Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުމީ ބަދަލު

މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

ފަރުތައް މަރުވުމުން، ރާއްޖެ ނެތިދިއުމުގެ ފުރުސަތު އެބައޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 މެއި 2023 | އަންގާރަ 14:11
އެންވަޔަރމަންޓް މިނިސްޓަރ، އާމިނަތު ޝައުނާ

އެންވަޔަރމަންޓް މިނިސްޓަރ، އާމިނަތު ޝައުނާ

މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް ނުރައްކަލެއް ކަމަށް، އެންވަޔަރމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ 7 ވަނަ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޖަޒީރާތައް އުފެދިފައިވަނީ މުރަކަތަކުގެ މަތީގައި ކަމަށާއި، ކަނޑުގެ ދިރުންތަކުން އަޅުގަނޑުމެންނަށް ދެމެހެއްޓޭނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފަރުތައް އަޅުގަނޑުމެން ރައްކާތެރިކުރާކަމަށާއި، އެތަކެތިން ކާނާ ލިބޭކަމަށެވެ. އަދި މި ފަރުތަކުންވެސް ދިވެހިންނަށް އާމްދަނީ ލިބޭކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަރުތައް މަރުވުމުން ރާއްޖެ ނެތިދިއުމަށް ފުރުސަތު އެބައޮތްކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތައް ހޫނުވަމުންދާ ކަމަށާއި، މިދިޔަ މަހު ދުނިޔޭގައި ރެކޯޑްކޮށްފައިވަނީ ސެޓެލައިޓް ރެކޯޑްތައް ފެށުނު ފަހުން ކަނޑުގެ ސަރަހައްދުގެ އެންމެ ހޫނު ފިނިހޫނުމިންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި އަހަރު، މުރަކަތައް ހުދުވުމާ ބެހޭގޮތުން ސައިންސްވެރިން ދަނީ އިންޒާރު ދެމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2016 ވަނަ އަހަރު، އެންމެ ފަހުން މުރަކަތައް ހުދުވި ދުވަސްވަރު، ގާތްގަނޑަކަށް 75 އިންސައްތަ ފަރުތައް ހުދުވިކަމަށެވެ. މީގެ އިތުރުން ރާޅުތައް ބޮޑުވުމުގެ ސަބަބުން ރަށްތައް ގިރަމުންދާކަމަށާއި، މުރަކަތައް މަރުވަމުންދަނީ ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން ކަމަށެވެ.

އަދި މީގެ ކުރިން ތަޖުރިބާ ނުކުރާ މިންވަރަށް ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވެފައިވާކަމަށާއި، ދުނިޔެ ހޫނުވެފައިވަނީ އެންމެ 1.1 ޑިގްރީއަށް ނަމަވެސް، އެކަމާ ކުރިމަތިލެވޭނީ ކިރިޔާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އައިމިނަތު ޝައުނާއެންވަޔަރަމަންޓް މިނިސްޓްރީކްލައިމެޓް ޗޭންޖްެެިއިންޓަރ ގަވަމެންޓަލް ޕެނަލް ރޮން ކްލައިމެޓް ޗޭންޖް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު