Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މޫޑީޒް ރޭޓިން

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ފަހަތު ފަޔަށް ބުރަވާނަމަ ރޭޓިން ދަށްކުރުމުގެ ފުރުސަތު އޮތް ކަމަށް މޫޑީޒް އިން ބުނެ އެވެ. މޫޑީޒް އިން ބުނީ އައުޓްލުކް އަށް ކުރިއެރުމެއް ލިބުނު ނަމަވެސް އަންނަ އަހަރު ދައްކަން އޮތް ބޭރުގެ ބޮޑު ދަރަންޏާއި އިތުރުވަމުންދާ އެތެރޭގެ ދަރަންޏާމެދު އެ އެޖެންސީގެ ކަންބޮޑުވުން އޮތް ކަމަށެވެ.

ފޮރިން ކަރަންސީ ލިބުން އިތުރުކުރުމަށް ކުރާ ރިފޯމްތަކާއި ވަރުގަދަ ޓޫރިޒަމް ޕާފޯމަންސްއިން ބޭރުގެ ލިކުއިޑިޓީ ރިސްކްތައް މަތީ ލެވެލަކުން ލުއިވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2025 | ހުކުރު 14:29
އެމްއެމްއޭ މައި އޮފީސް: އެސްޑީއެފްސީގަތުމުގެ މުއާމަލާތް ހިންގީ ގާނޫނާ ހިލާފަކަށް ނޫންކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ

އެމްއެމްއޭ މައި އޮފީސް: އެސްޑީއެފްސީގަތުމުގެ މުއާމަލާތް ހިންގީ ގާނޫނާ ހިލާފަކަށް ނޫންކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ކުރިން ދީފައިވާ ސީއޭއޭ2 ރޭޓިންގ (ޖަންކް ރޭޓިންގ) ދަމަހައްޓާ އައުޓްލުކް ސްޓޭބަލްއަށް ބަދަލުކޮށްފި އެވެ.

މީގެ ކުރިން މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ކަނޑައެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެއިރު މޫޑީޒް އިން ބުނީ ރޭޓިން ދަށް ކުރީ މޫޑީސްގެ އެސެސްމެންޓުން ރާއްޖެ ބަނގުރޫޓްވުމުގެ ރިސްކް އޮތް ކަމަށް ފެންނާތީ ކަމުގަ އެވެ. މި އަހަރު ވެސް ރޭޓިންގ އަށް ބަދަލު ނުގެނެސް އައުޓްލުކް އަށް ބަދަލު ގެނެސްފައިވާ އިރު މޫޑީޒް އިން ބުނީ ރޭޓިންއަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ މާލީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދު ހާލަތު ރަނގަޅުވުމެވެ.

Advertisement - businessAdvertisement

އިގްތިސާދީ ހާލަތު ރަނގަޅުވެފައިވާ ކަމަށް މޫޑީޒް އިން ބުނި އިރު، ދައުލަތުގެ ބަޖެޓް ސަރޕްލަސްގައި ބެހެއްޓުމަށްޓަކައި ޕީއެސްއައިޕީގެ އެއްވެސް ޕްރޮޖެކްޓްކަށް ސަރުކާރުން މި އަހަރުގެ ތެރޭގައި ހަރަދުކޮށްފައި ނުވެ އެވެ. މީގެ އިތުރުން ޕީއެސްއައިޕީގެ ބޮޑެތި ޕްރޮޖެކްޓްތައް ދައުލަތުގެ ބަޖެޓުން ހަރަދު ނުކޮށް ހަރަދު ކުޑަކުރިކަން ދެއްކުމުގެ ގޮތުން ސަރުކާރުން ވަނީ ބިން ހިއްކުމާއި އެއަރޕޯޓުގެ ޕްރޮޖެކްޓްތައް ބަޖެޓުން ހަރަދުކުރަން ނުޖެހޭ ގޮތަށް އެމްއޭސީއެލްއާއި އަދި އެހެނިހެން ކުންފުނިތަކާއި ހަވާލުކޮށްފަ އެވެ.

މޫޑީޒް އިން ބުނީ އައުޓްލުކް އަށް ކުރިއެރުމެއް ލިބުނު ނަމަވެސް އަންނަ އަހަރު ދައްކަން އޮތް ބޭރުގެ ބޮޑު ދަރަންޏާއި އިތުރުވަމުންދާ އެތެރޭގެ ދަރަންޏާމެދު އެ އެޖެންސީގެ ކަންބޮޑުވުން އޮތް ކަމަށެވެ.

މޫޑީސް އިން ބުނީ އަންނަ އަހަރު ދައްކަން ޖެހޭ ސެކިއުރިޓީޒް އާއި އެހެނިހެން ދަރަނީގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ ދަރަނިތަކާ އެކު ރާއްޖެއަށް އަދިވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ރިޒާވް އަދި އެސްޑީއެފް ރަނގަޅުވުމުން ދަރަނި އަދާކުރުމަށް ފަސޭހަވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މޫޑީޒް އިން އައުޓްލުކަށް ބަދަލު ގެނައި ސަބަބުތަކުގެ ތެރޭގައި ސަރުކާރުގެ އިސްލާހީ ފިޔަވަޅުތަކާއެކު ބޭރުގެ ފައިސާގެ ރިޒާވް އިތުރުކުރުމާއި ދަރަންޏާއި އިމްޕޯޓަށް ބޭނުންވާ ފައިސާ ހުންނަކަން ކަށަވަރު ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބު ހިމެނެ އެވެ. އަދި 2024ގައި ރިޒާވްތައް ދަށްވި ނަމަވެސް، އެމްއެމްއޭ އާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި ހުރި ބޭރު ފައިސާ މިހާރު އިތުރުކޮށްފައިވާ ކަމަށް މޫޑީޒް އިން ބުނެ އެވެ.

ވޭތުވެދިޔަ އަހަރު ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އަތުގައި ހުރި ފޮރިން އެކްސްޗޭންޖް ރިޒާވް އާއި އެސްޑީއެފްގެ އެސެޓްތައް ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް މޫޑީޒް އިން ބުނެފައިވެ އެވެ. އަދި އޮކްޓޯބަރު 2025 ގެ ނިޔަލަށް ފޮރިން އެކްސްޗޭންޖް ރިޒާވް 859 މިލިއަން ޑޮލަރަށް އަރާއިރު، ގާތްގަނޑަކަށް 3 މަސް ދުވަހުގެ އިމްޕޯޓް ކަވަރު ކުރާއިރު، ސެޕްޓެމްބަރު 2024 ގައި 364 މިލިއަން ޑޮލަރުގެ ޓްރަފް އަށް އަރާފައިވާ ކަމަށް ބުނެ އެވެ.

2026 ވަނަ އަހަރު ދައްކަންޖެހޭ ބޭރުގެ ދަރަންޏަކީ އަދިވެސް ބޮޑު ހުރަހެއްގެ ގޮތުގައި އޮތްއިރު، އެއީ ގާތްގަނޑަކަށް 950 މިލިއަން ޑޮލަރު ކަމަށް މޫޑީޒް އިން ބުނެ އެވެ. ރިޒާވްގައި ވެސް އަދި އެސްޑީއެފްގައި ވެސް ހިމެނޭ ބޭރު ފައިސާގެ ވަސީލަތްތަކަށް ޕްރެޝަރު ބޮޑުވެ، ކައިރި މުސްތަގުބަލުގައި ފައިސާ ދެއްކުމުގެ މި ހާލަތްތަކާ ކުރިމަތިލާއިރު، އަދިވެސް ނުރައްކާ އޮތް ކަމަށް މޫޑީޒް އިން ބުނެ އެވެ.

ކްރެޑިޓް ރޭޓިން ދަމަހައްޓައި އައުޓްލުކަށް ބަދަލެެއް ގެނައި ނަމަވެސް މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ފަހަތު ފަޔަށް ބުރަވާނަމަ ރޭޓިން ދަށްކުރުމުގެ ފުރުސަތު އޮތް ކަމަށް މޫޑީޒް އިން ބުނެ އެވެ.

މޫޑީސް ރޭޓިންދިވެހިރާއްޖެފަތުރުވެރިކަންބޭރު ފައިސާދަރަނިކްލައިމެޓް ޗޭންޖް

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު