Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓުގެ ހުކުމް

އިންތިިިހާބީ މަގާމު ކަށަވަރުވާ މާއްދާ ސުޕްރީމް ކޯޓުން ބާތިލެއް ނުކުރި!

28 އޯގަސްޓު 2017 | ހޯމަ 08:08

ދައުލަތުން ބުނީ ގާނޫނާއި ހުކުމާ ތައާރުޒުވާ ކަމަަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 28 އޯގަސްޓު 2017 | ހޯމަ 08:08
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ސިޔާސީ ޕާޓީއަކުން ވަކިކުރިޔަސް އިންތިހާބީ މަގާމު ނުގެއްލޭނެ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ މާއްދާ ބާތިލްކުރުމަށް ދައުލަތުން އެދުނު ނަމަވެސް، ސުޕްރީމް ކޯޓުން އެކަމާ މެދު ގޮތެއް ނުނިންމައި، ދޫކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދަނިކޮށް ދައުލަތުން ވަނީ ސިޔާސީ ޕާޓީތަކުގެ 16 ވަނަ މާއްދާގެ (ބ) ބާތިލްކުރަން ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާއަކީ މެންބަރަކާ މެދު ސުލޫކީ ފިޔަވަޅު އެޅުމާއި މެންބަރުކަމުން ވަކިކުރުމާ ބެހޭ މާއްދާއެވެ. އެ މާއްދާގެ (ބ) ގައި ބުނަނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.

ބަންޑާރަނައިބުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވި ވަކީލާ މާޝާ ލުތުފީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ ގާނޫނު އަސާސީގެ މާއްދާއެއް މާނަކޮށް ނެރެފައިވާ ހުކުމެއް ކަމަށާއި ގާނޫނެއްގެ މާއްދާއެއް އެ ހުކުމާ ތައާރުޒުވާނަމަ ބާތިލްކުރަން ވާނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ. އަދި އެ މާއްދާ ދެމިއޮންނަ ނަމަ ސުޕްރީމް ކޯޓުގެ ހުކުމުގެ މަގްސަދު ހާސިލް ނުވާނެ ކަމަށާއި މެންބަރުން ޕާޓީ ބަދަލުކުރުމަށް ހައްލެއް ހޯދައި ނުދެވޭނެ ކަމަށެވެ.

މާޝާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއި ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ތައާރުޒުވާ ކަމަށާއި، އެ މާއްދާ ބާތިލް ނުކޮށްފިނަމަ ހުކުމުގައި ބުނާ ތިން ހާލަތުން ކުރެ ހާލަތެއްގެ ބޭނުން ކެނޑިގެންދާނެ ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވި އެ ހާލަތަކީ ސިޔާސީ ޕާޓީން ވަކިކޮށްފިނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ހުކުމުގައި ބުނާ ހާލަތް ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް، އިންތިޚާބު ކާމިޔާބުކުރާ މެންބަރުންގެ ތެރެއިން ޕާޓީ ބަދަލުކުރާ މެންބަރުންނާއި، ވަކިކުރާ މެންބަރުންނާއި ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ދަށުން، ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ކުރި އެ ހުކުމުގައި ވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ބާތިލްކޮށްފައެއް ނުވެއެވެ.

އެ ހުކުމުގެ ފަހުން ޖުލައި 16 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނާއި، ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތަށް ތަބާވުން އިސްތިސްނާ ކުރެވިގެން ނުވާކަން ހުކުމުގައި ކަނޑައެޅިގެން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ބުނާ މާއްދާ ދެމި އޮންނާނެއެވެ.

މެންބަރުންގެ ގޮނޑީގެ މައްސަލައިގައި އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވެސް ސިޔާސީ ޕާޓީގެ ގާނޫނުގެ އެ މާއްދާއާ މެދު ވަކިގޮތެއް ކަނޑައަޅާފައިނުވެ އެވެ.

ސިޔާސީ ޕާޓީއަކުން ވަކިކުރިޔަސް އިންތިހާބީ މަގާމު ނުގެއްލޭނެ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ މާއްދާ ބާތިލްކޮށްފައި ނުވާތީ، މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްޚަ ނޫންކަން ހާމަވާ ކަމަށް މެންބަރުންގެ ވަކީލުން ވިދާޅުވެއެވެ.

އެހެންނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހުގެ ރޭ ވަނީ އެ ކޮމިޝަނުގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފައިނުވާ ކަމަށް ބުނެ، މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބަލައި، އެ ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވާނެކަން ހާމަކޮށްފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 މާރިޗު 2017

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

15 މާރިޗު 2017
ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ
11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
11 ފެބުރުއަރީ 2017

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

11 ފެބުރުއަރީ 2017
ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް