Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ނިކޯ ގެންނަން ބާސެލޯނާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރޭ

ނިކޯ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި، ދެ ފަރާތަށް ވެސް ކަންކަމާ މެދު އެއްބަސްވެވި، އެންމެ ރަނގަޅު ޙާލަތު އަތުވެއްޖެ ނަަމަ، ބާސެލޯނާ އިން ނިކޯ ގެންނާނެ ކަމަށް ވެސް ޑެކޯ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖޫން 2025 | އަންގާރަ 08:25
އެތުލެޓިކް ބިލްބާއޯ އަށް ކުޅެމުން އަންނަ ސްޕެއިންގެ ނިކޯ ވިލިއަމްސް

އެތުލެޓިކް ބިލްބާއޯ އަށް ކުޅެމުން އަންނަ ސްޕެއިންގެ ނިކޯ ވިލިއަމްސް

އެތުލެޓިކް ބިލްބާއޯ އަށް ކުޅެމުން އަންނަ ސްޕެއިންގެ ނިކޯ ވިލިއަމްސް ހޯދުމަށް، ސްޕެއިންގެ ބާސެލޯނާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުލަބުން ހާމަކޮށްފި އެވެ.

އުމުރުން 22 އަހަރުގެ ނިކޯ ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ކުރަމުން އަންނަ ކަމަށް މީގެ ދުވަސް ކޮޅެއް ކުރިން މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން ބާސެލޯނާ އިން އަންނަނީ ނިކޯގެ އެޖެންޓާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުން ކަމަށް ބުނެފައިވާއިރު، ނިކޯ ހޯދުމުގެ ގޮތުން ބިލްބާއޯ އަށް ދައްކަން ޖެހޭ އަދަދާ މެދު އިތުރު މަޝްވަރާތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް އޭރު ވަނީ ބުނެފަ އެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ނިކޯ ވެސް ހުރީ ބާސެލޯނާ އަށް ބަދަލުވާން ބޭނުންވެފަ އެވެ. އަދި މި ފަހުން ނިކޯ ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ފެށީ އެކަމުގެ ފެހި ސިގުނަލް އެ ކުލަބަށް ލިބިގެން ކަމަށް ވެސް ބުނެފައިވެ އެވެ. ޚާއްސަކޮށް ނިކޯ ގެނައުމަށް، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބޭނުންވެފައި ހުރި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯ ބުނީ، ނިކޯ ހުރީ ބާސެލޯނާ އަށް އަންނަން ބޭނުންވެފައި ކަމަށާއި، އެއީ ތެދު ވާހަކަތަކެއް ކަމަށެވެ. އަދި ނިކޯ ހޯދުމަށް، ބާސެލޯނާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑެކޯ ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން ޑެކޯ ބުނީ، އެހެން ކުޅުންތެރިންނެކޭ އެއްފަދައިން، ނިކޯ ވެސް އަންނަނީ ބާސެލޯނާ އަށް ބަދަލުވާާން އިންތިހާ އަށް ޝައުޤުވެރިކަން ފާޅު ކުރަމުން ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ނިކޯ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި، ދެ ފަރާތަށް ވެސް ކަންކަމާ މެދު އެއްބަސްވެވި، އެންމެ ރަނގަޅު ޙާލަތު އަތުވެއްޖެ ނަަމަ، ބާސެލޯނާ އިން ނިކޯ ގެންނާނެ ކަމަށް ވެސް ޑެކޯ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޑެކޯ ބުނެފައި ވަނީ، ނިކޯ ހޯދުމުގެ މަސައްކަތް މީގެ ކުރިން ވެސް ބާސެލޯނާ އިން ކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ސީޒަންގައި ވެސް ނިކޯ ހޯދުމަށް ބާސެލޯނާ އިން ބޭނުންވި ކަމަށާއި، އަބަދު ވެސް އޭނާގެ ނަން ބާސެލޯނާގެ ލިސްޓުގައި އޮތް ކަމަށް ޑެކޯ ބުނެފައިވެ އެވެ.

ބިލްބާއޯ އާއެކު ނިކޯ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި އެއްބަސްވުން އުވާލާ ނަމަ، ބާސެލޯނާ އިން ބިލްބާއޯ އަށް އަގެއް ދައްކަން ޖެހޭނެ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެ އަގާ މެދު އޮތީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ.

އެގޮތުން ކުޑަ އަގެއްގައި ނިކޯ ދޫކޮށްލަން ބިލްބާއޯ އިން ބޭނުން ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ނިކޯ ދޫކޮށްލަން ބިލްބާއޯ އިން ހުށަހަޅަނީ 60 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަދަދެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ބާސެލޯނާ އިން ބޭނުން ވަނީ އެ އަދަދު ބަހާލައިގެން ދައްކަން ކަމަށާއި، ބިލްބާއޯ އިން އެކަމާ އިންކާރު ކުރާ ކަމަށް ބުނެފައިވެ އެވެ.

ނިކޯ ވަނީ ބިލްބާއޯ އަށް ކުޅެދިން 167 މެޗުގައި 31 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ކޮޕާ ޑެލް ރޭ ފުޓުބޯޅަ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. ނިކޯ އަކީ ސްޕެއިންގެ ޤައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ، އެ ޓީމުގައި ވެސް ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ.

ބާސެލޯނާނިކޯ ވިލިއަމްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު