Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވޯލްޑް ފުޑް ޕްރޮގްރާމް

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

ޑަބްލިއުއެފްޕީއޭގެ މައުލޫމާތު ދައްކާ ގޮތުން، ނައިޖީރިއާގައި 300،000 ކުޑަ ކުދިން ނުރައްކާތެރި ނުކުޅެދުންތެރިކަމާ ކުރިމަތިލާން ވެސް ޖެހިދާނެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖުލައި 2025 | ހޮނިހިރު 08:05
ޑަބްލިއުއެފްޕީގެ އެހީ ޕްރޮގްރާމްގެ ދަށުން އެހީ ހޯދުމަށް ޖަމާވެ ތިބި މީހުން

ޑަބްލިއުއެފްޕީގެ އެހީ ޕްރޮގްރާމްގެ ދަށުން އެހީ ހޯދުމަށް ޖަމާވެ ތިބި މީހުން

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އަށް އެމެރިކާގެ އެހީ މަދުވުމުގެ ސަބަބުން، އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކަށް ދެމުން އައި ކާބޯ ތަކެތީގެ އެހީ ހުއްޓާލަން ޖެހިއްޖެ އެވެ.

ޑަބްލިއުއެފްޕީ އިން ހުކުރު ދުވަހު ބުނެފައި ވަނީ، އެ ސަރަހައްދުގެ ގިނަ ޤައުމުތަކުގައި މިހާރު ހުރި ކާބޯ ތަކެތީގެ ސްޓޮކް މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ދެމިގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެން ނަމަވެސް، ސެޕްޓެމްބަރު މަހުގެ ފަހުން މިލިއަނަށް ވުރެ ބޮޑު އާބާދީގެ މީހުންނަށް ކުއްލި އެހީ ނުލިބިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. މޮރިޓޭނިއާ، މާލީ އަދި ސެންޓްރަލް އެފްރިކަން ރިޕަބްލިކް ގައި މިހާރު ވެސް އެހީ ހުއްޓާލަން ފަށާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން މި ޤައުމުތަކުގައި މިހާރު ހުރި ސްޓޮކް ހުސްވުމަށް ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

މީގެ އިތުރުން ނައިޖީރާގެ ރެފިއުޖީން އަށް ކެމަރޫންގައި ދެމުން އައި އެހީ ވެސް ވަނީ ބޮަޑު ތަނުން މަދު ކޮށްފަ އެވެ. ޑަބްލިއުއެފްޕީއޭގެ މައުލޫމާތު ދައްކާ ގޮތުން، ނައިޖީރިއާގައި 300،000 ކުޑަ ކުދިން ނުރައްކާތެރި ނުކުޅެދުންތެރިކަމާ ކުރިމަތިލާން ވެސް ޖެހިދާނެ އެވެ. 

މާލީގައި ޖޫން މަހުން ފެށިގެން ގެދޮރު ގެއްލިފައިވާ މީހުންނަށް އެއްވެސް ކުއްލި އެހީއެއް ނުލިބޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޗާޑްގައި ހުރި ކާބޯތަކެތީގެ ސްޓޮކް އަހަރު ނިމެންދެން ދެމިގެން ދާނެ ކަމަށް ވެސް ވަނީ އަންދާޒާ ކޮށްފަ އެވެ. އެހެން ނަމަވެސް، ނައިޖީރީގައި އޮކްޓޫބަރު މަހުން ފެށިގެން އެހީ މުޅިން ހުއްޓާލަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން މި ޤައުމުތަކުގައި ޓެރަރިސްޓު ޖަމާއަތްތަކުގެ ހަމަލާތަކާއި، މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން މިހާރު ވެސް އިންސާނީ ޚިދުމަތްތަކަށް ބޮޑު ބުރޫއެއް އަރާފައިވާ ކަމަސް ބުނެފައިވެ އެވެ. 

ޑަބްލިއުއެފްޕީ އިން ބުނާ ގޮތުގައި 2025 ވަނަ އަހަރުގެ ދެ ވަނަ ބައިގައި 494 މިލިއަން އެމެރިކާ ޑޮލަރު ބޭނުން ވާނެ އެވެ. އެހެން ނަމަވެސް، މިވަގުތު ފަންޑު މުޅިން ހުސްވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ. 

ސަލާމަތީ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ހާލަތުގައި ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމުގެ ފުރުސަތު އިތުރު ވެގެން ދާނެ އެވެ. އަދި މިކަމުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތަށް ވެސް ނުރައްކާ ވެދާނެ ކަަމަށް ވަނީ ބުނެފަ އެވެ.

ވޯލްޑް ފުޑް ޕްރޮގްރާމްއުތުރު އަދި މެދު އެފްރިކާކާނާގެ އެހީޓެރަރިސްޓް ޖަމާއަތްތައްކްލައިމެޓް ޗޭންޖް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
13 ނޮވެމްބަރު 2025

އދ. ގެ ކާބޯތަކެތީ ގެ އޭޖެންސީތަކުން ހައިހޫނުކަން ނުރައްކާ މިންވަރަކަށް އޮތް 16 ގައުމެއް ހާމަ ކޮށްފި

13 ނޮވެމްބަރު 2025
އދ. ގެ ކާބޯތަކެތީ ގެ އޭޖެންސީތަކުން ހައިހޫނުކަން ނުރައްކާ މިންވަރަކަށް އޮތް 16 ގައުމެއް ހާމަ ކޮށްފި
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
30 ޖޫން 2025

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު