Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރުއްގަސް ކެނޑުން

ރުއްގަސް ކަނޑަން މަޖުބޫރު ކުރުވާ މަހުޖަނުންގެ ނަން އާއްމު ނުކުރޭތަ؟

ތިމާވެއްޓަށް ގެއްލުން ދިނުމުން ޖޫރިމަނާ ކުރުމާއި ބަދަލު ނެގުމުގެ ގަވައިދެއް އޮވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2019 | ހޯމަ 16:17
ރާއްޖޭގެ ރަށަކުން ކަނޑާފައިވާ ގިނަ އަދަދެއްގެ ގަސްތަކެއް

ރާއްޖޭގެ ރަށަކުން ކަނޑާފައިވާ ގިނަ އަދަދެއްގެ ގަސްތަކެއް

އާ ސަރުކާރުގެ ޖަޒީރާ ރާއްޖެ ކޮންސެޕްޓާއެކު ތިމާވެށީގެ ކަންކަމުގައި އާއްމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވަމުން ދާތަން ފެނުމަކީ ހެޔޮ ފާލެކެވެ. އެގޮތުން ޕްލާސްޓިކު ނޫން ގޮތެއް ހޯދުމަށް ކުރާ މަސައްކަތުގައި "ސިންގަލް ޔޫސް" ޕްލާސްޓިކް ސަރުކާރުގެ އޮފީސްތަކުގައި ބޭނުން ކުރުން ހުއްޓާލުމާއި، މަގުމައްޗަށް ކުނިއެޅުން ހުއްޓުވުމަށް ޓަކައި އެ އަމަލު ހިންގާ މީހުންގެ ނަން އާއްމު ކުރުމަކީވެސް ކުރަން ހަމަ ވަރަށް ރަނގަޅު ކަންކަމެވެ.

ނަމަވެސް ނުފޫޒު ގަދަ މަހުޖަނުން ހަދަމުންދާ ރިސޯޓްތަކަށް ބޮޑެތި ބާޖުތަކުގައި ކައިރި ރަށްރަށުންނާއި ދުރުދުރުން މެންދަމުގެ ވަގުތުތަކުގައި ބޮޑެތި ބާޖުތަކުގައި ބަރުކޮށްގެން ރުއްގަސް އުފުލާ މަންޒަރު ފެނުނު ނަމަވެސް ކުރެވުނީ ކޮން ކަމެއްތޯއެވެ. އެފަދަ މައްސަލައެއް ހުށައެޅުމުން އެކަން ބަލަމުންދާ ކަމަށާއި، އެ އަމަލު ކުށްވެރިކޮށް ބަޔާނެއް އާއްމު ކުރުން ފިޔަވާ ވީ ކަމެއް ދައްކަވައި ބައްލަވާށެވެ.

އެކަމަމު މިފަހަކަށް އައިސް މާލޭގެ މަގުތަކަށް ކުނި އަޅާ މީހުންގެ ނަން އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އާއްމުކުރަން ފެށުމުން އެކަން ގިނަ ބަޔަކަށް ވީ ވަރަށް ރަނގަޅު ކަމަކަށެވެ. އެކަމަކު އެއީވެސް އަދި މުޅިން ހައްލެއް ކަމަށް ދެކިގެން ތިބެވޭކަށް ނެތެވެ. ކުނިއަޅާ މީހާގެ ނަން އާއްމުކޮށް ޖޫރިމަނާ ކުރެވެނީ އެކަން ކުރާ މީހާ ސީދާ އެނގޭ މަދު ހާލަތެއްގައެެވެ.

ބޮޑެތި ގަސްގަހާގެހި މުލުން ލުހެލައިގެން ނެގުމަކީ ތިމާވެއްޓަށް ސީދާ ގޮތެއްގައި ބޮޑެތި ގެއްލުންތަކެއް ކުރާނެ ކަންކަމެވެ. 2018 ވަނަ އަހަރު ނިމެން ދަނިކޮށް ރާއްޖޭގެ ބައެއް ރަށްރަށުން ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާ ވާހަކަ އިވުނީ "ފަތުއަޑު" ކިޔާފައެވެ. ތިމާވެއްޓަށް ގެއްލުން ލިބޭ އެތައް ކަމެއް ފާޅުގައި ކުރަމުން ދާއިރު އެ ކަންކަން ނުހުއްޓުވި އޮތީ، އީޕީއޭގެ ޒިންމާ އަދާ ނުކުރާތީ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުން އެ އިދާރާއަށް އެތަށް ފާޑުކިއުމެއް އަމާޒުކުރިއެވެ.

ރާއްޖޭގައި ފަޅު ހިއްކައިގެން ހަދާ ރިސޯޓުތައް ގިނަވެ އެ ތަންތަން ފެހި ކުރުމަށް ރަށްރަށުން އެތައް ސަތޭކަ ރުކެއް އެހެން ރަށްރަށުން ގަނެގެން ގެނައުން އާއްމު ވެފައިވާއިރު އެއީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އޭގެ ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ނަމަވެސް އެކަމާ މެދު ކަންބޮޑުވީ ކާކުތޯއެވެ.

ރުއްގަސް ކެނޑުން ވަނީ އާއްމުވެފައި

މަހުޖަނުންގެ މުއްސަނދި ޖީބުތަކުގެ ނުފޫޒު ރުއްގަހުގެ މުލާ ހަމައަށް ފޯރުމުން ކަމާއި ގުޅޭ މުއައްސަސާތަކަށް ހަދާނެ ގޮތް ހުސްވީތޯއެވެ. އެކަމަކު ދަންނަވަންތޯއެވެ. އެކަމަށްވެސް ހެދިފައި ހުރި ގަވާއިދުތައް އެބަހުއްޓެވެ. އަމަލު ނުކުރާ ނަަމަ ފިޔަވަޅު އަޅުއްވަން ކެރިވަޑައިގަންނަވާށެވެ. މޫނަކަށް ކަނދުރާއަކަށް ބަލާކަށް ނުޖެހެއެވެ.

ރުއްގަސް އެކި ތަންތަނަށް ގެންދިއުމަށް ހަދާފައިވާ ގަވާއިދު ބުނާގޮތުން 10 ރުކަށް ވުރެ ގިނަ ރުއް ކަނޑާނަމަ އީޕީއޭގެ ހުއްދަ ނަގަން ޖެހެ އެވެ. އަދި ނަގާ ރުކަކަށް ދެ ރުއް އިންދަން ޖެހެ އެވެ. ބޮޑެތި މަސައްކަތްތައް ކުރުމަށް 200 ރުއްގަހަށް ވުރެ ގިނަ ރުއް ނަގާ ނަމަ އީއައިއޭ ވެސް ހަދަން ޖެހެއެވެ.

އީޕީއޭގެ އެންގުންތަކާ ހިލާފު ވާނަމަ ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު އެ އެޖެންސީ އަށް ލިބެ އެވެ. އެގޮތުން، ތިމާވެއްޓަށް ގެއްލުން ދިނުމުން ޖޫރިމަނާ ކުރުމާއި ބަދަލު ނެގުމުގެ ގަވައިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވެ އެވެ.

ރުއްގަސް ނަގާ ހަދަނީ މީހުން ދިރިއުޅޭ ރަށްރަށުންނާއި ކައުންސިލްތަކުގެ ބާރު ހިނގާ ފަޅު ރަށްތަކުންކަމަށް ވީއިރު، އެފަދަ ފަރާތްތައް ހޯދުމަކީ މާބޮޑު ދަތިކަމަކަށް ވާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ތަރައްގީގެ މަޝްރޫތަކާއި ހުރެ ރާއްޖޭގެ ތިމާވެއްޓަށް ދީފައިވާ ގެއްލުންތައް ނުހުއްޓުވި ވަނީ ގާނޫނު ތަންފީޒު ކުރަން ތިބި ފަރާތްތަކުން ފަރުވާ ކުޑަކުރެވޭތީއެވެ. ކުނިއަޅާ އާއްމު މީހާގެ ނަން އާއްމުކޮށް ޖޫރިމަނާ ކުރާއިރު، ރުއްގަސް ނަގައި ވިޔަފާރި ބޭނުމަށް ވިއްކާ އަދި ގަންނަ ފަރާތްތައް ޖޫރިމަނާކޮށް ނަންވެސް ނިކަން އާއްމުކޮށްބަލާށެވެ. ރާއްޖޭގެ ނާޒުކު ތިމާވެއްޓަށްޓަކައި ވެސްމެއެވެ. އަންނަން އޮތް އަޅުގަނޑުމެންގެ ޖީލުތަކަށްޓަކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުދައްރިސުންގެ ވަރކްލޯޑް އަކީ ދާއިރާއަށް ޝައުގުވެރިކަން ކުޑަކުރުވާ ކަމެއް؟

މުދައްރިސުންގެ ވަރކްލޯޑް އަކީ ދާއިރާއަށް ޝައުގުވެރިކަން ކުޑަކުރުވާ ކަމެއް؟

09 ޖުލައި 2022
"އެއް ފުރާޅެއްގެ ދަށުގައި އެތައް އާއިލާއެއް ދިރިއުޅެން މަޖުބޫރު ކުރި"

"އެއް ފުރާޅެއްގެ ދަށުގައި އެތައް އާއިލާއެއް ދިރިއުޅެން މަޖުބޫރު ކުރި"

23 ފެބުރުއަރީ 2022
އެއީ ވޭންދެނިވި އެކަނިވެރިކުރުވާ ކަމެއް، އެކަމަކު ހިތްވަރާއެކު ކުރިއަށް

އެއީ ވޭންދެނިވި އެކަނިވެރިކުރުވާ ކަމެއް، އެކަމަކު ހިތްވަރާއެކު ކުރިއަށް

28 ޖެނުއަރީ 2022
ރައީސް ސާލިޙުގެ ޒަޢާމަތުގައި، ފެންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވާ މަޖިލީހެއް ހިނގަމުންދާ، ހާމަބޮޑު މަންޒަރެވެ

ރައީސް ސާލިޙުގެ ޒަޢާމަތުގައި، ފެންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވާ މަޖިލީހެއް ހިނގަމުންދާ، ހާމަބޮޑު މަންޒަރެވެ

10 ނޮވެމްބަރު 2020
މާސްކް އަޅަން މަޖުބޫރުކުރުން: އެއީ ސިޔާސީ އެންގުމެއް ނޫން!

މާސްކް އަޅަން މަޖުބޫރުކުރުން: އެއީ ސިޔާސީ އެންގުމެއް ނޫން!

02 އޯގަސްޓު 2020

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު