Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެމިލީ ކޯޓު

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ޚަރަދުތައް ދެއްކުމަށް ބައްޕަގެ މައްޗަށް ފުރަތަމަ ފަހަރަށް އަމުރެއްކޮށްފި

މިއީ މިފަދަ އަމުރެއް ދިވެހިރާއްޖޭގައި ކުރި ފުރަތަމަ ފަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 އެޕްރީލު 2023 | ބުރާސްފަތި 08:55
ފެމިލީ ކޯޓް

ފެމިލީ ކޯޓް

ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކުއްޖެއްގެ ޚަރަދުތައް ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް ފުރަތަމަ ފަހަރަށް އަމުރެއް ކޮށްފިއެވެ.

ފެމިލީ ކޯޓުން ނިންމި ގަޒިއްޔާއެއްގައި ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 89 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ރައްކާތެރިކުރުމުގެ އަމުރެއް ނެރެ، ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމި ކުއްޖެއްގެ އެންމެހައި ޚަރަދުތައް، އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މުއްދަތުގައި، ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް އަމުރުކޮށްފައެވެ.

މިއީ މިފަދަ އަމުރެއް ދިވެހިރާއްޖޭގައި ކުރި ފުރަތަމަ ފަހަރުކަމަށް ފެމިލީ ކޯޓުން މައުލޫމާތު ދެއެވެ.

މިފަދައިން ކޯޓުން ނިންމާފައިވަނީ، މައިންބަފައިންގެ ފަރާތުން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާތީއާއި، ކުއްޖާގެ ޢާއިލާގެ ތެރޭގައި ކުއްޖާއާ ޙަވާލުވާނެ ފަރާތެއް ނެތުމުން، ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 89 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށާއި، އަދި މިޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނައިރު، ކުއްޖާގެ އެންމެހައި ޚަރަދުތައް ކުއްޖާގެ ބައްޕަގެ ފަރާތުން ދައުލަތަށް ލިބިދިނުމަށް އަމުރުކޮށްދިނުމަށް އެދި، ދައުލަތުން ހުށަހެޅި މައްސަލައެއްގައެވެ.

މި މައްސަލާގައި ހިމެނޭ ކުއްޖާ ބެލެހެއްޓުމަށް ހިނގާނެ ޚަރަދު ކަނޑައެޅުމުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓާފައިވާ ތަނުގައި ކުއްޖާ ހުންނަ މުއްދަތުގައި، ކެއުމުގެ ޚަރަދާއި، ކުއްޖާ ބަހައްޓާފައިވާތަނުގެ ކަރަންޓް އަދި ފެނުގެ ޚަރަދާއި، ކުދިން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި، އެތަނުގައި މަސައްކަތް ކުރައްވާ ޤުރުއާން މުދައްރިސުންގެ މުސާރައިން އެތަނުގައި މިވަގުތު ދިރިއުޅޭ ކުއްޖަކަށް ޖެހޭނެ މިންވަރަށް ކޯޓުން ރިޢާޔަތް ކޮށްފައިވެއެވެ.

މީގެއިތުރުން ކުއްޖާގެ އަންނައުނާއި އެހެނިހެން ޚަރަދުތަކުގެ ގޮތުގައި މަހެއްގެ މައްޗަށް ހޭދަ ކުރެވޭނެ މިންވަރަށާއި، އަދި ކުއްޖާއަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން، ކުއްޖާ ނަގަންޖެހޭ ތަފާތު ތެރަޕީތަކަށް ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރަށްވެސް ކޯޓުން ރިޢާޔަތްކޮށްފައިވެއެވެ.

އެގޮތުން ކުއްޖާގެ ޚަރަދަށް، ކޮންމެ މަހަކު 16،219ރ ކުއްޖާގެ ބައްޕަގެ ފަރާތުން، ދެއްކުމަށް ކަނޑައެޅިފައިވަނީ ބައްޕަގެވެސް ރުހުމާއެކުގައެވެ.

ކުދިންގެ އަސާސީ ޚަރަދުތައް ބެލެހެއްޓުމީ މައިންބަފައިންގެ އަސާސީ ޒިންމާއެއް ކަމަށް ވުމުން، މައިންބަފައިން ދުނިޔޭގައި ތިބެ، ކުއްޖާ ބަލަހައްޓަމުން ގެންދަނީ ދައުލަތުން ނުވަތަ އެ ޤާނޫނުގެ ދަށުން ކަނޑައެޅޭ އެހެން ފަރާތަކުންނަމަ، ކުއްޖާގެ މައިން ބަފައިން ކުއްޖާގެ ޚަރަދު، ކުއްޖާ ބަލަހައްޓަމުން ގެންދާ ފަރާތަކާ ޙަވާލުކުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ލާޒިމް ކޮށްފައިވެއެވެ.

އަދި މައިންބަފައިން، އެމީހުންގެ ދަރިންނަށް ދޭންޖެހޭ ޚަރަދު ދިނުމުގައި އިހުމާލު ވެއްޖެނަމަ، މައިންބަފައިން ޒިންމާދާރު ކުރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައިވެސް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ފެމިލީ ކޯޓް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެމްބަރު 2025
ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި
16 ޖުލައި 2025

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

16 ޖުލައި 2025
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި
16 އެޕްރީލު 2025

ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

16 އެޕްރީލު 2025
ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް
15 މެއި 2024

ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ

15 މެއި 2024
ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ
18 ސެޕްޓެމްބަރު 2023

ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި

18 ސެޕްޓެމްބަރު 2023
ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި
24 ޖޫން 2023

ޖޫން 22 އަދި 23ގައި 87 ކައިވެނި

24 ޖޫން 2023
ޖޫން 22 އަދި 23ގައި 87 ކައިވެނި
28 މެއި 2023

ފެމިލީ ކޯޓުގެ ގާޒީއަކު ހޯދަން ކުރި އިއުލާން ބާތިލްކޮށްފި

28 މެއި 2023
ފެމިލީ ކޯޓުގެ ގާޒީއަކު ހޯދަން ކުރި އިއުލާން ބާތިލްކޮށްފި
23 މެއި 2023

ޒަވާޖީ ހަޔާތަށްވުރެ ބޮޑަށް ވިސްނަނީ ކައިވެނި ޕާޓީއަށްތަ؟

23 މެއި 2023
ޒަވާޖީ ހަޔާތަށްވުރެ ބޮޑަށް ވިސްނަނީ ކައިވެނި ޕާޓީއަށްތަ؟
22 މެއި 2023

ފެމިލީ ކޯޓުގެ ގާޒީކަމަށް 25 ފަރާތަކުން ކުރިމަތިލައްވައިފި

22 މެއި 2023
ފެމިލީ ކޯޓުގެ ގާޒީކަމަށް 25 ފަރާތަކުން ކުރިމަތިލައްވައިފި
09 މެއި 2023

ފެމިލީ ކޯޓުން މައްސަލަތައް ނިންމުމުގެ އަވަސްމިނަށް ބޮޑު ކުރިއެރުމެއް

09 މެއި 2023
ފެމިލީ ކޯޓުން މައްސަލަތައް ނިންމުމުގެ އަވަސްމިނަށް ބޮޑު ކުރިއެރުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު