Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުމް ފައިސާއިން

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުންނަށް ފައިސާ ދޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 20 ފެބުރުއަރީ 2017 | ހޯމަ 03:16
ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓްގެ ނަން ބޯޓް

ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓްގެ ނަން ބޯޓް

މި ރާއްޖޭގެ ފަނޑިޔާރުގޭގެ ކަންކަން ނިންމަމުން ދަނީ ސިޔާސީ ނުފޫޒް ގަދަ ފަރާތަކަށް ކަމަށް މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ދިވެހި ރާއްޖޭގެ އަދުލުއިންސާފް ނެތި ގޮސްފައިވާ ކަމަށެވެ. ސިޔާސީ ނުފޫޒް ގަދަ ފަރާތަކަށް ފަނޑިޔާރުގެ ކޮންޓްރޯލް ކޮށްގެން ކަންކަން ނިންމަވާ ވާހަކަ ކޮންމެ އަދަބެއް ދިންކަމުގައި ވިއަސް ދައްކަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ސިޔާސީ ފަރާތަށް ފަނޑިޔާރުގޭގެ ކަންކަން ނިންމުމަށް ފަނޑިޔާރުންނަން ފައިސާ ދޭކަމަށެވެ.

މިކަންކަން ނިމުމަކަށް ގެނެއުމަށްޓަކައި ބޯމަތީގައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމީންގެ ވެރިކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީން 650 ވުރެ ގިނަ ކެންޑިޑޭޓުނަން ކައުންސިލް އިންތިހާބުގައި ވާދަކުރާއިރު 163 ގޮނޑި (25 ޕަސެންޓް) ވެރިކަން ކުރާ ޕީޕީއަމަށް ލިބިއްޖެނަމަ ސަރުކާރަށް އެދެވެނީ ވަރަށް ނުބައި މެސެޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ 25 ޕަސެންޓް ޕީޕީއެމަށް ލިބިއްޖެނަމަ ހާމަވެގެން ދަނީ ދިވެހި ރައްޔިތުންނަން ވައްކަން ކުރުމަކީ މައްސަލަ އެއް ނޫން ކަމަށެވެ. އަދުލުއިންސާފް ނިޒާމް ހަރުދަނާ ކުރަން ވެސް ބޭނުން ނުވާކަން ކަމަށެވެ.

އެހެންކަމުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އެންމެހާ ރައްޔިތުން ގޭގައި ނުތިބެ އޭޕްރިލް 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓްގައި ބައިވެރިވެ އެމްޑީޕީގެ ކެންޑިޓޭޓުންނަން ވޯޓް ދޭންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ބޮޑު ތަފާތަކުން ޕީޕީއެމް ބަލިނުކުރެވިއްޖެ ނަމަ ކުރި އެކޭ އެއްގޮތަށް ސިޔާސީ ފަރާތަކުގެ ނުފޫޒް މިނިވަން މުވައްސަސާތަކަށް އޮންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން

19 އެޕްރީލު 2017
ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު