Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހު ވަކިކުރުން

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

ބޭނުންވާ އަދަދަށް ވޯޓު ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 11 މާރިޗު 2017 | ހޮނިހިރު 22:08
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ފަލަސުރުހީ ޕްރޮގްރާމްގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ފަލަސުރުހީ ޕްރޮގްރާމްގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މަޤާމުން ދުރުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެއަށްފަހު، މަޖިލީހުގެ އަޣުލަބިއްޔަތު ވެސް "ގުޅިފައިވާ ކޯލިޝަނުން" ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖެޓިވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ވައްދާފައިވާ، އެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބުކުރެވޭނެ ފުރިހަމަ އިތުބާރު އޮތް ކަމަށް ފާރިސް ތަކުރާރުކޮށް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 26 މެމްބަރުންގެ ސޮޔާއެކު ވައްދާފައިވާއިރު، އެ މައްސަލަ ކާމިޔާބުކުރަން ބޭނުންވަނީ 42 މެމްބަރުންގެ ވޯޓް ކަމަށާއި އެއަށް ވުރެ ގިނަ މެމްބަރުންގެ ވޯޓް ލިބޭނެ ކަމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވި އެވެ.

ފަލަސުރުހީގައި ފާރިސްއާއެކު ބައިވެރިވެވަޑައިގެންނެވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން ތާއިދު ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ބޭނުންވާ އަދަދަށް ވޯޓު ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ނަމަވެސް، ވޯޓު ލުމާ ހަމައަށް ދަންދެން، ވޯޓު ދެއްވަން ތިއްބެވި މެންބަރުންނަށް ސަރުކާރުގެ ފަރާތުން، ބޮޑެތި ހުށަހެޅުންތަކާއި ފިއްތުންތަކާއި ކުރިމަތިލާން ޖެހިވަޑައިގަންނަވާނެކަން ފާހަގަ ކުރައްވާ، ފާރިސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް އެއްވެސް މެމްބަރަކު ޖެހިލުންވެ ވަޑައި ނުގެން މަސައްކަތް ކުރެއްވުމަށާއި ސަރުކާރުން އެ ބޭފުޅުންނަށް ގޮތެއް ނުހެދޭނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

މި ވޯޓާ ގުޅިގެން ސަރުކާރުން ދައްކަފާނެ ބިރަކަށް ޖެހިލުންވެވަޑައިނުގަންނަވާ ކަމަށާއި ޖަލު ގޮޅިއަށް ދާން ޖެހުނަސް ތައްޔާރު ކަމަށް ފާރިސް ވިދާޅުވި އެވެ.

"މަޖިލީހުގެ މެމްބަރުންގެ އަތުގައި މިހާރު މިއޮތީ ގައުމުގެ މުސްތަގުބަލު،" ފާރިސް ވިދާޅުވި އެވެ.

އެހެންވެ، މިކަމަށް ވިޔަފާރިވެރިންގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން މެމްބަރުންނަށް ހިތްވަރު ދެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މެމްބަރު އަލީ ހުސައިން ވިދާޅުވީ، ކޮންމެ ރައްޔިތަކު ވެސް އެ ބޭފުޅެއްގެ ދާއިރާގެ މެމްބަރަކަށް ގުޅާފައި މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ތާއިދުކޮށް ދިނުމަށް އެދެން ޖެހޭ ކަމަށެވެ. އެކަން ކުރަން ޖެހެނީ ދައުލަތް ޒިންމާދާރުކުރަން ކަމަށާއި އޭރުން، މަސްވެރިންނަށް ބެޔަސް ނުބެޔަސްގެ 10،000 ރުފިޔާ ނުލިބޭ މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ރައީސް ޔާމީން ޒިންމާދާރު ކުރެއްވޭނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު މަސީޙު، މަޖިލީހުގެ ރައީސްކަމުން ދުރުކުރުމަށްފަހު އެ މަޤާމަށް އައްޔަން ކުރާ ފަރާތެއްގެ ރިޔާސަތުގައި މަޖިލީހުގެ މަސައްކަތްތައް އަވަސް ކުރެވި، ރައްޔިތުންގެ ވިންދާއި އެއްގޮތަށް، ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. ރައްޔިތުންގެ ޙައްޤުތައް ގެއްލޭ ގޮތަށް މިހާރު ފާސްކޮށްފައި ހުރި ޤާނޫނުތައް، ރައްޔިތުންގެ ޙައްޤުތައް ނުގެއްލޭ ގޮތަށް ބަދަލުކޮށް، މަޖިލީހުގެ ތެރެއިން މުއައްސަސާތައް ޒިންމާދާރު ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ކަމަށް އާ ބޭފުޅަކު އައްޔަން ކުރުމުގެ ވާހަކަ ފާރިސް ފާހަގަ ކުރެއްވި ނަމަވެސް، އެ މަޤާމަށް ވަކި ބޭފުޅަކު އައްޔަން ކުރުމަށް ނިންމާފައިވާކަން ފާރިސް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު