Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އައިއިރު، ފޭވަރިޓުންގެ ގޮތުގައި އެއްވެސް ޓީމެއް ފާހަގަވާން ނެތްކަން ފާހަގަކޮށް ފުއަންޓޭ ބުނީ، ފައިނަލަށް ދެވޭނީ އެންމެ މޮޅު ދެ ޓީމަށް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖޫން 2025 | ބުރާސްފަތި 04:49
ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ

ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ނިކުންނައިރު، ފޭވަރިޓުންނެއް ނެތް ކަމަށް އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ފްރާންސްއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ސްޕެއިންގެ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، ސްޕެއިންގެ ސްކޮޑުގައި މިހާރު ތިބި ކުޅުންތެރިންނާ މެދު އޭނާގެ އިތުބާރު ބޮޑު ކަމަށެވެ. އަދި އެ ކުޅުންތެރިންނަކީ ސްޕެއިން އަށް އެތައް ކާމިޔާބެއް ގެނެސްދީ، އުފާވެރިކަން ހޯދައިދޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށް ވެސް އޭނާ ބުންޏެވެ.

ހަމައެކަނި ފްރާންސްއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗު ނޫން ކަމަށާއި، އުންމީދަކީ އާދިއްތަ ދުވަހު ކުޅޭ ފައިނަލްގައި ސްޕެއިން ކުޅުމުގެ ފުރުސަތު ލިބުން ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ ސްޕެއިންގެ ކުޅުންތެރިންނަށް އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަން އޮންނަ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ ޖެހި ޖެހިގެން ތިން މުބާރާތް ކާމިޔާބު ކުރުން ވާާނީ ޓީމަށް ލިބޭނެ އިތުރު ހިތްވަރަކަށް ކަމަށެވެ. މިހާރު ވެސް ޓީމުގައި އެ ހިތްވަރާއި، ޝައުޤުވެރިކަން އޮތް ކަމަށް ވެސް އޭނާ ބުންޏެވެ. ސްޕެއިން އިން ވަނީ 2023 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި 2024 ވަނަ އަހަރު އޮތް ޔޫރޯ ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. މިއަހަރު ނޭޝަންސް ލީގު ކާމިޔާބުކޮށް، ޖެހިޖެހިގެން ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށް އެބަ އޮތެވެ.

އޭނާ ބުނީ ސްޕެއިން އަކީ އަބަދު ވެސް ކުރިއެރުމަށް މަސައްކަތް ކުރާ ޓީމެއް ކަމަށެވެ. ޚާއްސަކޮށް މުބާރާތުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނި ސެމީ ފައިނަލްގައި ކުޅުމަކީ ކުރިއަށް ދާން އޮތް ހިތްވަރެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ. އޭނާ ބުނީ ސްޕެެއިން އިން އޮތީ ހުރިހާ ފުރުސަތެއްގެ ބޭނުން ހިފައިގެން ފައިނަލުން ޖާގަ ހޯދަން ކަަމަށެވެ.

ފްރާންސްއާ ގުޅޭ ގޮތުން ފުއެންޓޭ ބުނީ، އެ ޓީމަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި، ފްރާންސްގައި ތިބީ ވެސް މޮޅެތި އަދި ހުނަރުވެރި ކުޅުންތެރިން ކަމަށެވެ. މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އައިއިރު، ފޭވަރިޓުންގެ ގޮތުގައި އެއްވެސް ޓީމެއް ފާހަގަވާން ނެތްކަން ފާހަގަކޮށް ފުއެންޓޭ ބުނީ، ފައިނަލަށް ދެވޭނީ އެންމެ މޮޅު ދެ ޓީމަށް ކަމަށެވެ.

މިދިޔަ އަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ވެސް ސްޕެއިން ވާދަކޮށްފައި ވަނީ ފްރާންސްއާ އެވެ. އެ ފަަހަރު ސްޕެއިން އިން ވަނީ 2-1 އިން ފްރާންސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޔުއެފާ ނޭޝަންސް ލީގުސްޕެއިން ފުޓުބޯޅަ ޓީމުލުއިސް ޑެ ލާ ފުއެންޓޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު