގަޅު ރައްޓެހިން އަބަދުވެސް ހިތްވަރު ދިނުމަށް ކައިރީގައި ތިބޭނެއެވެ. މަސައްކަތެއް ފެށުމަށް ނިންމާއިރު، ބޮޑަށް އަމިއްލަ އުފެއްދުމަކަށް އިސްކަން ދިނުމަށް އޭނާ އެދިފައިވެއެވެ. އަދި ގާނީއަށް އަމިއްލަ އުފެއްދުމެއް ބާޒަރަށް ނެރެވުމުން މިކަމަށް ޝައުގުވެރިވާ ކޮންމެ މީހަކަށް ވެސް މިކަން ކުރެވޭނެ ކަމަށް ގާނީ ބުންޏެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ.

ގައުމުގެ އުފެއްދުންތެރިކަން އިތުރުވެ، ޒުވާން ފިޔަފާރިވެރިން ފެނުމަކީ ގައުމަށް ވެސް ލިބޭ ކުރިއެރުމެކެވެ. މިއަދު ގާނީގެ މަސައްކަތުން އޭނާގެ އާއިލާއަށް ވެސް އެތައް އުފާވެރިކަމެއް ގެނެސްދީފައިވާއިރު، ގާނީ މިހާރު ވަނީ މަތީތައުލީމަށް ކިޔަވަން ނިންމާފައެވެ. އެގޮތުން ބިޒްނަސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ޑިސެންބަރު މަހުގެ ކިޔަވަން ފަށާނެއެވެ. ކިޔަވަމުން ވަޒީފާއެއް މެނޭޖްކުރުމަކީ އުނދަގޫކަމެއް ނަމަވެސް އޭނާ މިހާރު ހުރީ މިކަމާއި ކުރިމަތިލާން ތައްޔާރަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2017

ނައީމާއްތަ: ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!

20 އޯގަސްޓު 2017
 ނައީމާއްތަ:  ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!
23 ޖުލައި 2017

މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟

23 ޖުލައި 2017
މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟
22 ޖުލައި 2017

އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

22 ޖުލައި 2017
އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!
10 ޖޫން 2017

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!
10 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!
07 މެއި 2017

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
18 އެޕްރީލު 2017

ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟

18 އެޕްރީލު 2017
ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް