Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަހުޒޫމާއި، ޝިމަންއަށް ކުރާ ދައުވާ

މަހުޒޫމާއި، ޝިމަންއަށް ކުރާ ދައުވާއަކީ ސިޔާސީ ދައުވާއެއް: ފައްޔާޒު

4 ޖުލައި 2025 | ހުކުރު 08:13

މިއީ ސަރުކާރުން ޒުވާނުންގެ އަޑު ކަނޑުވާލުމަށް ކުރާ ދެރަ މަސައްކަތެއް

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖުލައި 2025 | ހުކުރު 08:13
ޔުމްނުގެ މައްސަލައިގައި ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން

ޔުމްނުގެ މައްސަލައިގައި ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން

އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދޭން ގޮވާލައި ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި، އަބްދުﷲ މަހުޒޫމް މާޖިދާއި، އައިޝަތު ޝިމަން އަހުމަަދަށް ކުރާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޔުމްނުގެ މައްސަލައިގައި ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން މަހުޒޫމާއި ޝިމަން ތިން ދުވަހަށް ހައްޔަރުކުރިއެވެ. އެމައްސަލައިގައި އެދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ، މިދިޔަ މަހުގެ 25ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އެއީ، ނަސޭހަތުގެ އެއްބަސްވުން ހަދަން އެދުމުން އެކަމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ޕީޖީން ބުނެއެވެ.

Advertisement - newsAdvertisement

ނަމަވެސް ނަސޭހަތުގެ އެއްބަސްވުމެއްގެ ގޮތުގައި ހުށަހެޅީ އުފުލާފައިވާ ހުރިހާ ދައުވާތަކަށް އިއުތިރާފުވާން މަޖުބޫރު ކޮށްފައި އޮތް އިންޒާރުގެ އެއްބަސްވުމެއް ކަމަށް ޝިމަން ބުނެފައިވެއެވެ. އަދި މަހުޒޫމްގެ ގާނޫނީ ވަކީލު، ރައިޝާން ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުން ހުށަހެޅި އެއްބަސްވުމުގައި، ނުކުރާ ކުށަކަށް އެއްބަސްވުން ލާޒިމު ކޮށްފައި އޮތް ކަމަށެވެ.

މަހުޒޫމް އާއި ޝިމަންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވައި ފައްޔާޒު ވިދާޅުވީ ޒުވާނުންތަކެއް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިހުތިޖާޖުކުރުމުގެ ހައްގު ބޭނުންކުރުމުގެ ސަބަބުން ޖިނާއީ ނިޒާމުގެ ތެރެއަށް އަނިޔާވެރިކަމާއެކު ވައްޓައިލުމަކީ ތާކުންތާކުނުޖެހޭ މުޑުދާރު ކަމެއް ކަމަށެވެ.

ސިޔާސީ ގޮތުން ކުރާ ދައުވާތައް ފެނުމަކީ ހިތާމަހުރިކަމެއްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މި ދެ ޒުވާނުންނަށް ވެސް ކުރާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށާއި، ވަރަށް ލަދުވެތި ކަމަށެވެ. އަދި ވިދާޅުވީ މިއީ ސަރުކާރުން ޒުވާނުންގެ އަޑު ކަނޑުވާލުމަށް ކުރާ ދެރަ މަސައްކަތެއް ކަމަށެވެ.

މަހުޒޫމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. ޝިމަންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. މަހުޒޫމްއަށް ފޮނުވި ދައުވާ ފޯމުގައި ވަނީ އޭނާގެ މައްޗަށްދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާ (ހ) ގެ 1 ވަނަ ނަންބަރާއި ހަވާލާދީ އެ މާއްދާ (ށ)ގެ 3 ވަނަ ނަންބަރުގެ ދަށުންނެވެ.

މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ 4 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ޝިމަންއަށް ފޮނުވި ފޯމުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ދައުވާ އުފުލަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ.

އެމާއްދާގައި ބުނަނީ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކު، ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ޤަޞްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމެވެ. (2) ވަނަ ނަންބަރުގައި ބުނަނީ އެއީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްކަން ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފެއްކަން އޭނާއަށް އެނގުމެވެ.

މި ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެންމެ ބޮޑު އަދަބަކީ 1 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ޝިމަން އަދި މަހުޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ސުލްހަވެރިކަމާއި އެކު މުޒާހަރާކުރަމުން ދަނިކޮށް ފުލުހުން އެމީހުންނާއި ދިމާލަށް އައިސް ހަމަނުޖެހުން އުފައްދަން މަސައްކަތް އެހަމަނުޖެހުމުގެ ތެރޭގައެވެ.

ނަމަވެސް އެއްވެސް މަންޒަރަކުންވެސް މި ދެމީހުންވެސް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ނުކިޔަންމަންތެރިކަން ދެއްކި މަންޒަރެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މަހުޒޫމް ހައްޔަރަށް ގެންދިޔަ ވަގުތު ބިންމައްޗަށް ވައްޓާލާ ގަމީސްވެސް ވީދާލާ މަންޒަރު ފެނެއެވެ. ޝިމަން އަދި މަހުޒޫމް ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބަކާއި ނުލައިކަން މަންޒަރުތަކުން ފެނެ އެވެ. މަހުޒޫމްއަކީ ޔުމްނުއަށް އިންސާފު ހޯދުމަށް ކުރިއަށް މިގެންދާ ދުލެއް ނުކުރާނަން ހަރަކާތުގެ އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލެއް ވެސް މެއެވެ. އޭނާ ހައްޔަރަށް ގެންދިޔައީ ބިންމައްޗަށް ވައްޓާލުމަށްފަހު ބިޑި އަޅުވައިގެންނެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް