Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާާން ހަނގުރާމަ

އިންޓެލިޖެންސް ރިޕޯޓާ ދެކޮޅު ހައްދަވައި، ޓްރަމްޕް ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް

ޓްރަމްޕް ވިދާޅުވެފައި ވަނީ، އިންޓެލިޖެންސް ކޮމިއުނިޓީގެ ނިންމުން ރަނގަޅު ނޫން ކަމަށް. އަދި ވިދާޅުވީ ނެޝަނަލް އިންޓެލިޖެންސްގެ ޑައިރެކްޓަރު ގަބާޑް "ގޯސް" ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2025 | ހޮނިހިރު 10:05
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން، އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ނެރުނު ރިޕޯޓާ، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވައިފި އެވެ.

އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސް ޑައިރެކްޓަރު ޓުލްސީ ގަބާޑްގެ ރިޕޯޓާ ދެކޮޅު ހައްދަވާކަން ހާމަކ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އިން އަންނަނީ ނިއުކްލިއާ ހަތިޔާރު އުފައްދަމުން ކަމަށެވެ. 

މިއަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސް އަށް ހުށަހެޅި ރިޕޯޓުގައި ގަބާޑް ވިދާޅުވެފައި ވަނީ، އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމެއް އަލުން ފެށުމަށް، އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހުއްދަ ދެއްވާފައި ނުވާ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އެހެން ނަމަވެސް، ހުކުރު ދުވަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އިންޓެލިޖެންސް ކޮމިއުނިޓީގެ ނިންމުން ރަނގަޅު ނޫން ކަމަށެެވެ. އަދި ވިދާޅުވީ ނެޝަނަލް އިންޓެލިޖެންސްގެ ޑައިރެކްޓަރު ގަބާޑް "ގޯސް" ކަމަށެވެ.

ޓްރަމްޕް އެހެން ވިދާޅުވީ ފަހުން، ގަބާޑް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހަފުތާތަކެއް، ނުވަތަ މަސްތަކެއްގެ ތެރޭގައި އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދޭ ވަރަގެ ޤާބިލުކަން ލިބިފައިވާ ކަމަށެވެ. ނަމަވެސް، މިއީ އީރާން އިން މިހާރު ހަތިޔާރު އުފައްދަމުން ނުދާ ކަމަށް ބުނި ބުނުމާ، ފުށުއަރާ ވާހަކައެއް ނޫނެވެ. އަދި އީރާން އިން ނިއުކްލިއާ ހަތިޔާރު އުފައްދަމުން އަންނަ ކަމަށް ބުނާ އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއް ވެސް މިހާތަނަށް ލިބިފައި ނުވެ އެވެ. 

އެކަމާ ގުޅިގެން އަލް ޖަޒީރާގެ ސީނިއާ ޕޮލިޓިކަލް އެނަލިސްޓު މަރްވާން ބިޝާރާ ވިދާޅުވެފައި ވަނީ، ޤައުމެއްގެ ރައީސަކު މިފަދަ ގޮތަކަށް އިންޓެލިޖެންސް ކޮމިއުނިޓީއާ ދެކޮޅު ހެދުމަކީ ވަރަށް މަދުން ހިނގާ ކަމެއް ކަމަށެވެ. 

އެމެރިކާގެ ރައީސް ކަމުގައި ދެ ވަނަ ދައުރެއް ފުރުއްވަމުން އަންނަ ޓްރަމްޕް އިތުރަށް ވިދާޅުވެފައި ވަނީ، އިސްރާއީލާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އިން މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ވެފައިވާ ކަމަށެވެ. އަދި އެމެރިކާ އިން ނިންމުމެއް ނިންމަން، ދެ ހަފުތާއެއްހާ މުއްދަތު ނެގުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ހަނގުރާމައާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަނގުރާމައިގެ ނަޒަރަކުން ބަލާ ނަމަ، އިސްރާއީލް އިން އަންނަނީ ކާމިޔާބީތަކެއް ހޯދަމުން ކަމަަށެވެ. އެއާ ޚިލާފަށް، އީރާނަށް ހޯދެމުން އަންނަނީ މަދު ނުވަަތަ ކުޑަ ކާމިޔާބެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު