Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލިސް

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

މެމްބަރުންނަކީ ވިކިފައި ތިބި ބައެއް ނޫންކަން ކަށަވަރުކޮށްދޭންޖެހޭ

ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2017 | އާދީއްތަ 11:24
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި

ރައީސް އަބްދުﷲ ޔާމީނާއި ކޯޓުތަކުން އެ ފަރާތްތަކުން ބާރުވެރިކަން ދައްކަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ "ކަނޑުކޮހުން" ނޫންކަން ދައްކަން ޖެހޭ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް ނިސްބަތްވާ، އަދި ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދައުލަތުގެ އަނެއް ދެ ބާރުގެ ބާރުވެރިކަން ދައްކަމުން ދާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެ މަޖިލީހުގެ ބާރުވެރިކަން ދައްކަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

"އެމްޕީއަކު ހިނގާ ގޮތް ގޯސްވިޔަސް ހުކުމްކޮށް ޖަލަށް ލެވޭ، ގާޒީއަކު ޖިނާއީ ކުށެއް ކުރަނިކޮށް ފެނުނަސް ޖުޑިޝަރީގެ ކަރާމާތަށްޓަކައި ދޫކޮށްލެވޭ،" މުސްތަފާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ 85 ކަނޑުކޮހުންނޫން ކަމަށާއި ފައިސާ ކޮޅަކަށް ވިކިފައި ތިބި ބައެއް ނޫން ކަމަށް ރައްޔިތުންނަށް ކަށަވަރުކޮށްދޭން އެބަޖެހޭ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒިންމާދާރު ބަޔަކަށް ވުމަކީ ރައީސްލްޖުމްހޫރިއްޔާއާ ދެކޮޅަށް ތެދުވުމެއް ނޫން ކަމަށާއި، ހަމަ އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ހައްދަވާނެހާ ގޮތެއް ހައްދަވަން ތިއްބެވި ބައެއް ނޫން ކަމަށް ވެސް އަންގަންޖެހޭ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ބޮޑުވެ، އުފެދިފައިވާ ދެ ފެކްޝަނުން އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް ބޮޑަށް އަންނަނީ ފާޑުވިދާޅުވަމުންނެވެ. ސިޔާސީ ހަރަކާތްތައް ހިންގަން ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ހުރަސް އަޅަމުން ގެންދާއިރު، ދައުލަތުގެ މުއައްސަސާތަކުގެ ބާރުވެރިކަމާއެކު، ރައީސް ޔާމީން ގެންދަވަނީ ޕީޕީއެމްގެ ނަމުގައި ހަރަކާތްތައް ހިންގަވަމުންނެވެ. އަދި 2018 ގެ އިންތިހާބަށް ކެމްޕޭން ވެސް ވަނީ ފައްޓަވައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!

ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!

02 ޖުލައި 2017
ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!

ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!

06 ޖޫން 2017
ވޯޓް ކަރުދާހުގައި ވޯޓުލުމަށް ފަހު ދައްކަންޖެހޭނެ ކަމަށް ބުނެ ސަރުކާރުން ބިރުދައްކާ: ޝާހިދު

ވޯޓް ކަރުދާހުގައި ވޯޓުލުމަށް ފަހު ދައްކަންޖެހޭނެ ކަމަށް ބުނެ ސަރުކާރުން ބިރުދައްކާ: ޝާހިދު

22 އެޕްރީލު 2017
އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި

އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި

06 އެޕްރީލު 2017
މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

28 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު