Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުން

ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުން ސިއްހީ ނުރައްކާތައް ބޮޑުވޭ: ތަޖުރިބާކާރުންގެ އިންޒާރު

ދުޅަހެޔޮ ދިރިއުޅުމެއް ބަރޯސާވަނީ ދުޅަހެޔޮ، ހަމަޖެހޭ މާހައުލެއްގެ މައްޗަށެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2024 | ހޮނިހިރު 09:14
ފިނިހޫނުމިން ދުވަހެއް ދުވަހަކަށް މައްޗަށްދާއިރު، މިކަމުގައި ނުރައްކާ އިންތިހާއަށްދަނީ ބޮޑުވަމުން

ފިނިހޫނުމިން ދުވަހެއް ދުވަހަކަށް މައްޗަށްދާއިރު، މިކަމުގައި ނުރައްކާ އިންތިހާއަށްދަނީ ބޮޑުވަމުން

މޫސުމަށް އަންނަ ބަދަލުތަކާއިއެކު ހޫނުމިން މައްޗަށް ދިއުމުގެ ނުރައްކާތެރި ނަތީޖާތަކާ މެދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވަހެއްދުވަހަކަށް ކަންބޮޑުވުންތައް މިދަނީ އިތުރުވަމުންނެވެ. ހަލުވިކަމާއެކު ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ސިއްހީ ގޮތުން ކުރިމަތިވާ ނުރައްކާތަކާ ގުޅިގެން ތަޖުރިބާކާރުންގެ އިންޒާރުގެ ރަނގަބީލްގެ އަޑު ވެސް މިދަނީ އިހުނަށްވުރެ ގަދަވަމުންނެވެ.

ތުރުކީގެ އައިޑިންގައި ހުންނަ އަދުނާން މެންޑެރެސް ޔުނިވާސިޓީ މެޑިކަލް ސްކޫލްގެ މެޑިކަލް ޕްރޮފެސަރެއް ކަމަށްވާ ޑރ.އެމިނޭ ޑިޑެމް އެވްސީ ކިރާޒް ވިދާޅުވީ ދުނިޔޭގެ ހޫނުމިން މައްޗަށް ދާއިރު އިންސާނުންނަށް ސިއްހީގޮތުން ހައްލުނުކުރެވޭވަރުގެ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. ބަލިފެތުރުން އިތުރުވުމާއި، މޫސުމީ ބަލިތައް ދިގުލައިގެން ދިއުމާއި، އާ ބަލިތައް ފެތުރުމުގެ ފުރުސަތު އޮތުމުގެ ނުރައްކާތައް ވަރަށް ބޮޑަށް ގޯސްވާނެ ކަމުގެ އިންޒާރު އޭނާވަނީ ދެއްވާފައެވެ.

ޑރ.ކިރާޒް ވިދާޅުވީ އިންސާނުންގެ ހަށިގަނޑަކީ ގާތްގަނޑަކަށް 96-100 ޑިގްރީ ފެރެންހައިޓްސްގެ ކުޑަ ފިނިހޫނުމިނެއްގެ ތެރޭގައި އޮޕަރޭޓް ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ގުދުރަތީ ނިޒާމެއް ކަމަށެވެ. ފިނިހޫނުމިން އެއަށްވުރެ މައްޗަށް ދިއުމުން ހިތުގެ ނިޒާމަށް ވަރަށް ބޮޑަށް ސްޓްރެސް ބޮޑުވެ، ޓިޝޫތަކާއި ސެލްތައް ޑީހައިޑްރޭޓްކޮށް، ކިޑްނީގެ މަސައްކަތްތަކަށް ވެސް އަސަރުކުރެއެވެ. ދާއިމީގޮތެއްގައި ހޫނު ގަދަވުމުގެ ސަބަބުން މެޓަބޮލިކް ޑިސްއޯޑާތަކާއި، ލޭގެ ޕްރެޝަރު ކުއްލިއަކަށް ދަށަށް ދިއުމާއި، ހޭނެތުމާއި، ބައެއް ހާލަތްތަކުގައި، އިމޮބިލިޓީގެ ސަބަބުން ފުރާނައަށް ނުރައްކާވުން ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ހޫނު ގަދަވުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، އިންސާނުންގެ "ބިހޭވިއަރަލް" މައްސަލަތަކަށްވެސް ނުރަނގަޅު އަސަރުތައް ކުރެއެވެ. އެގޮތުން މާރާމާރީގެ މައްސަލަތައް ފަދަ ނުރައްކާތެރި އަމަލުތަކާއި، ނަފްސާނީ ތަކުލީފުތައް ވެސް ކުރިމަތިވެއެވެ.

ކިރާޒް އިންޒާރު ދޭ ފަދައިން، ފިނިހޫނުމިން 98 ޑިގްރީ ފެރެންހައިޓްސްއާ ގާތްކުރާ އިރު، އޭގެ ސަބަބުން ހަލުވިކަމާއެކު ނުރައްކާތެރި ބެކްޓީރިއާ އުފެދުމަށް ވަރަށް އެކަށީގެންވާ ހާލަތްތައް އުފެދެއެވެ.

ބަލިފެތުރުމުގެ ވާހަކަ ދައްކާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަނަވާރުގެ އާބާދީތައް އެސޮރުމެންގެ ވަޒަންތައް ބަދަލުކުރުމުގެ މަގު ފަހިވެ، ބައެއް ސަރަޙައްދުތަކުގައި، ކުރިން ވަރަށް މަދުން ނޫނީ ނުފެންނަ ޒޫނޯޓިކް ވެކްޓަރުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އަޅުގަނޑުމެންނަށް ކުރިމަތިވާ މިންވަރު ދަނީ އިތުރުވަމުންނެވެ. ޑެންގީ، ޗިކުންގުންޔާ، ކްރިމިއަން-ކޮންގޯ ހެމޮރެޖިކް ފީވާ، މި ނަންތަކަށް ވަރަށް އަވަހަށް ވަރަށް ބޮޑަށް އަހުލުވެރިވެދާނެ ކަމުގެ އިންޒާރު އެކަމަނާ ވަނީ ދެއްވާފައެވެ.

ފިނިހޫނިމިން މައްޗަށް ދިއުމުން އަޅުގަނޑުމެން ކަންބޮޑުވާންވީ ހަމައެކަނި މިފަދަ ބަލިތަކާ ދޭތެރޭ އެކަންޏެއްވެސް ނޫނެވެ. މޫސުމީ އެލާޖީ އާއި އެސްތުމާ ފަދަ ނުރައްކާތެރި މައްސަލަތަކަކީވެސް ފިނިހޫނުމިނާ ގުޅިފައިވާ ނުރައްކާތެރި މައްސަލަތަކެވެ. އަދި އަލިފާނުގެ ހާދިސާތަކާއި ވައި ތަޣައްޔަރުވުމާއި ތޫފާން ފަދަ މޫސުމީ ކާރިސާތަކުގެ ސަބަބުން ޕޮލެން ސްޓްރަކްޗާތަކަށް ބަދަލު ތަކެއް އައިސް، ޕޮލެން މޫސުން ދިގުވަމުން ދެއެވެ. އެހެންކަމުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ފްލެއާ އަޕްސް އާއި އެފަދަ އަލާމާތްތައް ވަރަށް ބޮޑަށް އިތުރުވެދާނެއެވެ.

ހިތާމަވެރި ޙަޤީޤަތަކީ، ހޫނުވަމުންދާ ޕްލެނެޓުގެ ސަބަބުން އަޅުގަނޑުމެންގެ އިންސާނުންގެ ޞިއްޙަތުގެ އެއްވެސް ސިފައެއް އިސްތިސްނާ ނުވާކަމެވެ. ހާއްސަކޮށް އަޅުގަނޑުމެންގެ ހަށިގަނޑާއި މެޑިކަލް ސިސްޓަމްތައް އެފަދަ ޙާލަތަކަށް ތައްޔާރު ނުވެ ތިއްބާ މުޅިން އާ ބަލިތައް ފެތުރިދާނެ ކަމުގެ އިންޒާރު ކިރާޒް ދެއްވިއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ޞިއްޙީ ގޮތުން ކުރިމަތިވެފައިވާ ނާޒުކު ބޮޑެތި މައްސަލަތަކަށް އަޅުގަނޑުމެން ހޭލުންތެރިކުރުވުމުގެ ވަގުތު މިވަނީ އައިސްފައެވެ. ކުރިން ސަރަޙައްދީ ގޮތުން ހުރި ބަލިތައް މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެތީ އެކަމާމެދު ހަމަ ކޮންމެ މީހަކުވެސް މިވަނީ ވިސްނަން ޖެހިފައެވެ. ކޮންމެ އަހަރަކު ވެސް އިތުރުވަމުންދާ ބަލިތަކަކީ ދާއިމީ ގޮތެއްގައި އެބަލިތަކާ ހަނގުރާމަ ކުރަންޖެހިދާނެ ފަދަ ޢާލަމީ ވަބާއަކަށް ވެދާނެއެވެ. މަދުން ނޫނީ ނުފެންނަ ބަލިތައް ބޮޑެތި އިމަޖެންސީ ހާލަތްތަކަކަށް ބަދަލުވެދާނެއެވެ.

މިކަމަށް އޮތް ހައްލަކީ، ފިނިހޫނުމިން މައްޗަށް ދިއުމަށް މަގުފަހިވާ އާދަތަކުން އަހަރެމެން އިންސާނުން ދުރުހެލިވެ އެކަންކަން ހުއްޓުވައި، މޫސުމީ ނިޒާމުގެ ތެރެއަށް މިހާރުވެސް އެޅިފައިވާ ކޮމްޕައުންޑިންގ އިފެކްޓްސްތަކަށް އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމުތައް އެކަށޭނަ ކުރުމަށް ޓަކައި މިހާރުން މިހާރަށް ކުރަމުންދާ މަސައްކަތްތައް ދެގުނަ އަށް އިތުރުކުރުމެވެ.

ދުޅަހެޔޮ ދިރިއުޅުމެއް ވަރަށް ބޮޑަށް ބަރޯސާވަނީ ދުޅަހެޔޮ، ހަމަޖެހޭ މާހައުލެއްގެ މައްޗަށެވެ. ހިތާމައަކީ އެ އަސާސް ދުވަހެއް ދުވަހަކަށް ހަރުކަށިވަމުން ދިއުމެވެ.

ދުނިޔެކްލައިމެޓް ޗޭންޖްދުނިޔޭގެ ހޫނުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު