Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހީމް ޝާކިރު

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 11:52

ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަނީ އައްޔަން ކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 11:52
ހައި ކޯޓުގެ ފަނޑިޔާރަކަށް މާހިރު އައްޔަން ކުރައްވައި ލިޔުން ހަވާލު ކުރައްވަނީ

ހައި ކޯޓުގެ ފަނޑިޔާރަކަށް މާހިރު އައްޔަން ކުރައްވައި ލިޔުން ހަވާލު ކުރައްވަނީ

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް, ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި, އިބްރާހިމް މާހިރު ބުރާސްފަތި ދުވަހު އައްޔަން ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި, މާހިރު އެ މަގާމަށް އައްޔަން ކުރައްވައި ލިޔުން ހަވާލު ކޮށްދެއްވީ, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމެވެ.

Advertisement - newsAdvertisement

މާހިރަކީ ފެމިލީ ކޯޓުގެ އިސްގާޒީގެ އިތުރުން، ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީންގެ ތެރެއިން އެންމެ ގިނަ ދުވަހު އެތަނުގައި މަސައްކަތް ކުރެއްވި ގާޒީއެވެ. ފެމިލީ ކޯޓުގައި މާހިރު މަސައްކަތް ކުރައްވާތާ 15 ވަރަކަށް އަހަރުވެދާނެ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީ އިން ހުޅުވައިލީ އެ ކޯޓަށް އައްޔަނުކުރަން އެ ކޮމިޝަނުން ފާސްކުރި މުހައްމަދު ޝަހީދު، އޭނާގެ ނަން އަނބުރާ ގެންދަން އަމިއްލައަށް ހުށަހެޅުމުންނެވެ. އެ ފުރުސަތުގައި ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ޖުމުލަ 11 ފަނޑިޔާރުން ތިއްބަވާ ހައިކޯޓުގައި މިވަގުތު ތިއްބެވީ 10 ފަނޑިޔާރުންނެވެ. އެ ކޯޓުގެ ފަނޑިޔާރުކަމަށް އެންމެފަހުން އައްޔަނު ކުރީ ސިވިލް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ޖަމީލެވެ.

އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ގާނޫނާ ހިލާފަށް ވަކިކޮށް އަދި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން، ހައި ކޯޓުގެ ދެ ފަނޑިޔާރަކު ހުސްވި ސުޕްރީމް ކޯޓުގެ ދެ މަގާމަކަށް އައްޔަން ކުރުމުންނެވެ.

ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމުމުން ނަން އަނބުރާ ގެންދިޔަ ޝަހީދަކީ ޕީޕީއެމް އަދި ޕީއެންސީގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ޕޯޑިއަމްތަކުގައި ވާހަކަ ދައްކައި، ޕާޓީގެ ކަންކަމުގައި ވަރަށް ގިނައިން އުޅުނު މީހެކެވެ. ޕީއެންސީގެ ދަފުތަރުގައި މިހާރު ވެސް އޭނާގެ ނަން އޮވެ އެވެ.

ނަން އަނބުރާ ގެންދަން އޭނާ އަމިއްލައަށް ހުށަހެޅުއްވީ އެކަމާ ގުޅިގެން މެދުކެނޑުމެއް ނެތި އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ. ޝަހީދު ހުވާ ކުރައްވަން ދެކޮޅު ހެއްދެވުމުން ޖޭއެސްސީން ހައިކޯޓަށް ފަނޑިޔާރެއް ހޯދަން އަލުން އިއުލާން ކުރީއެވެ.

އިބްރާހީމް ޝާކިރުހައި ކޯޓުފެމިލީ ކޯޓްޖޭއެސްސީހުސައިން ޝާމް އާދަމްސުޕްރީމް ކޯޓު

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
03 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި
02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
26 ނޮވެމްބަރު 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު

26 ނޮވެމްބަރު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް