Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަލިތަކުން ރައްކާތެރިވުން

2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ

އެއިޑްސް ބަލި ކުރިން ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައި އެފަދަ ކަމަކަށް ޝައްކުކުރެވޭނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުމަށް އިލްތިމާސްކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޑިސެމްބަރު 2024 | ހޯމަ 14:42
ހެލްތް މިނިސްޓަރ ނާޒިމް

ހެލްތް މިނިސްޓަރ ނާޒިމް

އަންނަ އަހަރު ނިމުމުގެ ކުރިން، މައިމީހާގެ ފަރާތުން އެޗް.އައި.ވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގެ އަމާޒަށް މަސައްކަތްކުރުމަށް ގެންދާ ކަމަށް ހެލްތު ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޞިއްޚީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ ގާބޫލުކުރާ ފެންވަރަށް ރާއްޖޭގައި މި ބަލި ނައްތާލެވިފައިވާ ޤައުމަކަށް ހެދުންކަމަށެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވަނީ އެއިޑްސްފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ތިން ގައިޑްލައިނެއް ވެސް އިފްތިތާޙްކޮށްފައެވެ. އެއީ "ނޭޗަނަލް ގައިޑްލައިންސް އޮން އެޗް.އައި.ވީ، ވައިރަލް ހެޕަޓައިޓިސް ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަންސް" ގައިޑްލައިނެވެ.

މި ގައިޑްލައިން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. މި ގައިޑްލައިންގެ ސަބަބުން އެފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އޯގާތެރިކަމާއި އަޅާލުން ނިޒާމުގެ ތެރެއިން ދެމުންގެންދާކަން ސިއްޙީ ދާއިރާއިން ކަށަވަރުކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އެއިޑްސް ބަލި ކުރިން ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައި އެފަދަ ކަމަކަށް ޝައްކުކުރެވޭނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުމަށް ވެސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި މިފަދަ ކަންކަމުން އަރައިގަތުމަށް ޤައުމެއްގެ ގޮތުގައި އެކުއެކީގައި އެންމެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެޗްއައިވީ އެއިޑްސް އަދި ހެޕަޓައިޓިސް ފަދަ ބަލިތަކަށް ފަރުވާދިނުމާއި، މިކަމަށް މީހުން ހޭލުންތެރިކުރުމާއި ފަރުވާގެ ކަންކަން ރަނގަޅުކުރުމާއި ގުޅެގޮތުން ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންގޮސްފައެވެ. މި ޕެނަލްގައި ބައިވެރިވީ ރާއްޖޭގައި މިފަދަ ބަލިތަކަށް ފަރުވާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރުންނެވެ.

އަބްދުﷲ ނާޒިމް އިބްރާހީމް ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު