Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ކްލަބް ވޯލްޑް ކަޕް 2025

އިންޓަރ މިއާމީ އާއި ޕަލްމެއިރާސް ގަދަ 16 އަށް

މި ނަތީޖާ އާއެކު މި ގުރޫޕުގެ އެއް ވަނައިގައި ގަދަ 16 އިން ޖާގަ ހޯދީ ޕަލްމެއިރާސް އެވެ. އެއީ އެ ޓީމު ކުޅުނު ތިން މެޗުން ފަސް ޕޮއިންޓާ އެކު އެވެ. މިއާމީ ވެސް ކުޅުނު ތިން މެޗުން ފަސް ޕޮއިންޓު ލިބޭއިރު، އެ ޓީމު ދިޔައީ ދެ ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖޫން 2025 | އަންގާރަ 04:59
މެޗުގައި ލަނޑު ޖެހުމަށް ފަހު މިއާމީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު މިއާމީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕް އޭގައި އިންޓަރ މިއާމީ އާއި ޕަލްމެއިރާސް ބައްދަލު ކުރި މެޗު އެއްވަރުވެ، ދެ ޓީމަށް ވެސް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ލިބިއްްޖެ އެވެ.

މުބާރާތުގައި އިންޓަރ މިއާމީގެ ފުރަތަމަ މެޗުގައި އަލް އަހްލީއާ އެއްވަރުވި ނަމަވެސް، ދެ ވަނަ މެޗުގައި ވަނީ ޕޯޓޯގެ މައްޗަށް ކުރި ހޯދައިފަ އެވެ. ޕަލްމެއިރާސްގެ ފުރަތަމަ މެޗުގައި ޕޯޓޯއާ އެއްވަރުވީއިރު، ދެ ވަނަ މެޗުގައި ވަނީ އަލް އަހްލީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އަންގާރަ ދުވަހުގެ ފަތިހު މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި އިންޓަރ މިއާމީ އިން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ޕަލްމެއިރާސް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 16 ވަނަ މިނެޓުގައި އިންޓަރ މިއާމީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އުރުގުއޭގެ ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިއާމީ އަށް ލީޑު ނަގައިދިނީ ޓަޑެއޯ އަލެންޑޭ އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގެ 65 ވަނަ މިނެޓުގައި ސުއަރޭޒް ވަނީ މިއާމީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ޕަލްމެއިރާސްގެ ފުރަތަމަ ލަނޑު ޖެހީ ޕައުލީނިއޯ އެވެ. އޭގެ އަށް މިނެޓު ފަހުން އެ ޓީމުގެ މައުރީސިއޯ ވަނީ ދެ ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގައި މި ދެ ކުޅުންތެރިން ވެސް ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ.

މި ނަތީޖާ އާއެކު މި ގުރޫޕުގެ އެއް ވަނައިގައި ގަދަ 16 އިން ޖާގަ ހޯދީ ޕަލްމެއިރާސް އެވެ. އެއީ އެ ޓީމު ކުޅުނު ތިން މެޗުން ފަސް ޕޮއިންޓާ އެކު އެވެ. މިއާމީ ވެސް ކުޅުނު ތިން މެޗުން ފަސް ޕޮއިންޓު ލިބޭއިރު، އެ ޓީމު ދިޔައީ ދެ ވަނައިގަ އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕް 2025އިންޓަ މިއާމީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު