Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށާއި، ރަހީނުން މިނިވަން ކުރުމަށް ގޮވާލައި އިސްރާއީލްގައި އަޑު އުފުލަނީ

އެ އަޑު އުފުލުމުގައި ވާހަކަ ދައްކަމުން ޑޮރޮން ސްޓެއިންބްރެޗާ ބުނީ 471 ދުވަސް ވަންދެން ބިމު އަޑީގެ ޓެނަލްތަކުގައި އޭނާ ހޭދަ ކުރަން ޖެހުނު ކަމަށް. އަދި އިރުގެ އަލިކަން ފެނުނީ މީގެ ހަ މަސް ދުވަސް ކުރިން ކަމަށް ވެސް ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖުލައި 2025 | އާދީއްތަ 07:36
ހަނގުރާމަ ހުއްޓާލުމަށާއި، ރަހީނުން މިނިވަން ކުރުމަށް ގޮވާލައި އިސްރާއީލްގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެެއިން

ހަނގުރާމަ ހުއްޓާލުމަށާއި، ރަހީނުން މިނިވަން ކުރުމަށް ގޮވާލައި އިސްރާއީލްގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެެއިން

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، އެ ޤައުމުގައި މުޒާހަރާކޮށް، އަޑު އުުފުލަން ފަށައިފި އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ސަބަބުން، ހަމާސް ޖަމާއަތުން ރަހީނު ކުރި، އަދި ފަހުން ދޫކޮށްލި މީހަކު ވެސް އެ މުޒާހަރާގައި ބައިވެެރިވެފައިވެ އެވެ. އޭނާ ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ.

އެ އަޑު އުފުލުމުގައި ވާހަކަ ދައްކަމުން ޑޮރޮން ސްޓެއިންބްރެޗާ ބުނީ 471 ދުވަސް ވަންދެން ބިމު އަޑީގެ ޓެނަލްތަކުގައި އޭނާ ހޭދަ ކުރަން ޖެހުނު ކަމަށެވެ. އަދި އިރުގެ އަލިކަން ފެނުނީ މީގެ ހަ މަސް ދުވަސް ކުރިން ކަމަށް ވެސް ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ އެއްވެސް ބިރުވެރި ކަމެއް ނެތި ފުރަތަމަ ނޭވާ ލެވުނީ ވެސް ހަ މަސް ދުވަސް ކުރިން ކަމަށެވެ. އެހެން ނަމަވެސް، މިހާރު ވެސް އެއްވެސް ބިރުވެރި ކަމެއް ނެތި އޭނާ އަށް ނޭވާ ނުލެވޭ ކަމަށް ވެސް ބުންޏެވެ. އެކަމަށް ވަގުތު ވެސް ނަގާނެކަން ފާހަގަ ކުރަމުން އޭނާ ބުނީ، އެންމެ މުހިންމު ކަމަކީ ބަންދުގައި ތިބި މީހުން އެނބުރި އައުން ކަމަށެވެ.

އިސްރާއީލްގެ ބަހުން އެ އެއްވުމުގައި އޭނާ ވާހަކަ ދައްކާފައިވާއިރު، ވަކި ހިސާބަކުން ވަނީ އިނގިރޭސި ބަހުން ވެސް ވާހަކަ ދައްކައިފަ އެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ މުޚާތަބު ކުރުމުގެ ގޮތުންނެވެ. 

ޓްރަމްޕް އަށް އަމާޒުކޮށް އޭނާ ބުނީ، ޓަރަމްޕްއާ ބައްދަލުވެ ވާހަކަ ވެސް ދެކެވުނު ކަމަށެވެ. އަދި ޣައްޒާ ހަނގުރާމަ އާއި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމަކީ ޓްރަމްޕް އަށް ކިހާ މުހިންމު ކަމެއްކަން އިނގޭ ކަމަށް ވެސް އޭނާ ބުންޏެވެ. ހަމަ އެހެންމެ، ޓްރަމްޕް އަށް އެކަން ކުރެވޭނެ ކަމަށާއި، އެކަން ކުރުމުގެ ޤާބިލުކަން ޓްރަމްޕްގެ ކިބައިގައި ހުރިކަން ފާހަގަކޮށް އޭނާ ބުނީ، އެކަން ހަގީގަތަކަށް ހަދައި ދިނުމަށް އެދޭ ކަމަށެވެ. 

ޣައްޒާ ހަނގުރާމަ ހުއްޓާލުމާއި، އެ ހަނގުރާމައިގެ ސަބަބުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމަށް އެ ޤައުމުގެ ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި އެކަމުގައި އެދެވޭ މަސައްކަތްތަކެއް ކުރުމަށް އިސްރާއީލްގެ ސަރުކާރަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. 

ދާދި ފަހުން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ 10 ރަހީނުން ވަރަށް އަވަހަށް މިނިވަން ވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، އެކަމާ ގުޅުން ހުރި އިތުރު އެއްވެސް ތަފުސީލެއް ޓްރަމްޕް ދެއްވާފައި ނުވެ އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު