Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަސުރުޙީ

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

މަޖިލީހުގެ ރައީސް މަހީގެ ކަންކަން ކުރައްވަނީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 15 މާރިޗު 2017 | ބުދަ 05:04
އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެނބިނެޓް މިނިސްޓަރ ސިދާތާ ޝަރީފް ފަލަސުރުހީ ޕްރޮގްރާމުގައި

އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެނބިނެޓް މިނިސްޓަރ ސިދާތާ ޝަރީފް ފަލަސުރުހީ ޕްރޮގްރާމުގައި

ގައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިކުރަން ޖެހޭ ކަމަށާއި، އޭނާގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުވެއްޖެނަމަ މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުވެ، ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޒިންމާ އިފުލަން މަގުފަހިވެގެން ދާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެނބިނެޓް މިނިސްޓަރ ޝިދާތާ ޝަރީފް އެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ޝިދާތާ ވިދާޅުވީ މި މަހުގެ 27 ވަނަ ދުވަހަށް ތާވަލްކޮށްފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔަބުވެއްޖެނަމަ ދިވެހިރާއްޖޭގެ ސިޔަސީ މަސްރަޙަށް ބޮޑަތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. ދިވެހި ރާއްޖޭގެ ހާލަތު ބަދަލުކުރުމަށް ދިވެހި ރައްޔިތުންގެ ޙައްގުގައި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހުގެ ރައީސްގެ އިތުބަރު ނެތް ކަމަށް ވޯޓް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިވޯޓް ކާމިޔާބު ވެއްޖެނަމަ ދިވެހިން ބޭނުންވާ ފަދަ އިންސާފްވެރި ފަނޑިޔާރުގެއެއް ލިބި އަދުލުއިންސާފްގެ ނިޒާމް ހަރުދަނާ ވެގެންދާނެކަމާއި އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުވެސް އިންސާފްވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ، ގިނަ ކަންތައްތަކަކާއި ގުޅިފައިވާ ވޯޓެއް. އެންމެ ކަމަކަށްވުރެ ގިނަ ކަންތައްތަކާއި، އެ ވޯޓް ގުޅިފައިވޭ. މިނިވަން މުއައްސަސާތައް މިނިވަންވެގެންދާނެ. އޭގެއިތުރުން ޖުޑީޝަރީގެ މިނިވަންކަންވެސް އިތުރުކުރެވިގެންދާނެ. އަދިވެސް ގިނަ ކަންތައްތަކެއް ހުރީ މި ވޯޓާއި ގުޅިފައި،" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު ކަންކަން ކުރައްވަނީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ގިނަ މެމްބަރުން ގަބޫލުކުރާ ކަމަށެވެ.

ޝިދާތާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ޖަރީމާތަކަށް ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ތާއިދު ނުކުރާ ކަމަށެވެ. އެހެން ނަމަވެސް އަބަދުވެސް އަޑުއިވެނީ ސަރުކާރަށް ތާއިދުކުރާ މަޖިލީހުގެ މެމްބަރުންނަން މިނިވަންކަމާއެކު ވޯޓްލުމުގެ އިޙްތިޔާރެއް ނޯންނަ ވާހަކަ ކަމަށް ވީނަމަވެސް، މިފަހަރުގެ ވޯޓުން ތަފާތު ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީ އާއި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރުން ހިމެނޭ ގޮތަށް މިމަހުގެ އަށް ވަނަ ދުވަހު އެވެ. މި މައްސަލައިގައި އެމްޑީއޭއަށް ނިސްބަތްވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ސޮއިކުރައްވާފައިވެ އެވެ. ޖުމުލަ 26 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުއްވި މި މައްސަލަ ކާމިޔާބު ވާނެ ކަމަށް ގުޅިފައިވާ ކޯލިޝަންގެ މެމްބަރުން ވިދާޅުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން

ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން

12 އެޕްރީލު 2017
ތުހްމަތުތަކުގައި އެއްވެސް އަސްލެއް ހަގީގަތެއް ނެތް: މަސީހް

ތުހްމަތުތަކުގައި އެއްވެސް އަސްލެއް ހަގީގަތެއް ނެތް: މަސީހް

27 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު

މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު

26 މާރިޗު 2017
ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!

ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!

25 މާރިޗު 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު