Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީން މާލީ އެހީ

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

އަންހެނުންގެ ރޫހުގެ އެއްވުމެއް އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި

| 6 މާރިޗު 2017 | ހޯމަ 22:23
ފަލަސުރުހީ ޕްރޮގްރާމްގައި ޝިފާ އާާއި ރާއްޖެޓީވީގެ އަހްމަދު މުހްސިން

ފަލަސުރުހީ ޕްރޮގްރާމްގައި ޝިފާ އާާއި ރާއްޖެޓީވީގެ އަހްމަދު މުހްސިން

އެމްޑީޕީގެ ޓިކެޓްގައި ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް މާލީ އެހީ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީގައި ޝިފާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި، އެމްޑީޕީން ސިޔާސީ މަގާމުތަކަށް ވާދަކުރުމުގައި އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ހާއްސަކުރަން ވިސްނާ ކަމަށެވެ. އަދި މިހާރުން ފެށިގެން ވެސް ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެން ބޭފުޅުންނަށް ކެމްޕޭނު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް މަސައްކަތްކޮށްދީ، މާލީ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

"މިކަމުގެ ސަބަބުން އެމްޑީޕީއަށް ވަންނަ އަންހެން ބޭފުޅުންގެ އަދަދު އިތުރުވެގެންދާނެ،" މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ވެސް ހުންނެވި ޝިފާ ވިދާޅުވި އެވެ.

ސިޔާސީ ކަންކަމަށް ޝައުގުވެރިވާ ގާބިލް ކިތަންމެ އަންހެނުންނެއް އެބަ ތިބި ކަމަށާއި އެފަދަ ކަނބަލުން ވާދަކުރަން ޖެހިލުން ވަނީ ކެމްޕޭނުކުރުމުގައި ހުރި ބައެއް ދަތިތަކުގެ ސަބަބުން ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.

އެމްޑީޕީއަކީ އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރާ ޕާޓީއެެއް ކަމަށާއި އަންހެނުންގެ ހައްގުތައް ހޯދައި ދިނުނަމަށާއި ސިޔާސީ ގޮތުން އަންހެނުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށް ޝިފާ ވިދާޅުވި އެވެ. އެމްޑީޕީ ހިންގުމުގައި އަންހެނުންގެ ދައުރު ބޮޑުވެފައިވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ. މި އަހަރުގެ އަންހެނުން ދުވަސް ފާހަގަކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ އަންހެނުންގެ ރޫހުން ކާނިވާ ސަރަހައްދުގައި ހާއްސަ އެއްވުމެއް ބާއްވަން ނިންމާފައިވާއިރު، ޝިފާ ވިދާޅުވީ އެ އެއްވުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަކީ މުހިންމު ކެމެއް ކަމަށެވެ. އެ ބައްދަލުވުމުގައި އަންހެނުންގެ ޝުއޫރުތައް ފާޅުކޮށް، ހައްގުތަކަށް އަޑު އުފުލާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަންހުންނަށް ލިބިގެން ދިޔަ އިޖުތިމާއީ ރައްކާތެރިކަމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ވެސް ލިބިފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތައް އެއް ގަލަކަށް ނާރާނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރައްދު ދެއްވައި ޝިފާ ވިދާޅުވީ އެމްޔޫއޯގެ މެމްބަރުން މަސައްކަތް ކުރަނީ ގުޅިގެން ކަމަށާއި ސިޔާސީ ފިކުރުގައި ތަފާތުވުން ހުރި ނަމަވެސް، ގައުމީ ކަންކަމުގައި އަދި ގައުމު ހަމައަކަށް އެޅުވުމުގައި އިދިކޮޅު އެންމެ ތިބީ އެކުގައި ބަދަހިކޮށް ކަމަށެވެ.

ރައީސް ޔާމީން ޖެހިލުންވެވަޑައިގަންނަވަނީ. ޝިފާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތައް ގުޅިގެން މަސައްކަތް ކުރާތީ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު