Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވަރި ގިނަވުމުގެ މައްސަލަ

ޒަވާޖީ ހަޔާތަށްވުރެ ބޮޑަށް ވިސްނަނީ ކައިވެނި ޕާޓީއަށްތަ؟

އާބާދީގެ ނިސްބަތުން އެންމެ ވަރި ގިނަ ގައުމަކީ ރާއްޖެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 މެއި 2023 | އަންގާރަ 02:12
ކައިވެނި ރޫޅޭ މަންޒަރު ދައްކައިދޭ މަންޒަރެއް

ކައިވެނި ރޫޅޭ މަންޒަރު ދައްކައިދޭ މަންޒަރެއް

ގިނަ މީހުން ކައިވެނި ކުރަނީ ވަރަށް ގިނަ ހުވަފެންތަކެއް ދެކުމަށްފަހު އެވެ. އެކީގައި އުމުރު ދުވަހަށް އުޅުމުގައި އުންމީދުގައެވެ. ގިނަ ވައުދުތަކާއެކުއެވެ. މި މާތް ގުޅުމުން ގޮށްޖަހާލުމަށްފަހު ދުރުވާނެ ކަމަށް އެއްވެސް މީހަކު އުންމީދެއް ނުކުރާނެއެވެ. ނަމަވެސް ރާއްޖޭގައި ހާލަތަށް ބަލާއިރު، ވަރި ވަނީ އިންތިހާއަށް ގިނަ ވެފައެވެ. ބައެއް ކައިވެނިތައް 24 ގަޑިއިރުގެ ތެރޭގައި އަދި ތިން މަސް ނުވެ ވެސް ރޫޅިގެން ވަނީ ގޮސްފައިވެއެވެ. ބޮޑެތި ހަފްލާތަކާއި ބޮޑެތި ޕާޓީތައް ބޭއްވުމަށްފަހު ވަރިވަނީ ކޮންމެވެސް ސަބަބަކާއި ގުޅިގެން ކަމާމެދު ޝައްކެތް ނެތެވެ.

ވަރިވާން ދިމާވާ ސަބަބުތައް ވަރަށް ގިނަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނަ މީހުން ވަރިވާން ބޭނުންވަނީ ގުޅުމާމެދު މާބޮޑަށް "ކޮމިޓްމަންޓް" ނެތުމާއި މާ ގިނައިން ޒުވާބުކޮށް، ލިބެންޖެހޭ އިހްތިރާމް ނުލިބުން އަދި ބޭވަފާތެރިވެ ދޮގު ހެދުމުގެ ސަބަބުންނެވެ. މީގެ އިތުރުން ވެސް ކުރެވޭ އުއްމީދުތަކާއި އެއްގޮތަށް ކަންކަން ނުދިއުމާއި، ގުޅުމުގައި ހަމަހަމަކަން ނެތުމާއި، އަނިޔާ ކުރުންފަދަ މައްސަލަތަކާ ގުޅިގެން ވެސް ވަރިވެއެވެ. މަގުބޫލު އުޒުރަކާއި ގުޅިގެން ވަރިވާ ދެމަފަރިން ނިސްބަތުން މަދެވެ. ހަމައެއާއެކު ކައިވެނީގެ އަސްލު މަގުސަދު އެނގި، ކައިވެންޏަށް ފުރިހަމައަށް ތައްޔާރުވެގެން ކުރާ ކައިވެނިތައް ވެސް މަދެވެ.

މިހާރު ކައިވެނިކުރާ ދެމީހުން އެންމެ ބޮޑަށް މަޝްވަރާކޮށް ހިޔާލު ބަދަލުކުރަނީ ކައިވެނި ޕާޓީއާ މެދުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެގޮތުން ޕާޓީގައި ހެދުން އަޅާނެގޮތާއި، ކަލަރ ކޯޑު، ޕާޓީގެ ޑިޒައިން، ޕާޓީއަށް ދައުވަތު ދޭނެ މީހުންނާއި، ކެއުމާއި، ފޮޓޯ އަދި ވީޑިއޯއަށް ދަންދެން މަޝްވަރާ ކުރެއެވެ. އަދި ހަނީމޫން ޑެސްޓިނޭޝަން ކަނޑައަޅައި، ބޮޑު ހަރަދެއް ހުރިހާ ކަމަކަށް ހޭދަކުރެއެވެ.

ވަރި ގިނަވާ ސަބަބުތަކާއި ގުޅޭގޮތުން ފެމިލީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛް އިބްރާހީމް މާހިރު ވެސް ވަނީ މިކަހަލަ މައްސަލަތަކެއް ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ ކައިވެނި ކުރަނީ ޒަވާޖީ ހަޔާތަށް ތައްޔާރުނުވެ ކަމަށެވެ.

ކައިވެންޏެއް ކުރާއިރު، ދެމީހުންގެ ދެމެދުގައި ދިރިއުޅުމުގެ ހުރިހާ ކަމަކާމެދު މަޝްވަރާ ކުރަންޖެހެއެވެ. ހިޔާލު ބަދަލުކުރަންޖެހެއެވެ. ތިމާ ބޭނުންވާ ގޮތް ބުނަންޖެހެއެވެ. ދިރިއުޅޭ ތަނެއް ފައިނަލް ކުރުމާއި، ކުރިއަށް އޮތްތަނުގައި ދިރިއުޅޭނެ ގޮތާއި ބެހޭ ގޮތުން ވާހަކަ ދެކެވެން ޖެހެއެވެ. ދެމީހުންނަށް ވެސް އެއްބަސްވެވޭ ގޮތަކަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލުކުރަންޖެހެއެވެ. ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސާނެ ގޮތާއި، ޒިންމާތައް ބަހާލުމާއި، ސިއްހީ މައްސަލައެއް ހުރިނަމަ އެކަމުގައި އަމަލުކުރާނެ ގޮތާއިމެދު މަޝްވަރާކުރަންޖެހެއެވެ. ހަމައެކަނި ކައިވެނި ޕާޓީއާ މެދު ވިސްނުމަށްފަހު ކައިވެނިކުރުމުން ވަރި އިންތިހާއަށް ދަނީ ގިނަވަމުންނެވެ. އެހެންކަމުން ދެމީހަކު ކައިވެނިކުރުމަށް ނިންމާ ހިސާބުން ދިރިއުޅޭނެ ހުރިހާ ގޮތްތަކާއި، ދެމީހުން ބޭނުންވާ ކަންކަމާ މެދު މަޝްވަރާކޮށް އެއްގަލަކަށް އެރުން މުހިންމެވެ.

ވަރިއަކީ އެންމެ ދެއަކުރެއްގެ ލަފްޒެއް ނަމަވެސް އެއީ މި މުޖުތަމައުގެ ބޮޑު މައްސަލައެކެވެ. އާއިލާތަކަކަށް ލިބޭ ދެރައެކެވެ. ނަމަވެސް ބައެއް ހާލަތުގައި ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހުމުން ދެމަފިރިންނާއި ދަރިންނަށް އެންމެ ފައިދާހުރި ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަވަހަށް ކައިވެނި ރޫޅާލުމަށް އައިލާގެ ތެރެއިންނާއި ރައްޓެހިންގެ ފަރާތުން ހިތްވަރުދޭކަން ފާހަގަކުރެވޭ ކަމަށް ފެމިލީ ކޯޓުގެ އިސްޤާޟީ ވިދާޅުވެފައިވެއެވެ.

ނަމަވެސް ވަރީގެ ސަބަބުން އިޖްތިމާއީ ގިނަ މައްސަލަތައް ވެސް ދަނީ ފެންމަތިވަމުންނެވެ. އަދި ވަރިވާ ދެމަފަރިންނަށް ދަރިން ލިބިފައިވާނަމަ އެންމެ ބޮޑަށް ނިކަމެތިކަން ލިބޭނެ ބަޔަކީ ކުދިންކަމާމެދު ޝައްކަތް ވެސް ނެތެވެ.

އެކަން މިހާރު ވެސް ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުން އެނގެއެވެ. ދަރިންގެ ހަރަދު ހޯދުމަށް މައިންކުރާ ބުރަ މަސައްކަތާއި، ކޯޓުގައި ކުރާ އާދޭސް ފެނެއެވެ. ދަރިންނާއި ބައްދަލުވާނެ ގޮތެއް ހޯދުމަށް ބައްޕައިން ކުރާ މަސައްކަތާއި ރޯތަން ވެސް ކޯޓުން ފެނެއެވެ. އަދި ސޯޝަލް މީޑިއާގައި މިފަދަ މައްސަލަތަކުގައި ވަރިވާ ދެމީހުންގެ ކޯޅުންތައް ފެންނަމުން ދަނީ މަދަކުން ނޫނެއެވެ.

މީގެ އިތުރުން ވެސް ވަރިވުމަށްފަހު ދެމީހުންގެ ދެމެދުގައި ޒުވާބުކުރުމާއި، އެކަކު އަނެކަކަށް ބިރު ދެއްކުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އަދި އެހެން މީހަކާއި ގުޅޭ ހިސާބުން ވެސް ވަރިކުރި މީހާގެ ފަރާތުން އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. ވަރިއާއެކު ވެސް ގިނަ މައްސަލަތައް ކުރިމަތިވާއިރު، އުފާވެރި އާއިލީ ވެއްޓެއް ހޯދުމަށް އިލާހީ އަމުރުފުޅުތަކަށް ދެމަފަރިން ވެސް ބޯލަނބާ އަމަލުކުރަންޖެހެއެވެ.

އުފާވެރި އާއިލާއެއް ބިނާކުރުމަށް ލޯތްބާއި އޯގާތެރިކަމާއި އިހްލާސްތެރިކަން އަބަދުވެސް އިސްކުރަންޖެހެއެވެ. އެކަކު އަނެކަކަށް އިހުތިރާމްކޮށް ތިމާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އާއިލާކަމުގައި ހަދަންޖެހެއެވެ. އެހެންމީހުންގެ ދިރިއުޅުމާއި ތިމާގެ ދިރިއުޅުމާއި އަޅާކިޔުން ފަދަ ކަންކަމުން ދުރުވެ، އާއިލާއާއެކު ވީހާ ވެސް ގިނަ ވަގުތު ހޭދަކުރަންޖެއެވެ. އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ޖެހެއެވެ. މިހާރުވެސް ރާއްޖެއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ވަރި ގިނަ ގައުމަށްވާއިރު، ދިވެހިންގެ މި އާދަ ބަދަލު ނުވެއްޖެ ނަމަ ރާއްޖެ ވެގެންދާނީ ހުރިހާ ގޮތަކުންވެސް ދުނިޔޭގެ އެންމެ ވަރި ގިނަ ގައުމަށެވެ.

ކައިވެންޏާއި ވަރި ކައިވެނިފެމިލީ ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެމްބަރު 2025
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

16 ޖުލައި 2025
ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

16 އެޕްރީލު 2025
ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ

ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ

15 މެއި 2024
ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި

ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި

18 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު