Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗް

ހޮސްޕިޓަލަށް ދާ މީހުންނަށް މަރުހަބާ ކިޔަން "ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓާ" ގެ ނަމުގައި 55 ވަޒީފާ އައިޖީއެމްއެޗުން އުފައްދައިފި

22 ޖުލައި 2025 | އަންގާރަ 13:59

އައިޖީއެމްއެޗުން އުފައްދާފައި ވަނީ "ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރ" ގެ 55 ވަޒީފާ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 22 ޖުލައި 2025 | އަންގާރަ 13:59
ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗް: އެ ހޮސްޕިޓަލުން ވަނީ މުޅިން އަލަށް 55 ވަޒީފާ އުފައްދައި އިއުލާނު ކޮށްފައި

ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗް: އެ ހޮސްޕިޓަލުން ވަނީ މުޅިން އަލަށް 55 ވަޒީފާ އުފައްދައި އިއުލާނު ކޮށްފައި

ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނަށް މަރުހަބާ ކިޔައި މަގު ދެއްކުމަށް "ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓާ" ގެ ނަމުގައި އައިޖީއެމްއެޗު ހޮސްޕިޓަލުން 55 ވަޒީފާ އުފައްދައި އެ މަގާމުތަކަށް މީހުން ނެގުމަށް އިއުލާންކޮށްފި އެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން އަންގާރަ ދުވަހު އެކްސްގައި ކުރި މި އިއުލާނުގައި ބުނީ ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނަށް މަރުހަބާ ކިޔައި މަގު ދެއްކުމަށް ""ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓާ" ގެ ނަމުގައި އުފައްދާ އިއިލާނު ކުރި މި މަގާމުތަކުގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލާއި މޯލްޑިވްސް ބްލަޑް ސާވިސަސްގައި ކަމަށެއެވެ.

Advertisement - newsAdvertisement

އެ އިއުލާނުގައި ބުނެފައި ވަނީ މި 55 މަގާމަކީ ވެސް ކޮންޓްރެކްޓް ވަޒީފާތައް ކަމަށެވެ.

މި މަގާމުގެ ޝަރުތުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގްރޭޑް 10 ނިންމާފައިވުން ނުވަތަ ގްރޭޑް ހަތެއް ނިންމާފައިވުމާއެކު ގުޅޭ ދާއިރާއަކުން ހަތަރު އަހަރު މަސައްކަތުގެ ތަޖުރިބާ ލިބުން ހިމެނެ އެވެ.

ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ހޮސްޕިޓަލަށް ޒިޔާރަތްކުރާ ބަލިމީހުންނާއި އެހީތެރިންނަށް މަރުހަބާ ކިޔުމާއި މަގު ދެއްކުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދިމާވާ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމާއި އެ މައްސަލަތައް ހައްލުކޮށްދިނުމެވެ.

އަދި ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު، މާހައުލާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގެ އިތުރުން އެކިއެކި މީހުންގެ ހިޔާލު އެއްކުރުމާއި ތަޖުރިބާތައް މޮނީޓަރު ކުރުމާއި އޯގާތެރިކަމާއި، ހަމްދަރުދީވުމާއި އަދި ހިނިތުންވުމާ އެކުމުއާމަލާތް ކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލުކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އައިޖީއެމްއެޗުން 55 މަގާމު އުފައްދައި އިއުލާނު ކޮށްފައިވާއިރު، މި އިއުލާނުގައި މި ވަޒީފާގެ މުސާރަ އެއް ބަޔާންކޮށްފައި ނެތެވެ.

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި 29، ކަމަށް އިއުލާނުގައި އޮތް ނަމަވެސް ޖުލައި 23 އިން 30 އަށް އިންޓަވިއު ކުރިއަށްދާނެ ކަމަށް ބުނެފައިވެ އެވެ.

އިއުލާނުގައި ވާގޮތުން ވަޒީފާއަށް މީހުން ނެގުމުގައި ތައުލީމާއި ތަމްރީނުގެ އިތުރުން މަސައްކަތުގެ ތަޖުރިބާ އާއި މަގާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލުކަމާއި "އެހެނިހެން ސިފަތަކަށް" ބަލާނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 މާރިޗު 2017

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް