Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމެރިކާ ލީގްސް ކަޕް

ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް

މެޗުގައި މިއާމީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޓައިގްރެސް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން މިއާމީ ވަނީ މެޗުން މޮޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 04:35
މެޗުގައި ލަނޑު ޖެހުމަށް ފަހު ސުއަރޭޒް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސުއަރޭޒް އުފާ ފާޅު ކުރަނީ

އެމެރިކާ ލީގްސް ކަޕްގެ ކުއާޓަރ ފައިނަލްގައި ޓައިގްރެސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަރ މިއާމީ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ކުޅުނު ކުއާޓަރ ފައިނަލްގެ މެޗު މިއާމީ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި މިއާމީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޓައިގްރެސް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން މިއާމީ ވަނީ މެޗުން މޮޅުވެފަ އެވެ.

މި މެޗުގައި މިއާމީ އަށް ކުޅެމުން އަންނަ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެފައި ނުވެ އެވެ. އެ މެޗުގެ ކުރިން އެމެރިކާ ލީގުގައި ގެލެކްސީއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ކުޅެ، ލަނޑު ވެސް ޖެހި އެވެ. ނަމަވެސް، ކުއާޓަރ ފައިނަލް މެޗަށް މިއާމީ އިން އެކުލަވާލި ސްކޮޑުގައި ވެސް މެސީ ހިމަނާފައި ނުވެ އެވެ.

މެޗު ފަށައިގެން 23 ވަނަ މިނެޓުގައި މިއާމީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެއީ ޓައިގްރެސްގެ އޭރިޔާ ތެރެއިން ޖޯޑީ އަލްބާ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހުމުން މިއާމީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އުރުގުއޭގެ ލުއިސް ސުއަރޭޒް ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު މިއާމީ އަށް ލިބުނު ނަމަވެސް، އެ ޓީމަށް ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗުގެ ދެ ވަނަ ހާފުގައި ޓައިގްރެސް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 67 ވަނަ މިނެޓުގައި ޓައިގްރެސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންހެލް ކޮރެއާ އެވެ.

އޭގެ ފަހުން މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގައި މިއާމީ އަށް ވަނީ ދެ ވަނަ ޕެނަލްޓީއެއް ލިބިފަ އެވެ. އެއީ ޓައިގްރެސްގެ އޭރިޔާ ތެރެއިން ރޮޑްރީގޯ ޑި ޕައުލް ފޮނުވާލި ބޯޅަ އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހުމުން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް، މިއާމީ ސެމީ ފައިނަލަށް ގެންގޮސްދިނީ ވެސް ސުއަރޭޒް އެވެ.

އިންޓަރ މިއާމީ އިން ވަނީ 2023 ވަނަ އަހަރުގެ ލީގްސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އެމެރިކާ ލީގްސް ކަޕްއިންޓަ މިއާމީލުއިސް ސުއަރޭޒް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު