Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކުލަބު ވޯލްޑް ކަޕް 2025

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

މެޗުގެ ނަތީޖާ އެއްވަރު ވުމުން، އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ލަނޑު ޖަހައިގެން އަލް ޙިލާލް ވަނީ މެޗުން މޮޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2025 | އަންގާރަ 04:37
މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ޙިލާާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ޙިލާާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގަދަ 16 ވަނަ ބުރުގައި ސައުދީ އަރަބިއްޔާގެ އަލް ޙިލާާލްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓަރ ސިޓީ މުބާރާތުން ކަޓައިފި އެވެ.

ކެމްޕިން ވޯލްޑް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ފަތިހު ކުޅުނު މެޗު އަލް ޙިލާލް އިން ކާމިޔާބު ކުރީ 4-3 އިންނެވެ. މެޗުގައި ސިޓީ އިން ކުރި ހޯދާފައި ވަނިކޮށް، އަލް ޙިލާލް އިން ލީޑު ނެގި އެވެ. މެޗުގެ ނަތީޖާ އެއްވަރު ވުމުން، އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ލަނޑު ޖަހައިގެން އަލް ޙިލާލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ. އޭނާ އެ ލަނޑު ޖެހީ އިލްކާއީ ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އަލް ޙިލާލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މާކޮސް ލިއޮނާޑޯ އެވެ. އޭގެ ހަ މިނެޓު ފަހުން އަލް ޙިލާލް އިން ވަނީ ދެ ވަަނަ ލަނޑެއް ޖަހައި މެޗުގައި ލީޑު ނަގައިފަ އެވެ. ޔާއޯ ކަންސޭލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ މެލްކޮމް އެވެ.

އަލް ޙިލާލް އިން ލީޑު ނެގީތާ ތިން މިނެޓުގެ ތެރޭގައި ސިޓީ އިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަަމަ ކޮށްފަ އެވެ. އެ ލަނޑު ސިޓީ އަށް ޖަހައިދިނީ ނޯވޭގެ ފޯވާޑް އާލިން ހާލަންޑް އެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި އަލް ޙިލާާލްގެ ތިން ވަނަ ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ޚަލީދޫ ކުލިބާލޭ އެވެ. ނަމަވެސް، ފިލް ފޮޑެން ޖެހި ލަނޑާ އެކު ސިޓީ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. އޭގެ ފަހުން މެޗުން އަލް ޙިލާލް މޮޅުވީ ލިއޮނާޑޯ ޖެހި ލަނޑުންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި އަލް ޙިލާލް ނިކުންނާނީ ބްރެޒިލްގެ ފްލުމިނެންސޭއާ ދެކޮޅަށެވެ.

މެންޗެސްޓަރ ސިޓީފީފާ ކްލަބް ވޯލްޑް ކަޕް 2025އަލް ހިލާލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު