Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ އިންތިހާބު

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

ވަގުތީ ނަތީޖާ އިއުލާންކޮށްފައި ވަނީ 150 ވޯޓް ފޮށީގެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2017 | ހޮނިހިރު 01:36
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ހަސަން ލަތީފަށް ކަށަވަރުވި ވަގުތު އެޕާޓީގެ މެންބަރުން މަރުޚަބާ ކިޔަނީ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ހަސަން ލަތީފަށް ކަށަވަރުވި ވަގުތު އެޕާޓީގެ މެންބަރުން މަރުޚަބާ ކިޔަނީ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވާއިފިއެވެ.

ހުކުރު ދުވަހު މެންދުރު 2:00 އިން އިރުއޮއްސި 6:00 ކުރިއަށްދިޔަ އިންތިހާބުގައި 202 ވޯޓް ފޮށި ބަހައްޓާފައިވާއިރު، ވަގުތީ ނަތީޖާ އިއުލާންކޮށްފައި ވަނީ 150 ވޯޓް ފޮށީގެއެވެ. ބަކީ 52 ވޯޓް ފޮށީގެ ނަތީޖާ އިއުލާނުކުރާނީ ހޮނިހިރު ދުވަހު އެވެ.

ޗެއާޕާސަންގެ މަގާމު ކަށަވަރުކުރަން މަދުވެގެން 5000 ވޯޓް ހޯދަން ޖެހޭއިރު، މިހާތަނަށް ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާ ފޮށިތަކުން ހަސަން ލަތީފަށް 23188 ވޯޓް ލިބިވަޑައިގެންފައިވެ އެވެ. އެ ވޯޓްފޮށިތަކަށް ޖުމުލަ 23404 މީހުން ވޯޓް ލާފައިވެ އެވެ. އޭގެ ތެރެއިން ޗެއާޕާސަން ކަމަށް ހަސަން ލަތީފް އިންތިިހާބު ކުރަން ނުފެންނަ ކަމަށް 160 މީހުން ވޯޓް ދިނެވެ. އަދި ބާތިލް 56 ބާތިލް ވެސް ހިމެނެ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ބުނެފައި ވަނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާ މީހަކު އެމަގާމަށް ހޮވެނީ އެންމެ މަދުވެގެން އެ ޕާޓީގެ މެމްބަރުންގެ ތެރެއިން 5،000 މެމްބަރުންގެ ތާއިދު ލިބުމުންނެވެ.

ޗެއާޕާސަންގެ މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމުމުނެވެ.

މި އިންތިހާބުގެ ވޯޓްލުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ކޮލަމްބޯގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކޮލަމްބޯގައި ވޯޓް ލައްވާފައެވެ.

މާލޭގައި ދިރިއުޅޭ އެޕާޓީގެ މެމްބަރުން ވޯޓްލުމަށް ޖުމްލަ 7 ވޯޓް ފޮއްޓެއް ބެހެއްޓި އެވެ.

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ތެރެއިން

އެމްޑިޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ހަރަކާތަކުގައި ބައިވެރިވުމަށް ރައްޔިތުންނަން ބިރުދައްކަމުންދާއިރު ވެސް ޗެއާޕާސަންގެ ވޯޓްގައި އެ ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އައު ޗެއާޕާސަނަކާއި އެކު ޕާޓީގެ ހިންގުން ޙަރުދަނާވާނެ ކަމަށް އެނާ ވިދާޅުވިއެވެ. ޗެއާޕާސަންގެ މަގާމަށް ހޮވުމަށްފަހު އެއްމެ މުހިއްމު އިސްކަމެއް ދެއްވާނީ ހަސަން ވިދާޅުވާގޮތުން ނަމަ ޕާޓީގެ އޮނިގަނޑުގެ ތެރެއިން ކަން ކަން އިންތިޒާމްކޮށް، އިންތިޚާބްތައް ޕާޓީއަށް ކާމިޔާބު ކޮށްދިނުމެވެ. އަދި ޕާޓީގެ ހަރަކާތްތައް އަތޮޅު ތަކުގައި ފޯރި އާއި އެކު ހިންގޭނެ އޮނިގަނޑެއް ގާއިމުކުރުން ކަމަށް ހަސަން ވިދާޅުވިއެވެ.

ޗެއާޕާސަންގެ މަގާމު ކަށަވަރުކުރުމުން އޭނާއަށް އެޕާޓީގެ މެމްބަރުންދަނީ މަރުޙަބާ ކިޔަނީ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހަސަން ލަތީފް ކުރިމަތިލެއްވުމުގެ މައިގަނޑު ސަބަބަކީ ސިޔާސީ މަސައްކަތަށް ފަހިވާނެ ގޮތަށް ޕާޓީގެ އިދާރީ ހިންގުން ވަރުގަދަކުރުއްވުން ކަމަށް އޭނާ ވިދާޅުވެއެވެ.

ހަސަން ލަތީފް ޗެއާޕާސަންގެ މަގާމު ކަށަވަރުކުރުމުން އޭނާއަށް އެޕާޓީގެ މެމްބަރުންދަނީ މަރުޙަބާ ދަންނަވަމުންނެވެ. އެގޮތުން ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހަސަން ލަތީފަށް މަރުޙަބާ ދަންނަވާ ޓްވިޓް ކުރައްވާފައެވެ.

ޗެއާޕާސަންގެ މަގާމް ހަސަން ލަތީފް ކަށަވަރުކުރުމުން އޭނާ ވަގެންދާނީ އެޕާޓީގެ ފަސް ވަނަ ޗެއާޕާސަނަށެވެ. އެމްޑީޕީގެ އެންމެ ފުރަތަމަ ޗެއާޕާސަނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު