Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ޔޫރަޕުގެ މޫސުން

ދެކުނު ޔޫރަޕަށް ކުރިމަތިވެފައިވާ އާދަޔާޚިލާފް ހޫނުގެ މައްސަލަ އަދިވެސް އޮތީ ކުރިޔަށް

މި ގައުމުތަކަށް ހޫނުމިން އެންމެ މައްޗަށް ދާނީ 19 ޖުލައިއާ 23 ޖުލައިއާ ދެމެދު ކަމަށް ދަނީ އަންގަމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 16 ޖުލައި 2023 | އާދީއްތަ 12:28
ދެކުނު ޔޫރަޕް

ދެކުނު ޔޫރަޕް

ދެކުނު ޔޫރަޕަށް ކުރިމަތިވެފައިވާ އާދަޔާޚިލާފް ހޫނުގެ މައްސަލަ ކުރިޔަށް އޮތް ހަފުތާގައިވެސް އެގޮތަށް ދެމިގެންދާނެ ކަމަށް ޚަބަރު ލިބެއެވެ. އިޓަލީ، ސްޕެއިން، އަދި ގްރީސްއަށް ހީޓްވޭވްތައް ކުރިމަތިވަމުންދާތާ މިހާރުވެސް ވަނީ އެތައް ދުވަހެއް ވެފައެވެ.

ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ސީރިއަސް މައްސަލަތަކުން ސަލާމަތްތެރިކަން ހޯދުމަށް ގޮވާލައި، އިޓަލީގެ ހެލްތު މިނިސްޓްރީން މިހާރުވެސް ވަނީ 16 ސިޓީއަކަށް ރެޑް އެލަރޓް ނެރެފައެވެ. މީގެ ތެރޭގައި ވެރިރަށް ރޯމްވެސް ހިމެނެއެވެ.

އިޓަލީގައި ރެޑް އެލަރޓް ނެރެފައިވާ ސިޓީތަކުގައި އެއްވެސް މީހަކު ހެނދުނު 11:00ން ހަވީރު 6:00ށް އަތްވަށް ނުނިކުތުމަށް ވަނީ އަންގާފައެވެ. އަދި މުސްކުޅިންނާއި ބަލި މީހުންގެ ހިމާޔަތަށް ޚާއްސަ އިސްކަމެއް ދިނުމަށްވެސް ވަނީ އަންގާފައެވެ. އިޓަލީގެ ޓުއަރ ގައިޑެއް ކިޔައިދީފައިވާ ގޮތުގައި ޓުއަރތަކުގައި ގެންދާ އެތައް ބަޔަކު ހޫނު ގަދަކަމުން އަނބުރައިގަންނަމުން ދެއެވެ. އަދި މިފަދަ މީހުންނަށް ފަރުވާ ދިނުމަށް ގިނަ ހިސާބުތަކެއްގައި އެމްބިއުލާންސްތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތަކާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާގޮތުގައި، ސާޑީނިއާ ހިމެނޭ ގޮތުން ބައެއް ހިސާބުތަކުގައި ހޫނުމިން 48 ޑިގްރީ ސެންޓިގްރޭޑަށް އަރާއިރު، ހީޓްވޭވް ކުރިޔަށް އޮތް ހަފުތާއަށް ދެމިގެންދާނެއެވެ.

ޔޫރަޕްގައި މިހާތަނަށް ހޫނުމިން އެންމެ މައްޗަށް ދިޔަކަމަށް ރިކޯޑް ކުރެވިފައިވަނީ 48.8ޑިގްރީ ސެންޓިގްރޭޑަށެވެ. އެއީ 2021 ވަނަ އަހަރު ސިސިލީއަށެވެ.

އިޓަލީގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވާގޮތުގައި، ކުރިޔަށް އޮތް ހަފުތާގައި އެންމެ ހޫނު ވާނެކަމަށް ބެލެވެނީ ސާޑީނިޔާއަށެވެ. ހޫނުމިން އެންމެ މައްޗަށް ދާނީ 19 ޖުލައިއާ 23 ޖުލައިއާ ދެމެދު ކަމަށާއި، އިޓަލީގެ އިތުރުން ގްރީސް، ޓަރކީ އަދި ބޯލްކަންގެ ގައުމުތަކުގައި ކުރިޔަށް އޮތް ހަފުތާގައިވެސް ވަރަށް ހޫނުގަދަވާނެ ކަމަށް އިޓަލީގެ މޫސުމާބެހޭ އެކްސްޕަރޓަކު ބުނެފައިވެއެވެ. އަދި މި ދުވަސްތަކުގައި މި ގައުމުތަކުގެ މޫސުމާބެހޭ އެތައް ރިކޯޑްތަކެއްވެސް ބަދަލު ވެގެން ދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އަވައްޓެރި ގްރީސްގައިވެސް ހޫނުމިން 40 ޑިގްރީ ސެންޓިގްރޭޑަށްވުރެ މައްޗަށް އަރާފައި ވެއެވެ. އަދި މި ހޫނުން ޓުއަރިސްޓުން ސަލާމަތް ކުރުމަށް ޓަކައި ޓުއަރިސްޓުންގެ މަގްބޫލު ތަންތަން ވަނީ ހުކުރު އަދި ހޮނިހިރު ދެ ދުވަހު ބަންދުވެސް ކޮށްފައެވެ.

ސްޕެއިންގެ ކެނެރީ އައިލަންޑްސްގައިވެސް ގަދަ ހޫނުގެ ސަބަބުން ޖަންގަލީގައި ރޯވެ އަލިފާންގަނޑު ފެތުރެމުން ދާތީ، ހަތަރު ހާހެއްހާ މީހުން އެހެން ހިސާބުތަކަށް ގެންދަން ޖެހިފައި ވެއެވެ. އަދި 4،500 ހެކްޓަރުގެ ސަރަހައްދެއް މިހާރުވެސް އަނދާފައިވާ ކަމަށް ޚަބަރުލިބެއެވެ. ކެނެރީ އައިލަންޑްސްގައި ރޯވި އަލިފާންގަނޑުގެ ސަބަބުން މަދުވެގެން 12 ވަރަކަށް ގެ އަނދާފައިވާކަމަށް ވެއެވެ.

ނިމުނު ޖޫން މަހަކީ ޔޫރަޕްގައި މިހާތަނަށް ރިކޯޑް ކުރެވުނު އެންމެ ހޫނު ގަދަ ޖޫންމަސް ކަމަށް ޚަބަރުތައް ބުނެއެވެ.  

ޔޫރަޕްކްލައިމެޓް ޗޭންޖްހޫނު ގަދަވުން

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
12 ޖުލައި 2025

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ
30 ޖޫން 2025

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު