Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހަނގުރާމަ ހުއްޓުމުގެ މަސައްކަތް އުންމީދީ ކަމަށް ވިކްޓޮފް ވިދާޅުވެއްޖެ

14 ޖުލައި 2025 | ހޯމަ 05:07

އެކަމާ ގުޅުން ހުރި މަޝްވަރާތައް ޤަތަރުގެ ވެރި ރަށް ދޯހާގައި ކުރިއަށް ގެންދާއިރު، އެއްބަސްވުމަކަށް އައުމުގައި ގިނަ ގޮން ޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2025 | ހޯމަ 05:07
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ކުރަމުން އަންނަ މަސައްކަތް ވަރަށް އުންމީދީ ކަމަށް، ސްޓީވް ވިކްޓޮފް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން މެދު އިރު މައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ވިކްޓޮފް މިހެން ވިދާޅުވީ ހޯމަ ދުވަހު އެވެ. އޭނާ ވިދާޅުވީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ފެންނަނީ ވަރަށް އުންމީދީކޮށް ކަމަށެވެ.

ނިއު ޖާޒީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިކްޓޮފް ވިދާޅުވީ، ފީފާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން އެމެރިކާގެ ރައީސް ޓްރަމްޕް ޤަތަރުގެ އޮފިޝަލުންނާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި ދެކެވުނު ވާހައިގެ މާ ބޮޑު ތަފްސީލެއް ހާމަވެފައި ނެތް ނަމަވެސް، އެ ބައްދަލުވުމުގައި ހަނގުރާމައިގައި ރަހީނު ކޮށްފައިވާ މީހުން ދޫކޮށްލުމުގެ މަޝްވަރާ ކުރާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. 

އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމެއް އެކުލަވާލައި ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތުގައި މެދެވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމަކީ ޤަތަރު އެވެ. އެކަމާ ގުޅުން ހުރި މަޝްވަރާތައް ޤަތަރުގެ ވެރި ރަށް ދޯހާގައި ކުރިއަށް ގެންދާއިރު، އެއްބަސްވުމަކަށް އައުމުގައި ގިނަ ގޮން ޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. 

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިހާތަނަށް އެއްބަސްވުމަކަށް އައުމުގައި ގޮންޖެހުންތަކެއް ކުރިމަތި ވެގެން އުޅެނީ، އިސްރާއީލް އިން ޣައްޒާގައި ތިބި ސިފައިން ބޭލުމަށް ދެކޮޅު ހަދަމުން އަންނާތީ އެވެ. ނަމަވެސް ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރާނެ ކަމަށް ހާމަކޮށްފަ އެވެ.

އެ މަޝްވަރާތަކާ ގުޅޭ ގޮތުން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ވިދާޅުވެފައި ވަނީ، ރަހީނުން މިނިވަން ކުރުމަށް ކުރަމުން އަންނަ މަޝްވަރާތަކުގައި އެކަން ކާމިޔާބު ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. ހަމަ އެހެންމެ އެމެރިކާ އިން ހުށަހަޅާފައިވާ ގޮތަށް 60 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު ވެސް، އިސްރާއީލް އިން އަންނަނީ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އިތުރުކޮށް، ގިނަ ބަޔަކު ޝަހީދު ކުރަމުންނެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

17 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް