Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޙްމަދު ޢަބްދުﷲ ދީދީ

ޑރ. އަބްދުﷲ ދީދީ ރައީސް މުއިއްޒަށް: ތިބާގެ ވެރިކަން އިސްލާމީ އުސޫލުތަކަށް ފެތޭތޯ އެވެ.؟

28 ޖުލައި 2025 | ހޯމަ 13:52

އަބްދުﷲ ދީދީ ރައީސް މުއިއްޒަށް ރައްދުދެއްވީ ރައީސް މުއިއްޒު ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި ކުރެއްވި ޕޯސްޓާއި ގުޅިގެން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 28 ޖުލައި 2025 | ހޯމަ 13:52
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރައީސް މުއިއްޒުއަށް ވަނީ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފަ

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރައީސް މުއިއްޒުއަށް ވަނީ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފަ

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީގެ ވަރުގަދަ ސުވާލުތަކެއް ރައީސް މުހައްމަދު މުއިއްޒަށް އަމާޒު ކުރައްވައިފި އެވެ.

އަބްދުﷲ ދީދީގެ ސުވާލުތައް އަމާޒު ކުރެއްވީ ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް އާދިއްތަ ދުވަހު އަމަލު ކުރަން ފެށިކަން ހާމަކުރައްވާ ރައީސް މުއިއްޒު ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

ރައީސް ކުރެއްވި މި ޕޯސްޓުގައި ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އާ އިންޓަނޭޝަނަލް ޓާރމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އާދިއްތަ ދުވަހު އަސްރު ނަމާދުން ފެށިގެން އެގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިކަމަށް ރައްދުދެއްވައި އަބްދުﷲ ދީދީ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރައްވައިގެން ހުންނެވިއިރު، ދީނަކީ ހަމައެކަނި އަޅުކަމެއް ނޫންކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ ދެ ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެެއްކަމަށް ބަޔާން ކޮށްފައިވާއިރު، އެކަން ދެނެގަނެވޭނެ ސުވާލުތަކެއް އަބްދުﷲ ދީދީ ރައީސް މުއިއްޒުއާ ކުރައްވާފައިވެ އެވެ.

މިގޮތުން އަބްދުﷲ ދީދީ ވިދާޅުވީ އެ ދީނަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާ ކުރައްވައިގެން ހުންނެވި އިސްލާމްދީނަކީ ހަމައެކަނި އަޅުކަމެއް ނޫންކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

އެގޮތުން އިސްލާމްދީނަކީ އަގީދާއާއި، އަހުލާގާއި، އަޅުކަމުގެ އިތުރުން މުއާމަލާތު (ޕަބްލިކް ލޯ އާއި ޕްރައިވެޓް ލޯ) ގެ އެންމެހައި ބާބުތަކާ، އަދި، ސިޔާސަތާއި އިގުތިސާދުގެ އުސޫލުތައް ބަޔާންވެގެންވާ ޝާމިލު ދީނެއްކަމަށާއި، ގާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެެއްކަމަށް ބަޔާންކޮށްފައިވާކަމަށް އަބްދުﷲ ދީދީ ވިދާޅުވި އެވެ.

އެހެން ކަމުން، ދިވެހި ދައުލަތާއި ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި ދައުލަތް ހިންގެވުމުގައި އިސްލާމީ އުސޫލުތަކާއި ގަވާއިދުތަކަށް ރިއާޔަތް ކުރައްވަންތޯ އާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރައްވަންތޯ އަބްދުﷲ ދީދީ ވަނީ ސުވާލުކުރައްވާފަ އެވެ.

ދިވެހި ރައްޔިތުންގެ މާލިއްޔަތަށް އަމާނަތްތެރިވެ ވަޑައިގަންނަވަންތޯ؟
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ

އަބްދުﷲ ދީދީ ވިދާޅުވީ މިފަދައިން އަމަލު ނުކުރާނަމަ، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތްތަވާކަމަކަށް އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދައުލަތް ހިންގަވާކަމަކަށް ނުވާނެ ކަމަށެވެ.

ނޫންކަމަށް ވާނަމަ، މަނިކުފާނު [ރައީސް މުއިއްޒު] އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތްތަވާކަމަކަށް އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދައުލަތް ހިންގަވާކަމަކަށް ނުވާނެ
އަބްދުﷲ ދީދީ

އިސްލާމްދީނާ އެއްގޮތަށް އަމަލުކުރެއްވުމަށް މުއިއްޒު ހަނދާންކޮށް ދެއްވަމުން ގެންދަވާއިރު، އެމަނިކުފާނު އިންތިހާއަށް ދޮގު ހަދާ ކަމާއި މިވެރިކަމުގެ ބައެއް ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތާއި ވައްކަމުގެ ތުހުމަތުގެ އަޑުތައް ވަނީ ގަދަވެފައިއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މައިގަނޑު ގޮތެއްގައި މުއިއްޒު ވިއްކީ "އިންޑިއާ އައުޓް" ކެމްޕޭނެވެ. އޭގެ ތެރެއިން އިންޑިއާގެ ނުފޫޒު ނުރައްކާތެރި ދަރަޖައެއްގައި ރާއްޖެ އަށް އޮތް ކަމަށް ބުނެ، އިންޑިއާގެ އަސްކަރިއްޔާ ބޭރު ކުރުމަށް ވެސް ދިއައީ ގޮވާލަމުންނެވެ.

މީގެ އިތުރުން ދެން އެންމެ ބޮޑަށް ވިއްކީ އޭރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނެ ކަމުގެ ވައުދާއި އެކު އެމަނިކުފާނުގެ ފޮޓޯ ފުޅެވެ. އެގޮތުން ރައީސް ޔާމީން މިނިވަން ކުރެވޭނީ އޭރު އޮތް އެމްޑީޕީ ވެރިކަން ނިމުކަމަށް ގެނެވި، ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގެން ކަމަށް ވިދާޅުވެ އެވެ.

އެހުރިހާ އެއްޗެއް ވިއްކައިގެން މަކަރާއި ހީލަތުން ވެރިކަމަށް އާދެވުނު މުއިއްޒު އޭރު ވެވަޑައިގެން އެއްވެސް ވައުދެއް އަދި މިހާތަނަށް ފުއްދަވާފައި ނުވެ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް