Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024 | ބުދަ 04:34

މި ނަތީޖާ އާއެކު ޖަރުމަނަށް ވަނީ މި ގުރޫޕުގެ އެއް ވަނަ ކަށަވަރުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ނޮވެމްބަރު 2024 | ބުދަ 04:34
ހަންގޭރީ އާއި ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން

ހަންގޭރީ އާއި ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު ތިނެއްގައި ހެންގޭރީއާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު އެއްވަރުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ހަންގޭރީއާ ދެކޮޅަށް ޖަރުމަނު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޖަރުމަނުންނެވެ. ނަމަވެސް ހަންގޭރީން ވަނީ މެޗުގެ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަަމަ ކޮށްފަ އެވެ.

އެ މެޗާ ކުރިމަތިލީއިރު ވެސް، ޖަރުމަނަށް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލް އިން ފުރުސަތު ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ޖަރުމަނުން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން އެ ޓީމުގެ ސާޖް ގްނަބްރީ އާއި ލެރޯއީ ސާނޭ އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޖަރުމަނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފެލިކްސް އެންމެކާ އެވެ. އޭގެ ފަހުން ޖަރުމަނަށް އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ވަނީ ލިބިފަ އެވެ. މެޗުން ޖަރުމަނު މޮޅުވާން ދަނިކޮށް، ހަންގޭރީ އިން ވަނީ އެންމެ ފަހު ވަގުުތުގައި ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ހަންގޭރީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑޮމިިނިކް ސޮބޯސްލާއި އެވެ.

މި ނަތީޖާ އާއެކު ޖަރުމަނަށް ވަނީ މި ގުރޫޕުގެ އެއް ވަނަ ކަށަވަރުވެފަ އެވެ. ގުރޫޕުގައި ކުޅުނު ހަ މެޗުން ޖަރުމަނަށް ލިބެނީ 14 ޕޮއިންޓެވެ. ހަތަރު މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. އެއްވެސް މެޗަކުން ޖަރުމަނު ބަލިވެފައެއް ނުވެ އެވެ.

ޔުއެފާ ނޭޝަންސް ލީގުހަންގޭރީޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ
08 ސެޕްޓެމްބަރު 2025

ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

08 ސެޕްޓެމްބަރު 2025
ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް
05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި
19 ނޮވެމްބަރު 2024

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި
19 ނޮވެމްބަރު 2024

ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި

19 ނޮވެމްބަރު 2024
ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި
19 ނޮވެމްބަރު 2024

ފަހު ވަގުތު ޕޮލެންޑު ބަލިކޮށް، ސްކޮޓްލެންޑުން ޕްލޭ އޮފްގެ ޖާގަ ހޯދައިފި

19 ނޮވެމްބަރު 2024
ފަހު ވަގުތު ޕޮލެންޑު ބަލިކޮށް، ސްކޮޓްލެންޑުން ޕްލޭ އޮފްގެ ޖާގަ ހޯދައިފި
19 ނޮވެމްބަރު 2024

ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

19 ނޮވެމްބަރު 2024
ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް