Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާއިލާތަކުގެ ދުވަސް- ވަރިއާއި ކައިވެނި

ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ

ފިރިމީހާ އަނބިދަރިންނަށް އަޅާނުލުން ފާހަގަކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 މެއި 2024 | ބުދަ 12:55
ކުޑަކުދިންތަކެއް އާއިލާއާއެކު ވަގުތު ހޭދަކުރަނީ

ކުޑަކުދިންތަކެއް އާއިލާއާއެކު ވަގުތު ހޭދަކުރަނީ

ވަރި ގިނަވަނީ ފިރިމީހާގެ ވަގުތު އަނބިމީހާއަށް ނުލިބޭތީއާއި، އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިނުވާތީ ކަމަށް އިސްގާޒީ އިބްރާހީމް މާހިރު ވިދާޅުވެއްޖެއެވެ.

އިސްގާޒީ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާއި ގުޅިގެން ފޮނުއްވި ހާއްސަ މެސެޖެއްގައެވެ.

އެގޮތުން އެންމެފުރަތަމަ ވެސް ޣައްޒާގެ އެތައް އާއިލާއެއް އުފުލަމުންދާ ވޭނާއި ކެކުޅުމުގެ މަތިން ހަނދާން އައުކޮށްފައިވެއެވެ.

ފެމެލީ ކޯޓުގެ އިސްގާޒީ ވިދާޅުވީ، މިދުވަސް ފާހަގަކުރާއިރު، ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް އަލިއަޅުވާލާއިރު، ޒަވާޖީ ހަޔާތަށް މިއަދުގެ ޒުވާންޖީލުގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވޭ ކަމަށާއި، މިހާލަތު ރަނގަޅު ކުރުމަށް ތައުލީމީ މަރުހަލާތަކުގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށެވެ.

ވަރަށްގިނަ ކައިވެނިތައް ރޫޅިގެންދާ ސަބަބުތަކަށް ބަލާއިރު، ޖެހޭ މައްސަލަތަކުގެ ބޮޑުމިނަށް ވުރެ ފާހަގަވަނީ ކުދިކުދި މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްވެގެން ދިއުމާއި ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭތީ ކަމުގައި އިސްގާޒީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކަންކަން ހިއްސާކުރަންޖެހޭ ގާތް މީހުންގެ މަޝްވަރާ ހޯދިފައި ނުހުންނަ ކަމަށެވެ.

އަނބިމީހާ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި އެކުގައި ދިރިއުޅެން ބޭނުންނުވާ މައިގަނޑު ސަބަބަކީ އަނބިމީހާ ކިޔަމަންތެރިނުވާތީ ކަމަށް ވަރަށް ގިނަ ފިރިހެނުން ބުނާކަން ފާހަގަކުރައްވައި އިސްގާޒީ ވިދާޅުވީ، ފިރިމީހާގެ ބަސް އަނބިމީހާގެ ކުރިމަތީ ނުވިކޭތީ އާއި ފިރިމީހާއަށް އިހުތިރާމް ނުކުރާތީ ކަމަށް ބުނާ ކަމަށެވެ. އެނެއްކޮޅުން ވަރިވާން އެދޭ އަންހެނުންގެ ވާހަކަތަކަށް ބަލާއިރު، ފިރިމީހާ އަނބިދަރިންނަށް އަޅާނުލުމަކީ މައިގަނޑު ސަބަބެއްގެ ގޮތުގައި އަންހެނުން ފާހަގަކުރާ ކަމަށް އިސްގާޒީ ވިދާޅުވިއެވެ. ރައްޓެހިންނާއެކު ކޮފީތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަކުރާއިރު އަނބިމީހާއަށް ވަގުތު ނުދޭ ކަމަށް ބުނާ ކަމަށް ވެސް އިސްގާޒީ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން އޭނާގެ ވާހަކަ އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީ ވަރަށް ގިނަ އަންހެނުން ކުރާ ހައްގު ޝަކުވާއެއް ކަމަށެވެ.

މީގެ އިތުރުން އިސްގާޒީ ވިދާޅުވީ މިފަހަކަށް އައިސް އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި ކައިވެނިތައް ރޫޅާލުމަށް ހިތްވަރުދޭ ކަމަށެވެ. އެއީ މައްސަލަތައް ހައްލުކޮށް ދަރިންނާއެކު އުފާވެރި އާއިލީ ވެއްޓެއް ހޯދުމަށް ހިތްވަރު ދިނުމުގެ ބަދަލުގައި ކަމަށް އިސްގާޒީ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން އެތައް އަންހެނަކު އިތުރަށް ނިކަމެތިވުމާއި ކުޑަކުދިންގެ ހައްގުތަކުން ދަރިން މަހްރޫމްވުމަށް މަގުފަހިވާ ކަމަށާއި، ކޯޓަށް މިކަން ފާހަގަވަނީ ވަރިވުމަށްފަހު ދަރިންބެލުމާއި ދަރިންގެ ހަރަދާއި ދަރިންނާ ބައްދަލުކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގައި މީހުން ދައްކާ ވާހަކަތަކުން ކަމަށް އިސްގާޒީ ވިދާޅުވިއެވެ.

އިސްގާޒީ ވިދާޅުވީ ކައިވެނި ރޫޅުމަށްފަހު ދަރިންނާ ގުޅުންހުރި މައްސަލަތައް ގިނަވަނީ ދަރިންގެ ހައްގުތަކަށްވުރެ އެހެންކަންތައްތަކެއް އިސްކުރެވޭތީ ކަމަށާއި، އަނެކާގެކިބައިން ބަދަލުހިފުމާއި ޖެއްސުންކުރުމުގެ ރޫހެއް ގުންގުޅޭތީ ކަމަށެވެ. މައިންބަފައިންގެ ލޯތްބާއި އަޅާލުން ލިބުމަކީ ދަރިންގެ ހަައްގެއްކަމާއި ކައިވެނި ރޫޅުނަސް އެކުދިންގެ ހައްގުތަކުން މަހުރޫމު ނުކުރުމުގެ ވިސްނުން އިސްކުރާނަމަ ވަރަށް ގިނަ މައްސަލަތައް ކޯޓާ ހިސާބަށް ނުގޮސް ހައްލުވާނެ ކަމަށް އިސްގާޒީ ވިދާޅުވިއެވެ.

ގެވެށިއަނިޔާގެ މައްސަލަތަކާއި ގުޅޭގޮތުން އިސްގާޒީ ވިދާޅުވީ މައިންބަފައިންނަށް ދަރިންގެ ފަރާތުން ލިބޭ އަނިޔާތަކާ ބޭބެއިންނާއި، ދައްތައިންނާއި ކޮއްކޮއިންގެ މެދުގައި ހިނގާ ގެވެށިއަނިޔާގެ އަމަލުތައް ގިނަވަމުންދާކަން ފާހަގަވާ ކަމަށެވެ. އެފަދަ މައްސަލަތަކުގައި ރައްކާތެރިކުރުމުގެ އަމުރުތައް ނެރެންޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށް އިސްގާޒީ ވިދާޅުވިއެވެ.

އިސްގާޒީ ވިދާޅުވީ އާއިލާގެ އުފާވެރިކަމަށް އާއިލާ އެކުގައި ހޭދަކުރާ ވަގުތު ގިނަ ކުރަންޖެހޭ ކަމަށާއި، ފަނާކުރުވާ ވިސްނުންތައް ދޫކޮށް އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓަންޖެހޭ ކަމަށެވެ. ފިރިމީހާ އަނބިމީހާއާއެކު ވަގުތު ހޭދަކުރުމަކީ އަނބިދަށުވުންކަމުގައި ނުދެކުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. ހަމައެގޮތަށް އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވުމާއި ޚިދުމަތްކޮށް ދިނުމަކީ ފިރިމީހާއަށް އަޅުވެތިވުން ކަމުގައި ނުދެކުމަށް ވެސް އިސްގާޒީ ވިދާޅުވިއެވެ.

ކާފައާއި މާމަ، ބޮޑުބޭބެއިންނާއި، ބޮޑުދައިތައިންނަށް ހެޔޮކޮށް ހިތައި އިހުތިރާމްކުރަން ދަރިންނަށް ދަސްކޮށްދޭންޖެހޭކަން ފާހަގަކުރައްވައި އިސްގާޒީ ވިދާޅުވީ، އެ މަންޒަރު މައިންބަފައިންގެ ފަރާތުން ދަރިންނަށް ދައްކުވައިދޭންޖެހޭ ކަމަށާއި، ރަނގަޅުނޫން އޮއިވަރެއްގައި ޖެހުމުގެ ކުރިން ދަރިންނަށް ދީނުގެ ސާފު އަގީދާ ދަސްކޮށްދީ، ދީނީ އަޅުކަންތަކަށް ދަރިންހާނުވާން ޖެހޭ ކަމަށެވެ. އާއިލީ ސިއްރުތައް ފާޅުކޮށް އުދާސްތައް ބޭރުކުރާ ތަނަކީ ސޯޝަލް މީޑިއާކަމުގައި ނުހަދައި، އަނެކާގެ ވާހަކަ ކަނުލައި އަޑުއަހާނެ ވެއްޓެއް އާއިލާގެ ތެރޭގައި އުފައްދަން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އިސްގާޒީ ވިދާޅުވިއެވެ.

އިސްގާޒީ ވިދާޅުވީ ކޯޓުގައި މީހުން ދައްކާ ވާހަކަތަކުން މިކަންކަމުގެ މުހިންމުކަން އިތުރަށް ޔަގީންވާ ކަމަށާއި، އެކަން ތަހައްމަލުކުރަމުންދާ އެފަދަ އެތައް ބަޔަކު މުޖުތަމައުގައި އުޅޭނެކަން ހާމަވާ ކަމަށެވެ.

ފެމިލީ ކޯޓްއާއިލާތަކުގެ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެމްބަރު 2025
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

16 ޖުލައި 2025
ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

16 އެޕްރީލު 2025
ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި

ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި

18 ސެޕްޓެމްބަރު 2023
ޖޫން 22 އަދި 23ގައި 87 ކައިވެނި

ޖޫން 22 އަދި 23ގައި 87 ކައިވެނި

24 ޖޫން 2023

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު