Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންޑިޔާ ސިފައިންގެ މައްސަލަ

ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޓުކުރުމުގައި އިންޑިޔާގެ ސިފައިންގެ ބަދަލުގައި، އެގައުމުގެ އާންމު ރައްޔިތުން ތިއްބަސް އެންމެ ރަނގަޅު: ސަރުކާރު

ޑޯނިއާ އަދި ހެލިކޮޕްޓަރުގެ ޚިދުމަތް ދިވެހި ސަރުކާރުގެ ފަރާތުން ނުދެވޭނެ ނަމަ، ދިވެހި ސަރުކާރުގެ ފަރާތުން ވެސް އެ ޚިދުމަތް ދޭނެ ގޮތެއް ސަރުކާރުން ހޯދާނެ ކަމަށް ވެސް ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2024 | އާދީއްތަ 14:02
އިންޑިޔާ ސަރުކާރުން ހަދިޔާ ކުރި ޑޯނިއާ --- ފޮޓޯ/ އެމްއެންޑީއެފް

އިންޑިޔާ ސަރުކާރުން ހަދިޔާ ކުރި ޑޯނިއާ --- ފޮޓޯ/ އެމްއެންޑީއެފް

އިންޑިޔާގެ ސިފައިން، ރާއްޖޭގައި އޮޕަރޭޓުކުރާ ޑޮނިއޯ މަތިންދާ ބޯޓު އަދި ހެލިކޮޕްޓަރު ދުއްވުމަށް، އިންޑިޔާގެ ސިފައިންގެ ބަދަލުގައި އާންމު މީހުން ތިބުން އެންމެ ރަނގަޅުކަމަށް ސަރުކާރުން ބުނެފިއެވެ.

އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން މި އަންނަ މާރިޗުގެ 15 ގެ ކުރިން އެ ސިފައިން ރާއްޖެއިން ބޭލުމުގެ މަޝްވަރާތައް، ދެ ގައުމުގެ ސަރުކާރުން އާދިއްތަ ދުވަހު ވަނީ ފަށާފައެވެ.

Advertisement - newsAdvertisement

އެކަމުގެ މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ވަރަށް ތަފްސީލީ މަޝްވަރާތަކެއް ދެގައުމުގެ އިސްބޭފުޅުންގެ ކޮމެޓީގައި އެކަމާ ގުޅިގެން ކުރެވެމުން ދިޔަ ކަމަށާއި، މި މައްސަލައިގެ މަޝްވަރާއަށް، އިންޑިޔާއިން އެކަމަށް ޚާއްސަ ބޭފުޅުން ވެސް ރާއްޖޭގައި އެބަ އުޅުއްވާ ކަމަށެވެ.

އެގޮތުން އެ މަޝްވަރާގެ ތެރެއިން ރާއްޖޭގައި އެއްވެސް ކަހަލަ ބޭރުގެ ސިފައިންގެ ބަޔަކު ނުބޭތިއްބުމަށް ރާއްޖެއިން ހުށަހަޅާއިރު، ހެލިކޮޕްޓަރު އަދި ޑޯނިއާ ދުއްވުމަށް އިންޑިޔާގެ އާންމު ރައްޔިތުން ތިބުން އެންމެ ރަނގަޅުކަމަށް ސަރުކާރަށް ފެންނަ ކަމަށާއި، މަޝްވަރާތައް ކުރިއަށް ދަނީ އެގޮތުގެ މަތީން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެން ނަަމަވެސް ނާޒިމް ވިދާޅުވީ އެ މަޝްވަރާތައް ނިމޭނެ ގޮތެއް ވިދާޅުވާން އަދި މާ އަވަސް ކަމަށާއި، އެ ޚިދުމަތް އިންޑިއާ ސަރުކާރުގެ ފަރާތުން ނުދެވޭނެ ނަމަ، ދިވެހި ސަރުކާރުގެ ފަރާތުން ވެސް އެ ޚިދުމަތް ދޭނެ ގޮތެއް ސަރުކާރުން އެ މަޝްވަރާތަކުގެ ތެރެއިން ހޯދާނެ ކަމަށެވެ.

ނާޒިމް އެފަދައިން ވިދާޅުވިއިރު، ޑޯނިއާ އަކީ އިންޑިޔާގެ މިލިޓަރީ ބޭނުންތަކަށް، އެގައުމުން ބޭނުންކުރި މަތިންދާބޯޓެކެވެ. އެ ބޯޓު ރާއްޖޭގައި އޮޕަރޭޓް ކުރަނީ ދިވެހި ސިފައިންނާ ގުޅިގެން ނަމަވެސް، އިންޑިޔާގެ ސިފައިންނެވެ. އެހެން ކަމުން އެ ބޯޓު އަދި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އިންޑިޔާގެ އާންމުން ބޭނުންކުރެވޭނެ ގޮތަކާ މެދު ޢާންމުންދަނީ ސުވާލު އުފައްދަމުންނެވެ.

އިންޑިޔާ ސިފައިންގެ މައްސަލައަބްދުﷲ ނާޒިމް އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު