Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރިންނަށް ޚަރަދު ނުދޭ މައްސަލަ

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

16 ޖުލައި 2025 | ބުދަ 12:17

ފެމިލީ ކޯޓުން ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ އާންމުކުރި މިއީ ފުރަތަމަ ފަހަރު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 16 ޖުލައި 2025 | ބުދަ 12:17
ދަރިންނަށް ޚަރަދު ނުދޭ ކަމަށް ބުނެ، މީހެއްގެ ފޮޓޯ ފެމިލީ ކޯޓުން އާންމުކުރުން: މިއީ އެ ކޯޓުން މިގޮތަށް މީހެއްގެ ފޮތޯއެއް އާންމުކުރި ފުރަތަމަ ފަހަރު

ދަރިންނަށް ޚަރަދު ނުދޭ ކަމަށް ބުނެ، މީހެއްގެ ފޮޓޯ ފެމިލީ ކޯޓުން އާންމުކުރުން: މިއީ އެ ކޯޓުން މިގޮތަށް މީހެއްގެ ފޮތޯއެއް އާންމުކުރި ފުރަތަމަ ފަހަރު

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި އެވެ.

ފެމިލީ ކޯޓުގެ ސޯޝަލް މީޑިއާގައި ބުދަ ދުވަހު، ވަނީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއްގެ ފޮޓޯއާ އެކު، އޭނާގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު ވެސް އާންމުކޮށްފަ އެވެ.

ކޯޓުން އާއްމުކުރި ފުރަތަމަ މީހަކީ ދަފްތަރު ނަމްބަރު 2758، އަހުމަދު އަލީ އެވެ.

ފެމިލީ ކޯޓުން ބުނީ އެއީ އެ މައްސަލަ ބެއްލެވި ގާޒީ މައްސަލައިގެ ދެ ހަސްމުގެ ވާހަކަތަކާއި ލިޔެކިއުންތަކަށް ބެލުމަށް ފަހު ހަރަދަށް ފައިސާ ނުދޭ ފަރާތުގެ ވަނަވަރު އަދި ފޮޓޯ އާންމުކުރަން ޖެހޭ ކަމަށް ޝަރީއަތަށް ގަބޫލުކުރެވިގެން ކޯޓުން އާންމުކުރި މައުލޫމާތެއް ކަމަށެވެ.

ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން އެންމެ ފުރަތަމަ ފެށީ، މިދިޔަ އަހަރުގެ ފަހުކޮޅު ހިސާބުގައި ޅ. ހިންނަވަރު ކޯޓުންނެވެ. އޭގެ ފަހުން ހދ. ކުޅުދުއްފުށީ ކޯޓުން ވެސް ވަނީ އެފަދަ މީހުންގެ މައުލޫމާތު ޝާއިއުކުރަން ފަށައިފަ އެވެ.

އެފަދަ މީހުންގެ ވަނަވަރު އާންމުކުރަން 2018 ވަނަ އަހަރު ފެމިލީ ކޯޓުން ނިންމި ނަމަވެސް މިހާތަނަށް އަދި އެކަން ތަންފީޒު ނުކުރެއެވެ.

އާއިލާއާ ބެހޭ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައި ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ހަރަދަށާއި ކުއްޖާ ބެލުމުގެ ހަރަދަށް އެއް ކުއްޖަކު ހުރިނަމަ މަހަކު 2000 ރުފިޔާ ދޭން ޖެހޭނެ އެވެ.

އަދި އެއް ކުއްޖަކަށްވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ދިނުމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ފެމިލީ ކޯޓްހަރަދު ނުދޭ މީހުންޝަރީއަތް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެމްބަރު 2025
ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި
16 އެޕްރީލު 2025

ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

16 އެޕްރީލު 2025
ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް
15 މެއި 2024

ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ

15 މެއި 2024
ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ
18 ސެޕްޓެމްބަރު 2023

ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި

18 ސެޕްޓެމްބަރު 2023
ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި
24 ޖޫން 2023

ޖޫން 22 އަދި 23ގައި 87 ކައިވެނި

24 ޖޫން 2023
ޖޫން 22 އަދި 23ގައި 87 ކައިވެނި
28 މެއި 2023

ފެމިލީ ކޯޓުގެ ގާޒީއަކު ހޯދަން ކުރި އިއުލާން ބާތިލްކޮށްފި

28 މެއި 2023
ފެމިލީ ކޯޓުގެ ގާޒީއަކު ހޯދަން ކުރި އިއުލާން ބާތިލްކޮށްފި
23 މެއި 2023

ޒަވާޖީ ހަޔާތަށްވުރެ ބޮޑަށް ވިސްނަނީ ކައިވެނި ޕާޓީއަށްތަ؟

23 މެއި 2023
ޒަވާޖީ ހަޔާތަށްވުރެ ބޮޑަށް ވިސްނަނީ ކައިވެނި ޕާޓީއަށްތަ؟
22 މެއި 2023

ފެމިލީ ކޯޓުގެ ގާޒީކަމަށް 25 ފަރާތަކުން ކުރިމަތިލައްވައިފި

22 މެއި 2023
ފެމިލީ ކޯޓުގެ ގާޒީކަމަށް 25 ފަރާތަކުން ކުރިމަތިލައްވައިފި
09 މެއި 2023

ފެމިލީ ކޯޓުން މައްސަލަތައް ނިންމުމުގެ އަވަސްމިނަށް ބޮޑު ކުރިއެރުމެއް

09 މެއި 2023
ފެމިލީ ކޯޓުން މައްސަލަތައް ނިންމުމުގެ އަވަސްމިނަށް ބޮޑު ކުރިއެރުމެއް
06 އެޕްރީލު 2023

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ޚަރަދުތައް ދެއްކުމަށް ބައްޕަގެ މައްޗަށް ފުރަތަމަ ފަހަރަށް އަމުރެއްކޮށްފި

06 އެޕްރީލު 2023
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ޚަރަދުތައް ދެއްކުމަށް ބައްޕަގެ މައްޗަށް ފުރަތަމަ ފަހަރަށް އަމުރެއްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް