Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން ހޫނުވުން

އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން ހޫނުވެ އެންމެ ފަހުން ރައީސްގެ އިސްތިއުފާއަށް

ބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައިވަނީ އެމްޑީޕީ ޕީޖީން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 ޖުލައި 2021 | ބުރާސްފަތި 15:11
މިއަހަރަށް ރިޔާސީ ބަޔާން އިއްވުމަށް ބޭއްވުމަށް ޖަލްސާގެ ތެރެއިން

މިއަހަރަށް ރިޔާސީ ބަޔާން އިއްވުމަށް ބޭއްވުމަށް ޖަލްސާގެ ތެރެއިން

އެމްޑީޕީގެ ދެ ފެކްޝަންގެ ދެމެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް މަޖިލީހުގެ ތަޅުމާއި ހަމައަށް މީގެކުރިންވެސް ތިލަވެގެންގޮސްފައިވެއެވެ. އެމްޑީޕީގެ 65 މެމްބަރުންގެ ތެރޭގައި މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާ މެމްބަރުންނާއި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ ދެމެދުގައި ފެކްޝަނެއް ރަނގަޅަށް އުފެދިފައެވެ. މި ދެ ފެކްޝަންގެ މެދުގައި ހިނގަމުންދާ ހިތްހަމަނުޖެހުންތަކާއި ކޯޅުންތައް މިވަނީ ބުރާސްފަތި ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތަޅުމުންވެސް ފެނިގެންގޮސްފައެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންނާއި ރައީސް ޞާލިހަށް ތާއީދުކުރައްވާ މެމްބަރުންގެ ދެމެދުގައި ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން މިބިލް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިންއެވެ. އެމްޑީޕީގެ ބައެއް މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިބިލް ހިސާންގެ ނަމުގައި ހުށަހެޅުއްވުމާއެކު ހިސާން ނުރައްކަލަށް ހުށަހެޅުނުއިރުވެސް ސަރުކާރުން ހިސާންގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރެއްވުމެވެ. ވަކިން ޚާއްސަކޮށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަކަށް އެބިލް ވާއިރު ބިލާއި ގުޅިގެން ނުރައްކަލާ ކުރިމަތިވެވަޑައިގެންނެވި މެމްބަރަކީ ހިސާން ކަމަށްވުމެވެ.

ބަހުސް މަރުހަލާގައި މިކަން އެންމެ ފުރަތަމަ ފާހަގަކުރައްވާފައިވަނީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އެގޮތުން ކޮމެޓީ ރިޕޯޓު ތަޅުމަށް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ މި ބިލު މަޖިލީހަށް ހުށައެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ އިތުރުން މި ބިލުގެ މަސައްކަތް އެޖެންޑާކުރައްވާތީ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ވެސް ނުރައްކާ އޮތް ކަމަށް ވިދާޅުވެފައެވެ.

އޭގެއިތުރަށް މި ބިލު ދިރާސާކުރަމުންދާ ޖުޑީޝަރީ ކޮމިޓީގެ މެމްބަރުންނަށްވެސް ނުރައްކާ އެބައޮތް ކަމަށް އިންތި ވިދާޅުވި އެވެ. އިންތި ވިދާޅުވީ އެމްޑީޕީ ތެރެއިން ވެސް ފިތުނައާއި ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މެމްބަރުންގެ މެދުގައި އަރާރުން ބޮޑަށް އުފެދިގެންދިޔައީ ރައީސް ޞާލިހު ފެކްޝަންގެ މެމްބަރުން މިބިލް ތަޅުމުން ބޭރުކޮށްލުމަށް ބޭނުންފުޅުވެ ވާހަކަދެއްކެވުމުންނެވެ. ނަމަވެސް އޭރުވެސް އޮތީ އެމްޑީޕީގެ ޕީޖީ ގްރޫޕުން މިބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ސަރުކާރުން ބިލު ފޮނުވާފައި، ބިލު ސްޕޮންސާ ކުރެއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހަވަރަށް ދޭ އުސޫލުން ކަންތައް ކޮށްފައިވާ ކަމަށެވެ. ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށް ވައްޑޭ ވަނީ ރައިސުލްޖުމްހޫރިއްޔާއަށް ވެސް ފާޑުވިދާޅުވެ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ.

މީގެއިތުރުން ވައްޑެ ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާ ބިލުތަކުގެ ތެރެއިން 'ސަރުކާރުގެ ބިލެއް' ކަމަށް ކަނޑައެޅޭ އުސޫލެއް ސާފުކޮޮށް ނިންމަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕީޖީ ގްރޫޕަށްވެސް ފާޑުވިދާޅުވެފައެވެ. ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮންނަ މަޖިލީހުގައި ހުންނަވައިގެން ކުރިމަތިވާ ކަންކަމުގެ ވާހަކަވެސް ދެއްކެވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ ވާހަކަވެސް ހުރީ ހަމަ މިމޭރުމުންނެވެ. މީކާއިލް ވިދާޅުވީ ސަރުކާރުން ހުށައެޅި ބިލަކާއި ގުޅިގެން މެންބަރުންގެ ފުރާނަފުޅަށް ނުރައްކާ ވިއިރުވެސް، ދިފާއުގައި ސަރުކާރުން އެއްޗެއް ވިދާޅުނުވި ކަމަށެވެ. އޭނާ ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި ހަރުކަށި ފިކުރާއި ގުޅުން ހުރި މަރުތަކަށް އިންސާފު ހޯދަދިނުމަށް އައި ސަރުކާރުން، މި ބިލު ދިފާއު ނުކުރައްވާތީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި ވޯޓު ހޯދަންވީމާ ނިކަން ފޯރީގައި ރިލްވާން މަންމަ، ޔާމީންގެ ދައްތަ ފެނޭނޫންތޯ ވިދާޅުވެ މީކާއިލް ފާޑުވިދާޅުވިއެވެ.

މިބިލާ ގުޅިގެން ދެން އެންމެ ހޫނެއް ރައްދުދެއްވި އަނެއް މެމްބަރަކީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ. ބޮންޑޭ ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުން އެ ބިލު މަޖިލީހަށް ފޮނުވީ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގުގެ ފޯކަސް ގެއްލުވައިލުމަށެވެ. " އެ ދަލުގައި" ގައުމު ވަރަށް ރަނގަޅަށް ޖެހިއްޖެ ކަމަށްވެސް ވިދާޅުވިއެވެ.

ބިލު ފާސްކުރެވޭ ގޮތް ނުވުމާއެކު ނަޝީދުގެ ފެކްޝަންގެ މެމްބަރުން ހިތްހަމަޖެހިވަޑައިނުގަން ވާހަކަދެއްކެވި އިރުވެސް ރައީސަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވަނީ ބިލު މަޖިލީހުން ބޭރުކުރުމަށެވެ. އެގޮތަށް ގޮވައިލެއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ސަނީފެވެ.

ބިލް ބޭރުކޮށްލުމަށް ސަނީފު ގޮވާލެއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ސަނީފު ވެސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅާފައި އޮތީ ބިލު އަލުން ކޮމިޓީ އަށް ގެންދިއުމަށް ކަމަށާއި އެކަމަށް ތާއީދު ވެސް ލިބިފައިވާ ކަމަށެވެ. ސަނީފްގެ ވާހަކަފުޅުގައި ވަނީ ބިލް ހުށަހެޅުއްވި މެމްބަރު ބިލް އަނބުރާ ނުގެންދަވައިގެންވެސް ފާޑުވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ އަހަރީ ދުވަހުގެ އަޒުމު: އިދިކޮޅު ޕާޓީގެ ގޮތުގައި އަހަރީ ދުވަސް ފާހަގަކުރާ މިއީ ފަހު އަހަރު

އެމްޑީޕީގެ އަހަރީ ދުވަހުގެ އަޒުމު: އިދިކޮޅު ޕާޓީގެ ގޮތުގައި އަހަރީ ދުވަސް ފާހަގަކުރާ މިއީ ފަހު އަހަރު

26 ޖޫން 2018
ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

08 ޖޫން 2018
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

19 އޮކްޓޯބަރު 2017
މިހާރު އެންމެ "ހިޓު" ވާހަކައަކީ ފައްތާހާއި ނަހުލާގެ ކޯޅުންގަނޑު!

މިހާރު އެންމެ "ހިޓު" ވާހަކައަކީ ފައްތާހާއި ނަހުލާގެ ކޯޅުންގަނޑު!

12 އޮކްޓޯބަރު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު