Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

އަނިޔާގެ ސަބަބުން އެ ޓީމުގެ ވިލިއަމް ސަލީބާ، ޑަޔޮޓް އުޕަމަކާނޯ އަދި ޖޫލްސް ކޫންޑޭ އަށް ނުކުޅެވޭނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖޫން 2025 | ބުރާސްފަތި 04:50
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށް ނިކުންނައިރު، ފްރާންސްގައި އަނިޔާގެ މައްސަލަތަކެއް އޮތް ނަމަވެސް ޓީމުގައި ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ސްޕެއިންއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ، ސްޕެއިންއާ ދެކޮޅަށް ނިކުންނައިރު، ޚާއްސަކޮށް އެ ޓީމުގެ އެޓޭކިން ވަރުގަދަ ވާނެ ކަަމަށް ޤަބޫލު ކުރާ ކަމަށެވެ. އެހެން ނަމަވެސް، ސްޕެއިންއާ ދެކޮޅަށް ކުޅެން ފްރާންސް ބަލިކަށި ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ޑެޝޯމްޕްސް މިހެން ބުނެފައިވާއިރު، ސްޕެއިންއާ ދެކޮޅަށް ފްރާންސްގެ ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. އަނިޔާގެ ސަބަބުން އެ ޓީމުގެ ވިލިއަމް ސަލީބާ، ޑަޔޮޓް އުޕަމަކާނޯ އަދި ޖޫލްސް ކޫންޑޭ އަށް ނުކުޅެވޭނެ އެވެ. މިއީ ފްރާންސްގެ ޑިފެންސްގައި ޑެޝޯމްޕްސް އިސްކަން ދޭ މުހިންމު ތިން ކުޅުންތެރިންނެވެ.

އެ މައްސަލަތަކުގެ ތެރެއިން ސެމީ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ކުޅެން ޖެހޭއިރު، ޑެޝޯމްޕްސް ބުނީ ޓީމުގައި ތިބި ކުޅުންތެރިންނަށް އޭނާގެ އިތުބާރު އޮންނާނެ ކަމަށެވެ. އަދި މެޗާ ކުރިމަތިލާނީ އެ ކުޅުންތެރިންނަށް އޮންނަ ޔަގީންކަމާ އެކު ކަމަށާއި، މެޗު ކާމިޔާބު ކުރަން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޑެޝޯމްޕްސް ބުނީ ފްރާންސް އިން ސެމީ ފައިނަލަށް ނިކުންނަނީ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ. އަދި އެ ޓީމުގެ ފަރިތަކުރުމާއި، ޓީމުގެ ތައްޔާރީތަކާ މެދު ވެސް ހިތްހަމަ ޖެހޭ ކަމުގައި ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ. ސްޕެއިންއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށް ވެސް އޭނާ ޤަބޫލު ކުރެ އެވެ.

އިތުރަށް އޭނާ ވަނީ ފްރާންސްގެ އޮސްމާން ޑެމްބެލޭ އަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. ޚާއްސަކޮށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު ޑެމްބެލޭ ހޭދަކޮށްފައި ވަނީ ކާމިޔާބު ސީޒަނެއް ކަމަށާއި، އޭނާގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށް ޑެޝޯމްޕްސް ބުންޏެވެ. އެހެންކަމުން ޑެމްބެލޭ އަށް މިވަގުތު ޚާއްސަ ކަމެއް އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް އިން ވަނީ 2020-2021 ވަނަ އަހަރު ނޭޝަންސް ލީގު ކާމިޔާބު ވެސް ކޮށްފަ އެވެ. އެފަހަރުގެ ފައިނަލްގައި ފްރާންސް އިން މުބާރާތް ކާމިޔާބު ކުރީ ސްޕެއިންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުޔުއެފާ ނޭޝަންސް ލީގުޑިޑިއޭ ޑެޝޯމްޕްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ

ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ

11 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި

ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި

10 ސެޕްޓެމްބަރު 2025
ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި

ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި

06 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު