Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވަގުތުން ފެށުމަށް ހަމާސް އިން އެއްބަސްވެއްޖެ

ހަމާސް އިން އެކަން އިއުލާން ކޮށްފައި މި ވަނީ، އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން 50 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ސިވިލް ޑިފެންސް އިން ހާމަކޮށްފައި ވަނިކޮށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖުލައި 2025 | ހޮނިހިރު 06:19
އިސްރާއީލްގެ ރަހީނުން ދޫކޮށްލުމަށް ބޭއްވި ޙަރަކާތުގައި ހަމާސްގެ ހަނގުރާމަވެރިޔަކު ހަތިޔާރާ އެކު

އިސްރާއީލްގެ ރަހީނުން ދޫކޮށްލުމަށް ބޭއްވި ޙަރަކާތުގައި ހަމާސްގެ ހަނގުރާމަވެރިޔަކު ހަތިޔާރާ އެކު

އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ކުރިއަށް ދަމުން އަންނަ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވަގުތުން ފެށުމަށް، ހަމާސް ޖަމާއަތުން އެއްބަސްވެއްޖެ އެވެ. 

ހަމާސް ޖަމާއަތުން ހޮނިހިރު ދުވަހު ބުނެފައި ވަނީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށުމަށް އެ ޖަމާއަތް އޮތީ ތައްޔާރަށް ކަމަށެވެ. ހަމާސް އިން އެކަން އިއުލާން ކޮށްފައި މި ވަނީ، އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން 50 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ސިވިލް ޑިފެންސް އިން ހާމަކޮށްފައި ވަނިކޮށެވެ. 

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށުމަށް ތައްޔާރަށް ތިބިކަން ހަމާސް އިން ހާމަކޮށްފައި ވަނީ، ފަލަސްޠީނުގެ ޙައްގުގައި މަސައްކަތް ކުރަމުން އަންނަ އެހެން ޖަމާއަތްތަކާ ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ. އަދި ޖުލައި މަހުގެ ހަތް ވަނަ ދުވަހު، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ވެސް ވަޑައިގަންނަވަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާ އިން ހުށަހަޅާފައިވާ 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން ހަމާސް އިން ބުނެފައި ވަނީ، އެމެރިކާ އިން ހުށަހަޅާފައިވާ އެއްބަސްވުމާ މެދު މަޝްވަރާކޮށް، އަދި އަމާން ކަމާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެ ޖަމާއަތުން ތައްޔާރު ކަމަށެވެ. މީގެ އިތުރުން އިސްލާމިކް ޖިހާދުން ވެސް ވަނީ މަޝްވަރާތަކަށް ތާއީދު ކުރާ ކަމަށް ހާމަކޮށްފަ އެވެ. އެހެން ނަމަވެސް، އިސްރާއީލް އިން އިތުރު ހަމަލާތެއް ނުދޭނެ ކަމުގެ ޔަގީންކަން ބޭނުންވާ ކަމަށް ވެސް ހާމަކޮށްފައިވެ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހަޅާފައި ވަނީ އެންމެ ރަނގަޅު ހުށަހެޅުން ކަމަށެވެ. އަދި އެ އެއްބަސްވުމުގެ މުހިންމު ކަންކަމަށް އިސްރާއީލް އިން އެއްބަސްވެފައިވާ ކަމަށާއި، ހަމާސް ޖަމާއަތުން ވެސް އެކަން ބަލައި ގަތުމަށް ވަނީ ގޮވާލައްވައިފަ އެވެ. 

ހަމާސް އިން އިސްރާއީލަށް އަމާޒުކޮށް ދިން ހަމަލާއަކާ ގުޅިގެން މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް ވަނީ، އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން 57،268 މީހަކު ޝަހީދުވެފަ އެވެ. ހަމާސްގެ ހަމަލާތަކުގައި އިސްރާއީލްގެ 1219 މީހަކު ވަނީ މަރުވެފަ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ބާރު އަޅަމުން އަންނައިރު ވެސް، އިސްރާއީލް އިން އަންނަނީ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އިތުރު ކުރަމުންނެވެ. އެގޮތުން ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ މަސައްކަތް ކުރަމުން އަންނަ މަރުކަޒުތަކަށް އަމާޒުކޮށް ވެސް އިސްރާއީލް އިން އަންނަނީ ހަމަލާތައް ދެމުންނެވެ. 

މީގެ ކުރިން ވެސް އިސްރާއީލް އިން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފަ އެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައިވާއިރު، އެ އެއްބަސްވުމާ ޚިލާފަށް މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަނެއްކާ ވެސް ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު