Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ އެއްބަސްވުން ޝެޒްނީ އައު ކުރާނެކަން އިއުލާން ކޮށްފި

24 ޖޫން 2025 | އަންގާރަ 08:11

ޝެޒްނީގެ އައު އެއްބަސްވުމުގެ ލިޔެކިޔުންތައް ބާސެލޯނާ އިން ފުރިހަމަ ކޮށްފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރަމުން އަންނަނީ އެއްބަސްވުމުގައި ސޮއި ކުރުމަށް ކަމަށް ސްޕެއިންގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2025 | އަންގާރަ 08:11
ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ގޯލު ކީޕަރު ވޮޒްޝިއޭ ޝެޒްނީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ގޯލު ކީޕަރު ވޮޒްޝިއޭ ޝެޒްނީ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ގޯލު ކީޕަރު ވޮޒްޝިއޭ ޝެޒްނީގެ އެއްބަސްވުން އައު ކުރަން ނިންމާފައިވާ ކަމަށް، އެ ކުލަބުގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯ ބުނެފި އެވެ.

ބާސެލޯނާގެ އެއް ނަންބަރު ގޯލު ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމުގެ ސަބަބުން، އޭނާގެ ބަދަލު ކީޕަރެއްގެ ގޮތުގައި ޝެޒްނީ ބާސެލޯނާ އަށް ބަދަލުވީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެއީ ފުޓުބޯޅަ އިން ރިޓަޔާ ވުމަށް ނިންމުމަށް ފަހު، އެ ނިންމުން ބަދަލު ކުރުމަށްފަހު އެވެ.

އުމުރުން 35 އަހަރުގެ ޝެޒްނީ ބާސެލޯނާއާ ގުޅުނީ އެއް ސީޒަންގެ މުއްދަތަކަށެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް، ބާސެލޯނާގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން، އޭނާގެ އެއްބަަސްވުން އައު ކުރަން އެ ކުލަބުން އޮތީ ބޭނުންވެފަ އެވެ.

އެކަމާ ގުޅުން ހުރި މަޝްވަރާތައް ބާސެލޯނާ އިން ވަނީ ޝެޒްނީއާ އެކު ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެކަމާ ގުޅޭ ގޮތުން މި ފަހުން ވާހަކަ ދައްކަމުން ޑެކޯ ބުނެފައި ވަނީ، ބާސެލޯނާގެ އެއްބަސްވުން ޝެޒްނީ އައު ކުރާނެ ކަމަށާއި، އަދި އަންނަ ސީޒަންގައި އޭނާ ބާސެލޯނާ އަށް ކުޅޭނެ ކަމަށެވެ. ޑެކޯ ބުނީ އެ ނިންމުމާ ހަމައަށް އާދެވުނީ ކުލަބާއި، ޝެޒްނީއާ ދެމެދު ކުރިއަށް ގެންދިޔަ ގިނަ މަޝްވަރާތަކަށް ފަހު ކަމަށެވެ.

ބާސެލޯނާގެ އެއްބަސްވުން ޝެޒްނީ އައު ކުރާނީ ދެ އަހަރުގެ މުއްދަތަކަށެވެ. އެހެންކަމުން، 2027 ވަނަ އަހަރާ ހަމައަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ. ޝެޒްނީގެ އައު އެއްބަސްވުމުގެ ލިޔެކިޔުންތައް ބާސެލޯނާ އިން ފުރިހަމަ ކޮށްފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރަމުން އަންނަނީ އެއްބަސްވުމުގައި ސޮއި ކުރުމަށް ކަމަށް ސްޕެއިންގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އާސެނަލް، ބްރެންޓްފޯޑް، ރޯމާ އަދި ޔުވެންޓަސް އަށް ކުޅެފައިވާ ތަޖުރިބާކާރު ކީޕަރު ވަނީ މި ނިމުނު ސީޒަންގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި 30 މެޗުގައި ބާސެލޯނާގެ ގޯލު ބަލަހައްޓައިފަ އެވެ. އަދި ބާސެލޯނާ އާއެކު އޭނާ ވަނީ ތިން ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގުގެ އިތުރުން، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް އެވެ.

ބާސެލޯނާގައި ޝެޒްނީ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން، އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ގިނައިން އިސްކަން ދިނީ ވެސް އޭނާ އަށެވެ. އަދި ޝެޒްނީގެ އެއްބަސްވުން އައު ކުރުމަށާއި، އެ ކުލަބުގައި އޭނާ ބަހައްޓަން ފްލިކް ބޭނުންވެފައި ހުރި ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ބާސެލޯނާވޮޒްޝިއޭ ޝެޒްނީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް