Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަދީބުގެ ފައިސާ

އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!

ދޫވެހި ގެއަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް ބުނާ މައްސަލަ ނުބަލައި

ރާއްޖެ އެމްވީ | 3 އެޕްރީލު 2018 | އަންގާރަ 06:55
ރައީސް ޔާމީންގެ އުފަން ދުވަހުގެ ކޭކު ފެޅުމުގެ ހަލުފާ: ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން ހޮވަން އަދީބު ވަރަށް ބޮޑަށް ހަރަދު ކުރި

ރައީސް ޔާމީންގެ އުފަން ދުވަހުގެ ކޭކު ފެޅުމުގެ ހަލުފާ: ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން ހޮވަން އަދީބު ވަރަށް ބޮޑަށް ހަރަދު ކުރި

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ގެންގުޅުއްވީ ހަލާލު ނޫން ފައިސާ ކަމަށާއި އެ ފައިސާ އިން މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިތާ ހަ މަސް ދުވަސްވެފައިވާއިރު އެއްވެސް މެމްބަރުން އިސްތިއުފާއެއް ނުދެއްވިއެވެ. އަދި އެއިން އެއްވެސް މައްސަލައެއް ބަލައި ފިޔަވަޅެއް އަޅާފައެއް ނެތެވެ.

މިދިޔަ އަހަރުގެ އޯގަސްޓް 14 ވަނަ ދުވަހުގެ ރޭ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެ މަނިކުފާނާ ވަރަށް އަރިސްކޮށް އުޅުއްވި އަދީބު ގެންގުޅުއްވީ ހަލާލު ނޫން ފައިސާކަން މިހާރު އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ވެއްދި ފައިސާ ވެސް ވާނީ ހަލާލު ނޫން ފައިސާ އަށް ކަމަށާއި އަދީބުގެ ފައިސާގައި ހިފައި އެ ފައިސާ އިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި މެންބަރުން ވެސް ވަރަށް ގިނަ ކަމަށެވެ.

"މި ފައިސާއިން ހަރަދުކުރެވިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް އިންތިހާބުކުރަންތޯ އެބަ ބަލަންޖެހޭ. ފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އަދީބު ޚަރަދުކުރައްވައިގެން މަޖިލީހަށް މެންބަރުންތަކެއް ހޮވިފައިވާ ކަމަށް ރައީސް ޔާމީން ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފައެވެ.

"ހަމަ ގައިމު ވެސް މަޖިލީހުގައި ތިއްބަވާނެ އަހުމަދު އަދީބު ހޭދަކުރައްވައިގެން އިންތިހާބުވި މެންބަރުން. އެހެންވީމަ އެ ބޭފުޅުން ވެސް ރާއްޖެ ކޮރަޕްޝަނުން ސަލާމަތް ކުރަން ބޭނުންވާނަމަ އަމިއްލައަށް އެކަން ގަބޫލުކޮށް ދުރަށް ވަޑައިގެން އަމިއްލަ ފައިސާއިން ހޮވިގެން އާދޭ. އަޅުގަނޑުމެންގެ ޕާޓީން މަދަކުން ނޫން މަޖިލީހުގެ މެންބަރުން ހޮވަން ހަރަދުކުރީކީ. މީގަ ބޮޑު ހޭދައެއް ކޮށްދެއްވީ އަހުމަދު އަދީބު، އެހެންވީމަ ޑޭވަންއިން ފެށިގެން އަހުމަދު އަދީބު ގެންގުޅުއްވި ފައިސާއަކީ ހަލާލު ނޫން ހައްގު ނޫން ފައިސާ ކަމަށްވާނަމަ އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން،"

އަދީބާއި ނިހާން

މި ވާހަކަތަކަށް މަޖިލީހުގެ ބައެއް މެންބަރުންނަށް ޖަވާބު ނުދެއްވޭނެ ކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ވާނަމަ އަހުމަދު އަދީބުގެ ފައިސާގައި ހިފި ކަމަށް އެއްބަސްވެ މަގާމުން ދުރަށް ވަޑައިގަންނަވަންޖެހޭ ކަމަށެވެ.

ރައީސް ޔާމީން މިހާ ސާފުކޮށް މި ވާހަކަ ވިދާޅުވެފައި ވާއިރު ދައުލަތުގެ އެއްވެސް މުވައްސަސާއަކުން މިއިން މައްސަލައެއް ބައްލާފައެއް ނެތެވެ. ޕީޕީއެމް އިން ވަކިވެވަޑައިގެންނެވުމުން ބައެއް މެމްބަރުންގެ މައްޗަށް ރިޝްވަތުގެ ތުހްމަތުކުރާއިރު، ފައިސާ ގޯނި ހިފައިގެން ދިޔަ ކަމަށް އަމިއްލަ އަށް އިއުތިރާފުވެފައިވާ މެމްބަރުންނާއި އަދީބުގެ ފައިސާގައި ހިފާފައިވާ ކަމަށް ތުހްމަތުކުރެވޭ ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ބައެެއް މެމްބަރުން މާލެއިން ގޯއްޗާއި، ފްލެޓާއި ބޮޑެތި އޮޑިފަހަރު ގަންނަމުންދާ ކަމަށް ކުރާ ތުހްމަތުތައް ބަލާކަން ވެސް ހާމައެއް ނުކުރެއެވެ. ބައެއް މެމްބަރުން ނުހައްގު މުއްސަނދިކަން ހޯދަމުންދާ ކަމަށް ލޯމަތިން ފެންނަން ހުރިއިރު، އެއީ ފެންނަ މަންޒަރަކަށް ނުވެއެވެ. މައްސަލައެއް ތަހްގީގެއް ނުކުރެއެވެ. ގިނަ ތުހްމަތުތަކެއްގައި 33 އަހަރަށް އަދީބު ޖަލަށް ހުކުމްކޮށްފައިވާއިރު، އޭނާ އަށް ސަލާމަތްވެވެން އޮންނާނީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަހު ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދީބުގެ ފައިސާތަކުން އެއްބައި އެމަނިކުފާނަށް ލިބިފައިވާ ކަމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ތުހުމަތަކުރާ ކަމަށާއި އެހެންކަމުން އަމިއްލަ އަބުރުފުޅު ރައްކާތެރިކުރުމަށް ވެސް އެ ފައިސާ ދައުލަތަށް ވައްދަން މަޖުބޫރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޖަލްސާއެއްގައި ރައީސް ޔާމީން އާއި އަދީބް: އަދީބު ހައްޔަރުކުރީ، 500 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވުމަށް ފަހު

"އެބަ ތުހުމަތުކުރޭ އަދީބުގެ ފައިސާއިން އަޅުގަނޑަށް ބައެއް ލިބުނު ކަމަށް. އާނ! އަލްޖަޒީރާ އިން ވެސް ފެނުނީ އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާތަން، މި ނޫން އެހެން އެއްވެސް އެއްޗެއް އަލްޖަޒީރާއަށް ވެސް ނުފެނުނު. އެހެންވީމަ އަޅުގަނޑުގެ އަބުރު ސަލާމަތް ކުރުމަށްޓަކައި ވެސް މި ފައިސާ އެބަ ދައުލަތަށް ވަންނަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

މިހެން ވިދާޅުވެފައި ވާއިރު، އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އަށް ހަދިޔާއަކަށް އަދީބު ދެއްވި ކަމަށް ބުނާ އަލިމަސްޖެހި އަގު ބޮޑު އަނގޮޓި އާއި އަގުބޮޑު ބީއެމްޑަބްލިޔޫ ކާރު ދައުލަތަށް ނުގަނައެވެ. ރައީސް ޔާމީންގެ ރަސްމީ ދަތުރުފުޅުތައް ވެސް މި ބީއެމްޑަބްލިޔޫ ކާރުގައި ކުރައްވައެވެ.

އަދީބު: އަދީބު ޖަލަށް ލާފައިވަނީ 33 އަހަރަށް

އަދީބު މެންބަރުންނަށް ފައިސާ ދެއްވި ކަމަށް ރައީސް ޔާމީނު ތުހުމަތުކުރެއްވި އިރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބުނު ފައިސާތައް އެކި ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ބޭނުންކުރި ކުންފުނި އެސްއޯއެފް އިން ރައީސް ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީގެ ރިޕޯޓުން ވަނީ ފަޅާއަރާފައެވެ. ނަމަވެސް އެ މައްސަލައިގައި ހިމެނޭ ބައެއް މީހުންނާ ސުވާލު ނުކުރެވޭތީ އެ މައްސަލަ ވަނީ ފައިލްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

15 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

12 ޖޫން 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު