Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފެމިލީ ކޯޓު

ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި

އަވަސް ޙައްލެއް ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2023 | ހޯމަ 09:10
 ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވަނީ

ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވަނީ

މާލެއަށް ކުރި ވިއްސާރައިގައި ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް ބައްލަވާ ލެއްވުމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާން އެ ކޯޓަށް ޒިޔާރަތް ކުރައްވައިފިއެވެ.

ހޯމަ ދުވަހު އުއްތަމަފަނޑިޔާރު ވަނީ އެ ކޯޓަށް ވަޑައިގެން، ކޯޓުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި އަވަސް ޙައްލެއް ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފެމިލީ ކޯޓުން ބުނީ، މާލެއަށް ކުރި ވިއްސާރައިގައި ފެމިލީ ކޯޓުގެ ހެންވޭރު އިމާރާތަށް ވާރޭވެހި، މަސައްކަތް ނުކުރެވޭ ވަރަށް ތަނަށާއި، ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ވުމާއެކު، އެ އިމާރާތުން ދެމުންދިޔަ ޚިދުމަތްތައް މިވަގުތު އެ އިމާރާތުން ދެވެން ނެތުމުން، 18 ސެޕްޓެމްބަރުވާ ހޯމަ ދުވަހުން ފެށިގެން ޚިދުމަތްތަކަށް އައިސްފައިވާ ބަދަލުތައް ކޯޓުން ވަނީ ހިއްސާކޮށްފައެވެ.  

އޭގެ ތެރޭގައި އާއިލީ މައްސަލަތައް ޙައްލު ކުރުމާބެހޭ ބައިގައި ތާވަލު ކުރެވިފައިވާ ސުލްޙަ ސެޝަންތައް ކެންސަލް ކުރުން ހިމެނެއެވެ.

އޭގެ އިތުރުން، ބައެއް ޚިދުމަތްތައް ވަގުތީ ގޮތުން ޖަސްޓިސް ބިލްޑިންގ ގެ ގްރައުންޑް ފްލޯއިން ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

އޭގެ ތެރޭގައި ކައިވެނި އަޤުދުކޮށްދިނުމާއި، ކައިވެންޏާއި ގުޅުންހުރި ފޯމުތައް ބަލައިގަތުމާއި، ކައިވެންޏާ ގުޅިގެން މައުލޫމާތު ސާފު ކުރުމުގެ ސެޝަންތަކާއި، ދަރިންގެ ޚަރަދާއި، އިއްދައިގެ ޚަރަދުގެ އިތުރުން، ޖޫރިމަނާ ފައިސާ ބަލައިގަތުން ހިމެނެއެވެ.

ފެމިލީ ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެމްބަރު 2025
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

16 ޖުލައި 2025
ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

16 އެޕްރީލު 2025
ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ

ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ

15 މެއި 2024
ޖޫން 22 އަދި 23ގައި 87 ކައިވެނި

ޖޫން 22 އަދި 23ގައި 87 ކައިވެނި

24 ޖޫން 2023

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު