Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާރިސާތަކުން ރައްކާތެރިވުން

ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް

އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 މާރިޗު 2023 | ހޯމަ 10:16
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް

ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލައި އިންޒާރުދޭ ނިޒާމުތައް ގާއިމުކުރުމާ ގުޅޭގޮތުން އދ.ން އެކުލަވާލާފައިވާ "އަރލީ ވޯރނިންގ ފޯރ އޯލް" އެކްޝަން ޕްލޭނުގެ ދަށުން އެހީ ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

މި އެކްޝަން ޕްލޭނަކީ އދ.ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ އެންޓޯނިއޯ ގުޓަރޭޒްގެ އިސްނެންގެވުމުގެ ދަށުން، 2027 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ ކޮންމެ މީހަކީވެސް، ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލައި އިންޒާރުދޭ ނިޒާމުތަކުން ރައްކާތެރިކަން ކަށަވަރުވެފައިވާ މީހަކަށް ހެދުމަށްޓަކައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ. މި އެކްޝަން ޕްލޭން އިފްތިތާހުކޮށްފައިވަނީ ފާއިތުވި އަހަރު ބޭއްވުނު އދ.ގެ "ފްރޭމްވޯރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" (ޔޫއެންއެފްސީސީސީ)ގެ 27 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27)ގައެވެ. މި އެކްޝަން ޕްލޭން ތަންފީޒުކުރެވެމުންދާ މިންވަރު ބެލުން ހަވާލުކޮށްފައިވަނީ ދުނިޔޭގެ މޫސުމާބެހޭ ޖަމްއިއްޔާ، ވޯރލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިއު.އެމް.އޯ)އާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާގުޅޭ އދ.ގެ އޮފީސް، ޔުނައިޓެޑް ނޭޝަނަސް އޮފީސް ފޯރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (ޔޫއެންޑީއާރްއާރް)އަށެވެ.

Advertisement - newsAdvertisement

އދ.ން އެކުލަވާލާފައިވާ މި އެކްޝަން ޕްލޭނުގެ ދަށުން، ކާރިސާތަކުން ރައްކާތެރިވުމަށް ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ބައިނަލްއަގުވާމީ އެކި ބައިވެރިން މެދުވެރިކޮށް އެހީ ފޯރުކޮށްދިނުން ހިމެނެއެވެ. މިމަސައްކަތުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ކާރިސާތަކުން ރައްކާތެރިވުމުގައި ގައުމުތަކުގެ މެދުގައި ހުރި ފަރަގުތައް ދެނެގަތުމާއި، ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ކާރިސާތަކާ ގުޅޭގޮތުން ބޭނުންކުރާނެ ވަަސީލަތްތައް ހުރި ނެތް މިންވަރު ދެނެގަތުމާއި، ކޮންމެ ގައުމެއްގެވެސް ޚާއްޞަ ހާލަތްތަކަށް ރިއާޔަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްޝަން ޕްލޭނުގެ ދަށުން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތައް ހިމެނޭހެން، ކާރިސާތަކުން ބޮޑެތި ގެއްލުން ލިބުމުގެ ފުރުސަތު އެންމެ ބޮޑު 30 ގައުމަށެވެ.

އދ.ން މިފަދަ އެކްޝަން ޕްލޭނެއް އެކުލަވާލާފައި މިވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާރިސާތައް ކުރިމަތިވާ މިންވަރާއި ލިބޭ ގެއްލުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، ފާއިތުވި ފަންސާސް އަހަރުގެ ތެރޭގައި ރިކޯޑު ކުރެވިފައިވާ ކާރިސާތަކުގެ ނިސްބަތް ފަސް ގުނަ އިތުރުވެފައިވާކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާއިން ފާހަގަކުރެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތައް މަދުކުރުމަށް އެދެވޭ ގޮތެއްގައި ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، 2030ވަނަ އަހަރު އަންނަންވާއިރަށް އަހަރެއްގެ މައްޗަށް 560 ކާރިސާ، ނުވަތަ ދުވާލެއްގެ މައްޗަށް 1.5 ކާރިސާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެޖަމްއިއްޔާއިން ފާހަގަކުރެއެވެ. ކާރިސާއެއް ހިނގުމުގެ 24 ގަޑިއިރު ކުރިން އެކަމުގެ އިންޒާރު ލިބިއްޖެނަމަ، އެކާރިސާއަކުން ލިބޭ ގެއްލުން 30 އިންސައްތަ ކުޑަކުރެވޭ ކަމަށްވެސް ޑަބްލިއުއެމްއޯއިން ފާހަގަކުރެއެވެ.

ކްލައިމެޓް ޗޭންޖްޚާރިޖީ ވުޒާރާފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުއެންޓޯނިއޯ ގުޓަރޭޒް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު