Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހައިހޫނުކަން

އދ. ގެ ކާބޯތަކެތީ ގެ އޭޖެންސީތަކުން ހައިހޫނުކަން ނުރައްކާ މިންވަރަކަށް އޮތް 16 ގައުމެއް ހާމަ ކޮށްފި

އދ.އ ގެ ކާބޯތަކެތީގެ އިދާރާތަކުން 16 ގައުމެއްގައި ބަނޑުހައިކަމުގެ ނުރައްކާ އޮތްކަމުގެ އިންޒާރުދީ، އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ 29 ބިލިއަން ޑޮލަރުގެ ތެރެއިން ލިބިފައިވަނީ 10.5 ބިލިއަން ޑޮލަރު ކަމަށް ވެސް ބުނެފައިވޭ.

ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2025 | ބުރާސްފަތި 07:48
ފަލަސްތީނުގެ ކުޑަކުދިންތަކެއް ޗެރިޓީ ކިޗަނަކުން ކާއެއްޗެހި ހޯދުމަށް އިންތިޒާރު ކުރަނީ، ޚާން ޔޫނިސް، ޣައްޒާ ސްޓްރިޕް - އޮގަސްޓް 21، 2025

ފަލަސްތީނުގެ ކުޑަކުދިންތަކެއް ޗެރިޓީ ކިޗަނަކުން ކާއެއްޗެހި ހޯދުމަށް އިންތިޒާރު ކުރަނީ، ޚާން ޔޫނިސް، ޣައްޒާ ސްޓްރިޕް - އޮގަސްޓް 21، 2025

އދ. ގެ ކާބޯތަކެތީ ގެ އޭޖެންސީތަކުން ހައިހޫނުކަން ނުރައްކާ މިންވަރަކަށް އޮތް 16 ގައުމެއް ހާމަ ކޮށްފި އެވެ.

އދ.އ ގެ ކާބޯތަކެތީގެ ކަންކަން ބަލަހައްޓާ ދެ އިދާރާއިން ބުދަ ދުވަހު އިންޒާރު ދީފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އިތުރަށް އެތައް މިލިއަން މީހުން ބަނޑުހައިހޫނު ކަމުގެ ހާލަތަކާ ކުރިމަތިލާން ޖެހިދާނެކަމަށާއި، ފަންޑުގެ ދަތިކަން އެހާލަތު އިތުރަށް ގޯސްކުރާކަމަށެވެ.

ކާބޯތަކެތީގެ އަދި ދަނޑުވެރިކަމުގެ ޖަމިއްޔާ އާއި ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމުން ގުޅިގެން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ހާލަތު ގޯސް ވުމުގެ އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ ހަނގުރާމަ އާއި ހަމަ ނުޖެހުންތައް ކަމުގައެވެ.

ރޯމްގައި ހުންނަ އިދާރާތަކުން ލިސްޓުކޮށްފައިވާ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި ހައިޓީ، މާލީ، ފަލަސްތީން، ދެކުނު ސޫދާން، ސޫދާން އަދި ޔަމަން ހިމެނެއެވެ. މި ގައުމު ތަކުގެ ރައްޔިތުން ނުރައްކާތެރި މިންވަރެއްގެ ހައިހޫނު ކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ނުރައްކާ އޮތް ކަމަށް ބުނެފައި ވެއެވެ.

އަދި "ވަރަށް ބޮޑު ކަންބޮޑުވުމެއް" އޮތް ގައުމުތަކުގެ ގޮތުގައި އަފްޣާނިސްތާން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، މިއަންމާ، ނައިޖީރިއާ، ސޯމާލިއާ، ސީރިއާ، އަދި ބުރުކީނާ ފާސޯ، ޗާޑް، ކެންޔާ އަދި ބަންގްލަދޭޝްގެ ހުންނަ ރޮހިންޔާ ރީފިއުޖީން ފާހަގަ ކޮށްފައި ވެއެވެ.

އިންސާނީ އެހީތެރިކަމަށް ލިބޭ ފަންޑު "ކަންބޮޑުވާ މިންވަރަކަށް ވަރަށް މަދުވަމުންދާ" ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ، ނުރައްކަލުގެ ހާލަތުގައި ތިބި މީހުންނަށް އެހީތެރިވުމަށް ބޭނުންވާ 29 ބިލިއަން ޑޮލަރުން ލިބިފައިވަނީ އެންމެ 10.5 ބިލިއަން ޑޮލަރު ކަމަށް ފާހަގަކޮށްފައިވެއެވެ.

ޑަބްލިއު.އެފް.ޕީ އިން ބުނެފައިވަނީ ފަންޑު ކުޑަކުރުމުގެ ސަބަބުން ރީފިއުޖީންނަށާއި ހިޖުރަކޮށްފައިވާ މީހުންނަށް ދޭ އެހީތެރިކަން ކުޑަކޮށްފައިވާއިރު ބައެއް ގައުމުތަކުގައި ސްކޫލް ކާބޯތަކެތީގެ ޕްރޮގްރާމްތައް ވަނީ ހުއްޓާލާފައި ކަމަށެވެ.

ބަނޑުހައިހޫނުކަންފުޑް ސެކިއުރިޓީއިންސާނީ އެހީވޯލްޑް ފުޑް ޕްރޮގްރާމްއެފްއޭއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ރަފަހް ހުޅުވާލަން އިސްރާއީލް އިން ނިންމައިފި

ރަފަހް ހުޅުވާލަން އިސްރާއީލް އިން ނިންމައިފި

15 އޮކްޓޯބަރު 2025
ޣައްޒާ އަށް އެހީ ހިފައިގެން ދަތުރު ކުރި ފްލޮޓިލާ އިސްރާއީލުން ހުއްޓުވާ އެކްޓިވިސްޓުން ހައްޔަރު ކޮށްފި

ޣައްޒާ އަށް އެހީ ހިފައިގެން ދަތުރު ކުރި ފްލޮޓިލާ އިސްރާއީލުން ހުއްޓުވާ އެކްޓިވިސްޓުން ހައްޔަރު ކޮށްފި

02 އޮކްޓޯބަރު 2025
މުގު، ބިސް، އަލުވި އަދި ތަރުކާރީގެ ވިޔަފާރި ކުރަން ސަރުކާރުން ތައްޔާރުވަނީ

މުގު، ބިސް، އަލުވި އަދި ތަރުކާރީގެ ވިޔަފާރި ކުރަން ސަރުކާރުން ތައްޔާރުވަނީ

10 ސެޕްޓެމްބަރު 2025
ޣައްޒާ ހަނގުރާމައާ ގުޅިގެން ދުނިޔެ ހަނު އޮންނާތީ ޖޯޑަންގެ ފޮރިން މިނިސްޓަރުގެ ކަންބޮޑުވުން

ޣައްޒާ ހަނގުރާމައާ ގުޅިގެން ދުނިޔެ ހަނު އޮންނާތީ ޖޯޑަންގެ ފޮރިން މިނިސްޓަރުގެ ކަންބޮޑުވުން

04 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު